ޝެއިހް ފަޒުލޫން އާއި ނިޝާން މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި: އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ވަނީ ނިންމާފައި
20 އެޕްރީލް 2025 - 14:33
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތެއް ހުއްޓުވަން އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް އުފުލާފައިވާ ދައުވާ ރިވިއުކުރަން ހުށަހަޅާފައިވާތީ، އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ނިންމައިފި އެވެ.
ނިޝާން އާއި ފަޒްލޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ ރިވިއު ކުރަން އެ ދެ މީހުންގެ ފަރާތުން ހުށަހަޅާފައިވަނީ ކުރިން ކޮށްފައިވާ ދައުވާތައް ރިވިއުކޮށް ދޭން ހުށަހަޅަން އާ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ހުޅުވާލެއްވި ފުރުސަތުގަ އެވެ.
އަލަށް ޕީޖީކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އައްބާސް ހުޅުވާލެއްވި ފުރުސަތުގައި ގިނަ ދައުވާތަކެއް ރިވިއުކޮށް ދޭން އެދިފަ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުވާ ރިވިއު ކުރަން ހުށަހަޅާފައިވާތީ، ޝަރީއަތް މަޑުޖައްސާލުމަށް ދިފާއުން އެދިފައިވެ އެވެ. އެކަމަށް އިއުތިރާޒު ނުކުރާ ކަމަށް ދައުލަތުން ވެސް ބުންޏެވެ.
އެހެންވެ، އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ޕީޖީން ގޮތެއް ނިންމަންދެން ޝަރީއަތް މަޑުޖައްސާލުމަށެވެ.
ގަލޮޅު ދަނޑުގައި 2022 ވަނަ އަހަރު ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ޝައިހް ފަޒްލޫނާއި އާދަމް ނިޝާނަށް ދައުވާ ކުރިއިރު، އެ މީހުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ސަސްޕެންޑްކުރި އެވެ.
އެކަމަކު، މި ސަރުކާރުން އެ ހުއްދަ އަލުން ވަނީ ދީފަ އެވެ.
އެ މައްސަލާގައި އިތުރު 16 މީހަކަށް ވެސް ދައުވާ ކުރެ އެވެ. އެ ދައުވާތަކާ ގުޅޭ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެ މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޓުލޫނު
21 April 2025
ޝަރީއަތް މަޑު ޖައްސާލަކަށް އަދި ރިވިއު ކުރާކަށްވެސް ނުޖެއެވެ. މިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލާ ދީނުގެ ނަމުގަ ވަކި ފިކުރެއް ދިރުވަން އުޅޭ މީހުން މައިތިރި ނުކުރެވިއްޖެނަމަ މިރާއްޖޭގެ އިސާހިތަކު އަފުގާނަށް ވެގެން ހިނގައިދާނެއެވ. ތިޔަ ޝަރީއަތް އަވަސްކޮށް ތިމީހުންނަށް ހައްގު އަދަބު ދޭށެވެ. ތިއީ އެންމެން ލޯކުރިމަތީ ހިނގައިިދަ ކަމެއް.
ކަތްދައްތަ
21 April 2025
މިހާރު މިޤައުމުގަ ހިގަމުންދާ މުންކަރާތްތައް ނަހީކުރަން ނުނިކުންނަނީ ކީއްވެބާ؟ މުންކަރާތަކަށް ވަނީ ހަމައެކަނި ޔޯގާބާ؟ ގައުމުގެ ބައިތުލްމާލު އެކި އެކި ގޮތް ގޮތަށް ނަޅައި ވީދައި ކާއިރު، ގުރުއާނުގައި މީސްތަކުންގެ މުދައު ހަރާމް ގޮތުގަ ނުކާށޭ ނެތްތޯ؟ ގޭސް ކުންފުންޏަށް ވަދެފަ މިދެޝެއިޚުން ގެއްލުނު ޑޮލަރުތައް ދައްކަން ޑިމާން ކުރަންވީނޫންތޯ؟
ބަމްބާނީ
21 April 2025
އަދިވެސް ރިވިއުކުރަނީ ތަ. ޝޭހުމެން ގެނައި މިސަރުކާރުގަވެސް؟
އަޒްރާޢަލީ
21 April 2025
މިދެ ޝެއިޚުންނަކީ ކުއްވެރިންކަމަށް އެއްވެސް ޝަރުޢީ ކޯޓަކުން ޙުކުމް ކޮއްފިއްޔާ މިގައުމު ދުވަހަކުވެސް އިސްލާޙެއްނުވާނެ ސަބަބަކީ މިދެޝެއިޚުން ގަލޮޅު ދަނޑަށްވަނ އެތަނުގަ hinqgI މުންކަރާތެއް ހުއޓުވުމަށް ގަސްތު ކޮއްގެން ކަމަށްވާތީ މާތްﷲ ނަހީކުރައްވާފައިވާ ކަމެއް ބަޔަކު ކުރާތަން ފެނުނުމުން އެކަން މަނާކޮށް ހުއްޓުވަން ދިޔަ ބަޔަކަށް ދަޢުވާ ކުރުމަކީ މުޅި އިސްލާމީ އުންމަތަށް ގޮއްޖެހުން
އަބޫ ޖަހްލް ޖާރިޔާ
21 April 2025
ކީއްވެބާ ގުންފައި ޖަހާފަ ޓިކްޓޮކް އާއި ފޭސްބުކް އާއި މިޔުޒިކް ހުއްޓުވަން މިދެ މީހުން ދުއްވައި ނުގަންނަނީ! ބޮލުރޮދި ކެނޑުފަ ދެއްތޯ؟
ބިން ތަލާލް މިން ބޫޓް
21 April 2025
މިއީ ދިވެހިރާއްޖެ. ޑިމޮކްރަސީއެއް. ގިނަ ދިވެހިން ބޭނުންވާގޮތައް ގާނޫނުހެދިފަ އޮންނާނީ. ބަދަލު ކުރާނީވެސް ގިނަ ދިވެހިން ބޭނުންވެގެން. ރައީސަކު ހޮވާނީވެސް އެހެން. ސަރުކާރު ކަންކަން ކުރާގޮތް ބޭނުންނޫނިއްޔާމުން، 5 އަހަރު ފަހުން ވޯޓަކުން ބަދަލު ކުރާނީ! އަދިހަމަ ގަމީހަކާ ސޯޓަކާ ބޫޓަކައް މިގައުމަކީ މެދުއިރުމަތީގެ ޙާންދާނީ ގައުމެކޭ ހީވެގެން ދެފައި ތަޅައިގަނެފަ ގާނޫނު ފުނޑާލައިގެން ނުވާނެ! ގާނޫނާ ހިލާފު ވާ މީހުންނައް އަދަބު ދޭންޖެހޭނެ!
ޚަލދ
20 April 2025
އަނިޔާވެރި ލާއިންސާނީ ބަޔެއް ތިޔައީ. އެއްގޮތަކަށްވެސް ދޫދީގެން ނުވާނެ.
ޏާއްކޮ
20 April 2025
އެހެންވީމާ ދެއްތޯ ދަރިފުޅު ގޮވައިގެން ނަމާދަށް ދަނިކޮށް ބޮން ހިފައިގެން ހުރި މީހެއްހެން އަތުލައިގަންނަނީ. ޑުރަގު މީހުން އިނގިލި ބުރި ކުރިޔަސް ވަރިހަމަ ދީނީ މީހެއް ފޮޑިއެއް ޖެހިޔަސް ކަލޭމެން ހައްޓަކު ހެޔެއް ނުހުންނާނެ. ތި އަނިޔާވެރި ހިންދޫންގެ ޝިރުކު ޔޯގާ މިތާ ނުބޭއްވިއްޔާ ރަނގަޅީވެސް
ފޮނގަ
20 April 2025
އޭރު ގަލޮޅު ދަނޑުގަ އެންމެ ފަހަރަކު ގޭޓު ލައްޕައިގެން މިކަމެއް ކުރީ. އެކަމަކު މިހާރު ފާޅުގަ ނޫނު އަތޮޅު ފޮއްދޫ ޖެޓީ މަތީ އާއްމުން ލޯކުރިމަތީ ކޮންމެ ދުވަހަކު އިރުއޮއްސޭ ގަޑީ ޔޯގާ ޖައްސާ އެކަން އިޝްތިހާރުކޮށް އިންސްޓާގްރާމަށް ފޮޓޯ އަޅާ އިރު މިއިން ޝޭހަކަށް ފެންނަ ކަމަކަށް އެނގޭ ކަމަކަށް ނުވޭ. މުންކަރާތް ނަހީ ކުރަން މިޖެހެނީވެސް ވަކި ބަޔެއް ވެރިކަމުގަ ތިބޭ އިރު އެކަނި.
އަޖާބެއް 5
20 April 2025
އަޖާބެއް ޝޭހުންތަ ދެން ތިކަމާ އުޅެންޖެހެނީ
އަބްދުﷲ2345
20 April 2025
ތިކަމުގަވެސްް ގޯސްވަނީ ށޭހު، އެމަންޒަރު ބަލާ ފޮއްދޫ މީހުންނާ، ރަށު ކަމުވޮށިގެންވާ މީހުންނާ، ކަލެޔާ ތީ އެއްވެސް ޒިންމާއެއް އޮންނަބައެއް ނޫން ދެއްތޯ
ގެރިގުއި
20 April 2025
20 ހާސް މީހުން ދަނޑަށް ވައްދައިގެން ގޭޓް ލައްޕައިގެން ޓީވީ ތަކުން ލައިވް ކުރުމާއި ރަށެއްގެ އަތިރި މަތީގައި ހާމައަށް މީހަކު އެކަން ކުރުމާއި ބޮޑުތަނުން ކަމުގެ ސީރިއަސްކަން ތަފާތު ވާނެ. ތާކު މީހަކު ކުރާ ކޮންމެ ކަމެއް ހޯދާ ބެލުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން. ކޮންމެ ކަމެއްގެ ވެސް ސިޔާސީ ބައި އޮންނާނެ. އެކަމުގެ ކުޑަބޮޑުމިން، ކަމުގެ ޒާތުން ތަފާތުވެސް ވާނެ. އެޓެންޑް ވާން ޖެހޭ ކަންކަން ނިންމާނީ މި އުޞޫލުން ބަލައިގެން.
ހަމްދާ
20 April 2025
އެއީތާ މިސޭހުންގެ މައްސަލައަކީ
ބާބޫ
21 April 2025
ފޮއްދޫގަ ރައްޔިތުން ނެތީތަ؟ އެއީ މުސްލިމު ބައެއް ނޫންތަ؟ ހުރިހާ ކަމެއް ޢިލްމުވެރިންނާ ނުބައްސާ ކަލޭމެންގެ ވެސް ޒިންމާއެއްވޭ؟
ޑެބީ
20 April 2025
ނިޝާންއަކީ ސިޔާސީކުލަ ޖެހިގެން އުޅުއްވާ ޝެއިހެއް. ޝެއިހުންނަށް ސިޔާސީވަކި ފިކުރަކަށް ތާއީދުނުކުރެވޭނެއެކޭ ނޫން އެކަމު ތާއީދު ކުރައްވާ ފިކުރަކަސް ތާއީދުނުކުރައްވާ ސިޔަސީ ފިކުރަކަސް ގޯސްކަމެއް ކުރައްވަންޏާ ޖެހޭނެނޫންތޯ އެކަމާ ދެކޮޅަށް ބަސް ބުނުއްވަން. އެރިވެތި އުސޫލު ނިޝާންގެ ކިބައިން ވަރަށް ނުފެނޭ.
އަޖާބު 5
20 April 2025
މިހާރަކު ނެތް އެކަންވާކަށް އެއޮތީ ކޮޓަށް ވައްދާފަ ފަހުންވާނެގޮތެއްނޭގެ
ޑޮބީ
20 April 2025
ނިޝާނަކީ ޝައިޚެއްތަ؟ ޝައިޚުންނަކީ ރިވެތި އަޚުލާގާއި ހިކުމަތްތެރިކަމާއި، އޯގާތެރިކަމާއި، ރިވެތި ގޮތުގައި ވައުޟާއި ނަސޭހަތް ދިނުމުގައި ދެމިތިބޭ ބައެއް، ޝައިޚުންނަކީ މީހން ކާފަރުކުރަމުން، ތިމާނުރުހޭ ކޮންމެ މީހަކު މުރުތައްދުކުރަމުން މަސްލަހަތު ނަގާލަމުން އުޅޭބައެއްނޫން. ނިޝާން ގައިގައި އަޚްލާގާއި ސުލޫކާއި ހިމުމަތުގެ ޒައްރެއްވެސް ނުފެނޭ
ނަންބެރު
21 April 2025
ފުރަތަމަ ކަލޭ ތިހިރީ ސިޔާސީވެ އަބަހައްދަވެ އަވަދިވެފައި. ރަގަޅަށް ފެންވަރާލާ ސިޔާސީ ކުލަތައް ދޮވެލާ....
އަބުދުލް ޤާދިރު
20 April 2025
މިހާރުގެ ޕީޖީއަކީ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބަލާ މީހެއްނޫނެއް ނޫންތޯ
ސަޅި އިނގޭ
20 April 2025
ހިނގާލުން ބޭއްވި ސަބަބު ދޯ މީ