ޚަބަރު / ރާއްޖެ-ލަންކާ

ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

ލަންކާގައި މިހާރު ތިބީ 1،280 ދިވެހިން ކަމަށް ސްރީލަންކާ ގާޑިއަން އިން ބުނޭ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ހަލީލް، ލަންކާގެ ރައީސް އަނޫރާއާ މިދިޔަ މަހު ބައްދަލުކުރައްވަނީ.-

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، އެ ގައުމުގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.

"ސްރީލަންކާ ގާޑިއަން" ނޫހުގައި އިއްޔެ އާއްމުކުރި ރިޕޯޓެއްގައި ބުނީ އޭޕްރީލް 21، 2019 ގައި އީސްޓާ ހަމަލާ ދިންއިރު 8،000 އަށް ވުރެ ދިވެހި ދިވެހިން އެ ގައުމުގައި ދިރިއުޅުނު ކަމަށެވެ. ނަމަވެސް، އެ އަދަދު މަދުވަމުން ގޮސް، ލަންކާގައި މިހާރު ތިބީ 1،280 ދިވެހިން ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

ދިވެހި ސަރުކާރުގެ އިތުބާރު ހުރި އޮފިޝަލަކާ ހަވާލާދީ، އެ ނޫހުން ބުނީ ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ދިވެހިންނާ މެދު އަމަލުކުރާ ގޮތުން އެ ގައުމުގައި ދިރިއުޅެން އަދި ވަޒީފާ އަދާކުރަން ބޭނުންވާ ދިވެހިންގެ އަދަދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

އެހެންވެ، ލަންކާ ދޫކޮށް އިންޑިއާ އާއި މެލޭޝިއާ އަދި އެހެން ގައުމުތަކަށް ދިވެހިން ދިރިއުޅުން ބަދަލުކުރަން މަގުފަހިވާ ކަމަށް ބުންޏެވެ.

އެއް ޒަމާނެއްގައި އެކުވެރި، މަޖާ މާހައުލެއް އޮތަސް ލަންކާގެ އިދާރާތަކުން ދިވެހިންނާ މެދު ކަންކުރާ ބީރައްޓެހި އުސޫލުގެ ސަބަބުން އެ މާހައުލަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި ބުނާ ގޮތުން، ލަންކާ އަށް ދިރިއުޅުން ބަދަލުކުރާ މީހުން މަދުވި މައިގަނޑު އެއް ސަބަބަކީ ވިސާ ޕޮލިސީ އަށް ގެނައި ބަދަލުތަކެވެ. މީގެ ކުރިން އަހަރަކު، އެތައް ފަހަރަކު އެތެރެވެވޭ ގޮތަށް ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބެ އެވެ. އެކަމަކު، ލަންކާގެ ސަރުކާރުން ވަނީ އެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފަ އެވެ.

"ވިސާގެ ކަންކަމުގައި ސްރީލަންކާ އިން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި ނުތަނަވަސްކަން ވަނީ އުފެފައި،" އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި ހުރި އޮފިޝަލަކު ވިދާޅުވި ކަމަށް، އެ ނޫހުގައި ބުނީ ސްރީ ލަންކާގެ ރައީސް އަނޫރާ ޑިސަަނަޔަކެ އަދި އެ ގައުމުގެ އެހެން ލީޑަރުންގެ ފަރާތުން އެ އުސޫލުގައި ކަންބޮޑުވުންތައް ހުރި ކަމަށް ގަބޫލުކުރެއްވިއަސް ލަންކާގެ ސަރުކާރުން އަދިވެސް އެ ސިޔާސަތު މުރާޖައާ ކޮށްފައެއް ނުވެއެވެ.

"އަހަރެމެންނަށް ބުލީކުރުން ހައްގުވާ ކަމަކަށް ނުދެކެން،" ދިވެހި އޮފިޝަލް ވިދާޅުވި އެވެ.

ސްރީ ލަންކާގެ ހާލަތު ވަރަށް ފަރުވާތެރިކަމާއެކު މޮނިޓާކޮށް، ޕްރޮއެކްޓިވް ފިޔަވަޅު އަޅަން ޖެހޭ. އިގުތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ދުޅަހެޔޮ ގުޅުމަކުން ލިބޭ ފައިދާތަކަށް އިހުމާލުވުމަކީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް: ދިވެހި އޮފިޝަލް

އެ އޮފިޝަލް ވިދާޅުވީ، ރާއްޖެއަކީ ސްރީ ލަންކާގެ އިގުތިސާދުގައި ވަރަށް ޒަމާންވީ ދުވަސްވީ ބައިވެރިއެއް ކަމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތުން ފޮނުވާ ފައިސާގެ ސަބަބުން އެ ގައުމުގެ އިގުތިސާދަށް ފައިދާ ކުރާ ކަމަށެވެ.

"އޮސްޓްރޭލިއާގައި ދިރިއުޅޭ ސްރީ ލަންކާގެ ރައްޔިތުންނަށް ވުރެ ދިވެހީންގެ މާލީ އެހީތެރިކަން އިތުރުވެ، މި ގުޅުމުގެ މުހިންމުކަން ހާމަވެގެން ދޭ. އެކަމަކު، ލަންކާ އިން ރާއްޖެއާ މެދު ގެންގުޅޭ ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ދެ ގައުމަށް ވެސް ފުރުސަތުތައް ގެއްލިދާނެ ކަމުގެ އިންޒާރު އެ ފަރާތުން ވަނީ ދީފަ އެވެ،" ނޫހުގައިވެ އެވެ.

މި މައްސަލަ އިތުރަށް ގޯސްކުރުމަށް ސްރީ ލަންކާއިން ރާއްޖެ ދެކެނީ "ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވުން އޮތް ގައުމެއް" ގެ ގޮތުގައި ކަމަށް ވާތީ، ރާއްޖެ އިން ވާހަކަ ދެއްކެވި އޮފިޝަލު ވަނީ ދެ ގައުމުގެ ދެމެދުގައި ޒަމާންވީ ގުޅުމެއް އޮތުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ތަމަޅަ ޓައިގަރުން ދޭން އުޅުނު ހަމަލާއާ ގުޅިގެން ސްރީ ލަންކާ އެއާލައިންގެ ދަތުރުތައް ޔޫރަޕުން މަނާކުރިއިރު، އެ އެއާލައިނުން ޔޫރަޕަށް ކުރާ ދަތުރުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމުގައި ވެސް ރާއްޖެ އިން ބޮޑު އެހީތެރިކަމެއް ދީފައި ކަމަށް ބުންޏެވެ.

ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ބަޔަކާ ގުޅިގެން 1988 ގައި ދިން ހަމަލާއަށް ފަހު ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ރާއްޖޭގެ އޮފިޝަލާ ހަވާލާދީ ސްރީލަންކާ ގާޑިއަން ނޫހުގައި ވެ އެވެ.

"ސަލާމަތީ ކަންބޮޑުވުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ގިންތިކުރުން އެއީ އޭގެ ނޭދެވޭ ކަމެއްގެ ގޮތުގައި ދެކެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ އޮފިޝަލް ވިދާޅުވިގޮތުގައި، ދެ ގައުމުގެ ގުޅުން ގޯސް ނުވަނީސް އެ ފިޔަވަޅުތައް ލުއިކުރަންޖެހެ އެވެ.

"ސްރީ ލަންކާގެ ހާލަތު ވަރަށް ފަރުވާތެރިކަމާއެކު މޮނިޓާކޮށް، ޕްރޮއެކްޓިވް ފިޔަވަޅު އަޅަން ޖެހޭ. އިގުތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ދުޅަހެޔޮ ގުޅުމަކުން ލިބޭ ފައިދާތަކަށް އިހުމާލުވުމަކީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

ގާޑިއަންގެ އެ ރިޕޯޓުގައި އެ ގައުމުގެ ސަރުކާރުގެ ބަހެއް ގެނެސްފައެއް ނުވެ އެވެ.

59 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 50%
icon angry icon angry 10%
icon wow icon wow 25%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބިލި

30 March 2025

ފޮރިންގ މިނިސްޓަރު ވާންޖެހޭނެ ޕްރޯއެކްޓިވް ތަޖުރިބާކާރު މީހަކަށް. އޭރުން ޚާރިޖީ ގުޅުންތަކަށް ހެޔޮ ބަދަލު އަންނާނެ. މީހަކަށް މީހަކު ލުމަކުން ނުފުދޭ

The name is already taken The name is available. Register?

ޝެލަރީ

29 March 2025

ދިވެހީންނައް އޮތީ ތުރުކީ ހިލޭ ހަނޑޫ ހަކުރު ފުއް ބިސް ލިބޭނެ ކޮފީއައް އެކަނި ލާރި ދައްކާންޖެހޭނީ

The name is already taken The name is available. Register?

ލަންކާ

29 March 2025

ވިސާފީ އައް ގެނައި ބަދަލު ގެ ސަބަބުން މީގެ ކުރިން ގާރޑިއަން އައް ފްރީ ވިސާ މިހާރު ގާރޑިއަން ވެސް 200 ޑޮލަރު ދައްކަން ޖެހޭ އޭގެ އިތުރުން އެންކޭޝްމަންޓް ރިސިޓް އައް ގެނައި ބަދަލު ގެ ސަބަބުން ވެސް ގިނަ މީހުންނައް ދަތިވީ މިހާރު ބޭންކް ސްޓޭޓްމަންޓް ނަގަން ޖެހެނީ 3 4 މީހުން ވިއަސް 3000 4000 ޑޮލަރ އައް ވާ ފައިސާ ބޭންކް ގައި ބަހައްޓަން ޖެހޭތި ދަތި ވަނީ…މިތަނުގައި ތަކެތީގެ އަގު މާލެއައް ވުރެ ބޮޑު…

The name is already taken The name is available. Register?

މުހައްމަދު 22

29 March 2025

ލަންކާ ސަރުކާރުން އުސޫލުތައް ބަދަލު ނުކުރަންޏާ، ރާއްޖޭންވެސް ސްރީލަންކާ ރައްޔިތުންނަށް ދަތި ކުރަންވީ، ލަންކާ ގިނަ މީހުންނަކީ މަކަރު ހޮރު ބައެއް، އެވެރިންނަކަށް ނޭންގޭ ދިވެހިން ކޮލޮމްބޯއަށް ކޮންމެ އަހަރަކު މިލިއަނުން ޑޮލާރސް ވައްދާ ކަމެއް، އަދިވެސް އެއުޅެނީ ކޮވިޑް ހާލަތުން އަރައިނުގަނެވިގެން، މުޅީން ކޮރަޕްޓް ގައުމެއް ލަންކާއަކީ

The name is already taken The name is available. Register?

‫ގާސިމު

28 March 2025

‫ރާއްޖޭގެ އޮފިސަލް އަށް މިފެންނަނީ ހައްތަހާވެސް ލަންކާގެ ސިޔާތު ގޯސްކަން. އެމީހުން ބުލީކުރާތަށް. އެމީހުން ވިސާ ނުދޭތަން. އެންމެފަހަރަކުވެސް ދިވެހިން ވިސާ ހަމަވީމަވެސް ފިލައިގެން އުޅޭ ކަން ގަބޫލް ނުކުރެ. ދިވެހިން ޑްރަގް ހިފައިގެން ދެކޮޅަށް ދަތުރުކުރާ މަންޒަރު ނެތް. ދިވެހިން ބޮންހަދާ ގޮއްވާ ހައްދުފަހަނަ އަޅާ ދީނުގެ ނަމުގަ މީހުން މަރާވާހަކަ ނެތް. ޔޯގާ ކުރާމީހުނަށް ގޯނާ ކޮއް ފަހާދުވާ ކަން ނޭގެ. ޑިޕްލޮމަސީ އަކީ ދެފަރާތުގެ ކަމެެއްކަން ނޭގުނަސް ކަންކަމާ އަގަތެޅޭނެތާ މިހާރު އެންމެނަކީވެސް ޕޮލިޓީޝަނުން ވިއްޔަ.

The name is already taken The name is available. Register?

101000

28 March 2025

ލަންކާ އަކީ އިނގިރޭސިން ތިބުމުގެ ސަބަބުން ރަގަޅު ބިންގަލެއް އެޅިފައިވާ ގައުމެއް!!! ލަންކާ ސަކަރާތްވާން ފެށީ ސިރިމާއޯ ބަންޑާރަނައިކަ އައިސް ގައުމަށް އެހެން ޒާތެއްގެ ސިޔާސަތުތަކެއް ގެނައުމުން!!! އަދި ވެސް ދިވެހިންނަށް ވުރެ ލަންކާ މީހުން މާބޮޑަށް ވެސް ސިވިލައިޒްޑް.!!! އެމީހުން ގެސްޓުންނާ ދޭތެރޭ ކަންތައްތައް ބަހައްޓާ ގޮތް ވެސް މާ ރަގަޅު. ދިވެހިންހެން ބޮޑާވެގެން އުޅޭ ތަނެއް ނުފެނޭ!! ދިވެހިންނަކަށް ނޭންގޭ މީހުންނަށް އިހްތިރާމް ކުރާކަށް!!!

The name is already taken The name is available. Register?

ދަގަތްފާނު

28 March 2025

ކަލޭ ތިއުޅެނީ 11 ވަނަ ޑައިމެންސަންގަތޯ. ތިބުނާ އިނގިރޭސިން އެޅި ބިންގަލެއްގެ މޮޅުކަމުން ސިވިލައިޒްވީވީނުންތޯ އެތައް ޒަމާނެއްވަންދެން ރަށުތެރޭ ބޮޑު ހަނގުރާމައެއްކޮށްކޮށް އެއްބަޔަކު އަނެއްބަޔަކު މަރަމަރާ ތިބީ.

The name is already taken The name is available. Register?

ފަސިވަ

29 March 2025

ސިންގަޅައިންނާއި ތަމަޅއިން ދާހިލީ ހަނގުރާމަ ކުރީ ވެސް އެމީހުންގެ ބިންގާ ރަނގަޅު ކަމުންތާ؟

The name is already taken The name is available. Register?

ކޮރަލް

28 March 2025

ވޭތުވެދިޔަ 5 އަހަރު ލަންކާ އިން ރާއްޖެ އައި މީހުން ވ ގިނަ ވެއްޖެއެވެ. ގިނަ ބަޔަކު ބިސިން ވިސާ ގަ އައިސް ވަޒީފާ ހޯދި އެވެ. ރިސޯޓް ތަކުގަ އުޅޭ ބޮޑެތި މުސާރަ ލިބޭ ގިނަބަޔަކު ދިވެއްސަކަށް 5 ކުޑަ ފައިސާ ކޯލެއް ދީގެން ހުސް ބިދޭސީން ބަހައްޓާއިގެން ގިނަ ވިޔަފާރި ތަކެއް ހުޅު ވައިފި އެވެ. މިހާރު ދިވެހި ވިޔަފާރިވެރީންނެއް ނެތެވެ. ހުރީ ދިވއްސަކަށް ކުޑަ ފައިސާ ކޮޅެއް ދީގެން ބިދޭސީން ކުރާ ވިޔަފާރި އެވެ. ކ ވިޔަފާރި ތަކުގެ ހައްލަކީ ބ ކޭޝިއަރުން ޑިޕޯޓް ކުރުމެވެ.

The name is already taken The name is available. Register?

ގޯބެ

28 March 2025

ލަންކާ މި މުޅި ދުނިޔޭގަ ވެސް އެންމެ ރެސިސްޓް ކަން ބޮޑު ގައުމު. ފޮނި ބޮޑު ބައެއް.

The name is already taken The name is available. Register?

މުރާސިލް

28 March 2025

މުޅި މާލެގަ މިހާރު ލަންކާ މީހުންގެ ވިޔާފާރި ، ރަގަޅަށް ބަލައިފިއްޔާ ސިއްސައިގެންދާނެ.

The name is already taken The name is available. Register?

ގަރުދިޔަ

28 March 2025

މިހާރުގެ ސަރުކާރުން ސިއްހީ ކަންކަމާއި ތައުލީމު ކުރިއެރުވުމުގެ ސަބަބުން ދެން ކުދިންނަށް ކިޔަވަދިނުމާ ބޭސްވެރިކަމުގަ ރާއްޖެއިން ބޭރުގައި އުޅެން ނުޖެހޭތީ އަދަދު މަދުވެގެން އެއުޅެނީ. މިވާހަކަ ހަބަރުގަ ތިއޮތީ އޮއްބާލާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454