މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޑރ. ސަލާހުލްބުދައިރު.
20 އެޕްރީލް 2025 - 15:09
ކީރިތި ރަސޫލާގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުގައި، އިސްލާމީ މަރުކަޒުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑު ދަރުހެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފަސް ދުވަހަށް ރާއްޖެއަށް ކުރައްވާ މި ދަތުރުގައި ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ.
އިސްލާމިކް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ހަރަމްފުޅުގެ އިމާމުގެ ދަރުސް ބާއްވާނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައި އިސްލާމީ މަރުކަޒުގައި ކަމަށެެވެ، އެ ދަރުސް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވާނީ ޝަހީމެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ނަބަވީގެ އިމާމް، އަންނަ ބުދަ ދުވަހުގެ ރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި އިޝާ ނަމާދުކުރައްވާނެ އެެވެ. އަދި ބުރާސްފަތި ދުވަހުގެ އިޝާ ނަމާދު، އިސްލާމީ މަރުކަޒުގައި ވެސް އިމާމުވެ ކުރައްވާނީ އެ އިމާމެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު އިމާމުވެ، ކުރައްވާނީ ވެސް ޑރ. ސަލާހުލްބުދައިރު އެވެ.
މީގެ ކުރިން ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގަތީ މާލޭގެ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިިއްޔާތަށެވެ. އެހެންވެ މިއީ ރާއްޖެ އަށް ހަރަމްފުޅުގެ އިމާމަކު 40 އަހަރު ފަހުން ކުރައްވާ ފުރަތަމަ ދަތުރެވެ.
ޑރ. ސަލާހުލްބުދައިރަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ހަރަމްފުޅުގައި އިމާމުވެ، ތަރާވީހް ނަމާދު ވެސް ކުރައްވަ އެވެ. އަދި އެއީ އިސްލާމީ ދުނިޔޭގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރުސްދޭން
21 April 2025
އަވަށްޓެރިންގެ ހާލު ބަލާލާފަ އާދޭ އަހަރެމެން ކައިރިއަށް.
ޕޫރުބެ
21 April 2025
ތި ދަތުރާއި ދަރުސްތައް މިގައުމާއި އުއްމަތަކަށް ބޭނުމެއް ނުވޭ! ސައުދިއްޔާއި ޢަރަބި ވެރިންނަށް ދީބަލަ!
-_)#)
21 April 2025
ސައުދީ މީހުންނަކީ ހަމަ އިޒްރޭލު މީހުން
ސަލީމު އިދުރީސް
21 April 2025
ކުރީގައުޅުން އަރަބިން ބުނެފަހުރި އެއްޗެތި ހިތުދަސްކުރުންމުން ޕީއެޗުޑީ ހަދައިގެންތިބި އިލުވެރިން ނުކިއާއެއްޗެއް ވަކި އިމާމައް ކިއޭނެތޯ؟
ވާނުވާ ނޭނގުނަސް
21 April 2025
އިމާމުން ކިޔަނީ ކުރީގަ އުޅުނު އަރަބިން ބުނެފަ ހުރި އެއްޗެއް ނޫން. އިމާމުން ކިޔަވަނީ މާތްﷲގެ ވަޙީ ބަސްފުޅު. އަދާކުރަނީ މާތްﷲ ފަރުޝު ކުރެއްވި އަޅުކަމެއް. މިއަޅުކަން ކުރާނެ ގޮތް މާތްﷲ ޖިބުރީލްގެފާނު މެދުވެރި ކުރައްވާ ކީރިތި ރަސޫލާއަށް ދަސްކޮށްދެއްވި. އެއަށްފަހު ކީރިތި ރަސޫލާ އުއްމަތަށް މިކަން ދަސްކޮށްދެއްވި. ވާނުވާ ނޭނގޭ މީހުން އެނގޭ މީހުން ކައިރިން އޮޅުން ފިލުވައިގެން ދީން ދަސްކުރޭ! މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވީ ހަމައެކަނި އެއިލާހަށް އަޅުކަން
އަލީބޯ
21 April 2025
ތިދަރުސްދޭންވީ ސައުދީގަވެރިކަމާބައްދައިގެން އުޅޭ ފަލަސްތީނަށްހެޔޮނޭދޭބައިގަނޑަށް
ޣައްޒާ
20 April 2025
ޣައްޒާ ކުޑަކުދިން މަރާ ހުސްކުރާ އިރު ސައުދީ އިމާމުން ގެ ފަރާތުން ވެސް ސަރުކާރުން ވެސް ހިރުވާވެސް ނުލާ! އަޅެ މި އިމާމުންނާއި މިފަދަ ސުވާލެއް ކޮށްލަން ކެރޭނެ ބާ!!
އަބްދުﷲ ސާޖިދް
20 April 2025
އެންމެހާ ދިވެހިންނައް ނަސޭހަތެއް. މިފަހަރު މިޔުޒިކް، ނެޓްފްލިކްސް، ބޭންކް އިންޓަރެސްޓް، ފުޓްބޯޅަ، ފޮޓޯނެގުން ކަހަލަ ވާހަކަ ނާހައްޗޭ! އެއީ ކޮއްގެން ނުވާނެ ކަހަލަ ކަންކަމޭ ބުނެފިއްޔާ، ދެން އާންމެ ދިވެހިން ވިސްނަންވީ ކިހިނެތްކަންވެސް ނޭގޭނެ!
ރާއްޖެ
20 April 2025
ދަރުސް ދޭން ވީ ޖިއްދާގަ ނޫންތޯ؟ ޖޭލޯ ގެނެސްގެން އިހަށް ދުވަހު ވެސް ޝޯ ބާއްވައިފި.
ސުޖާބެ
20 April 2025
ދުއްތޫރު ހުޅުމާލެ އަށް ނުގެންނަންތަ