ދަރިވަރަކު ގޮވައިގެން ބެލެނިވެރިއެއް ދަނީ.-- ފޮޓޯ: މިހާރު
24 މާޗް 2025 - 12:40
އަންނަ މަހު ފަށާ ދިރާސީ އާ އަހަރު ގްރޭޑް 1 އަށް ވަންނަން 5،700 އަށްވުރެ ގިނަ ދަރިވަރަކު ފޯމު ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަންނަ މަހުގެ 6 ގައި ފަށާ ދިރާސީ އާ އަހަރަށް، ގްރޭޑް 1 ގެ ޖާގައަށް ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓު 15 ގަ އެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ގިނަ ފޯމުތައް ހުށަހެޅީ މާލެ ސަރަހައްދުގެ ސްކޫލްތަކަށެވެ.
ޕީއެސްއެމްނިއުސްގެ ޕްރޮގްރާމެއްގައި، އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެހުންނެވި އަލީ މުފީދު ވިދާޅުވީ ގްރޭޑް 1 އަށް އަލަށް ފޯމު ހުށަހެޅި 5،700 އަށްވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަނިވެސް ދެ ހާހެއްހާ ދަރިވަރުން ޖާގައަށް އެދުނު ކަމަށެވެ.
ގްރޭޑް 1 އިން ކުރިން ޖާގަ ދެނީ އެ އަހަރެއްގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ދަރިވަރުންނަށެވެ. ނަމަވެސް ދިރާސީ އަހަރު އޯގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމުން މިދިޔަ ދެ އަހަރު، ގްރޭޑް 1 އަށް ވެއްދީ ޑިސެމްބަރުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުންނެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު މިހާރު މިދިޔަ 2024ގެ ދިރާސީ އަހަރު ނިންމާލީ ފެބްރުއަރީ މަހު އެވެ.
ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން ޖެނުއަރީގައި މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން ގްރޭޑް 1 އަށް ވެއްދުމުގައި ބަލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ.
އެހެންވެ، 2024-2025 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން މި ދިރާސީ އަހަރު [އޭޕްރިލް 6، 2025] ބަދަލުވާނީ ގްރޭޑް 1 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުބުސް
24 March 2025
ދިރާސީ އާ އަހަރު ފަށަން މިހާރު އޮތީ އެޕްރިލް 7 ގަ.
ބެލެނިވެރިން
24 March 2025
އެއްވެސް ހާލަތެއްގަ ޢަހްމަދިއްޔާ އައް ކުދިން ނުވައްދާތި ކަމުދާ ސްކޫލެއްނޫން މިހާރު ސީ ތާމިސް ބޭނުން އެއްޗެއް ހަދަނީ
ކުރުސީ އައްޕަދުރޭ
24 March 2025
ލާމަރުކަޒީ ރާއްޖޭގެ އަންނަ ދިރާސީ އަހަރު ގްރޭޑް 1 އަށް 5،700 ދަރިވަރުންނާއި ބެލެނިވެރީން މާލެ ސަރަހައްދަށް މަރުކަޒުވެ ކުލާސް ރޫމުގައި ގޮޑިޔާ މޭޒު ޖަހާނެ ޖާގަނެތި 2 ދަންފަޅިގެ ބަދަލުގައި ރޭގަޑު ދަންފަޅިގައި ވެސް ކިޔަވާދޭ ހިސާބަށް ހާލަތު މިވަނީ ގޯސްވެފައެވެ . ރަށު އަތޮޅު ސްކޫލް ތަކުގައި ތައުލީމު ހާސިލް ކުރާ ކުދީން ހޯދާ ނަތީ ކިތަންމެ ރަގަޅަސް މާލެ އަށް ތޮއް ޖެހެނީ ދުރު ވިސްނުމެއް ނެތި ފުލެޓެއްގެ އެދުމުގައި ކަން ދިރާސާތަކުން އޮތީ ފެންނާށެވެ.
އޮނަރަބްލް އަފީފު ދީދީ
24 March 2025
ކ.މާލޭމީހުންގެ ގެދޮރު ކުއްޔަށް ހިފާނެ މީހުން އެރަށަށް ގެނެސް މާލޭގެ ލޯކަލް ޓްއަރިޒަމް ކުރުއެރުވުމަށްޓަކާ މާލޭ ސަރުކާރުން ހިންގާ ނިމުމެއްނެތް މަޝްރޫއު ތަކުގެ ދަށުން ކުރާ މަސައްކަތަށް 2025 ގައިވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް. މަޖުބޫރީ ޙާލަތް މެދުވެރިވެ އެހެން ގޮތެއް ނެތުމުގެ ސަބަބުން ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްތަކުން މާތްވެގެންވޭ ތިޔަ މުޤައްދަސް ރަށްކޮޅަށް މިއަހަރުވެސް ކުލީ އަޅުންގެ ގޮތުގައި 1500 ވަރަކަށް އާއިލާ ހިޖުރަ ކުރާނެކަން ޔަޤީން.
އޮނަރަބަލް ރަށަށް ދޭބަލަ
24 March 2025
އޮނަރަބަލް އަފީފޫ . ކުރީ ޒަމާނުގައި ރަށު ގެސްޓު ހައުސް މަނާވިޔަސް މިހާރު ރަށު ޖީބަށް ވެސް ޑޮލަރުވަދޭ . ރޭޑިޔޯ ޓީވީ ފޯނުވެސް ލިބޭ ..ބޭސް ފަރުވާ އަށް މިހާރު އާސަންދައިން ޑުބާއި އަށް ވެސް ދެވޭ މާލެއަށް ވުރެ ތައުލީމު ފެންވަރުވެސް ރަގަޅު ...އަފީފޫ އަބަދު ކޮން މާލެ އެކޭ ކިޔާކަށް ރަށަށް ދޭބަލަ .
އަމިޓީ
24 March 2025
ކޮބާ ތިތާ ތެރޭ ލާރި ދިނީމާ ކުދިން ބޭނުން ސުކޫލަކަށް ބަދަލުކޮށްދޭ މީހުން؟ އެމީހުން ނުޖެހޭތަ ހައްޔަރުކުރަން؟