ކްރިމިނަލް ކޯޓުގެ ނަން ބޯޑު: ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 51 އަހަރުގެ މީހަކަށް 54 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
22 އެޕްރީލް 2025 - 10:37
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް އެ ކުށް ސާބިތުވެ، 54 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެ ހުކުމް އިއްވާފައި ވަނީ 51 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އޭނާގެ މައްޗަށް ސާބިތުވީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާ މެދުގައި، އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި، އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި ކަމަށެވެ.
އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެއް ކަމަށް ކޯޓުން އިއްވި ހުކުމުގައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ ސެޕްޓެމްބަރު 3، 2022 ގައި ހުޅުމާލެ 2 އިންނެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، އެ މީހާގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އޮކްޓޫބަރު 18، 2022 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލްސީ
22 April 2025
މާދަން ދޫކޮށްލާނެ! އަދީބުވެސް ހުރީ މިނިވަންވެފަ.
އަފްރާސިޔާބު
22 April 2025
އެމެރިކާގައި ހަދާހެން 200 އަހަރަށް ޖަލަށް ނުލީ ކީއްވެބާ؟ 51 އަހަރުގެ މީހަކަށް 54 އަހަރު ޖަލު ހުކުމެއް އައީމާ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ބައްޓަންވެފައިވަނީ ޖާހިލު ގައުމުތަކުގައި ކަންކުރާ އުސޫލުން. ސަރުކާރަށް ޚަރަދު ކުޑަވާނެ އުމުރަށް ޖަލަށްލާ މީހުން ވަގުތުން މަރާލަން ހުކުމް ކުރިއްޔާ.
ލޮލްސް
22 April 2025
އުމުރަށް ޖަލަށްލާ އެންމެންނަކީ މަރަންޖެހޭ ބައެއްތަ؟
ލޮލް1234
22 April 2025
ތިވެސް މަދު! އެކަމަކު ރާއްޖޭގެ ކޯޓަކަށް ތިވަރު ކުރަން ކެރުންކަންވެސް ރަގަޅު!
ރަނގަޅުކުރޭ
22 April 2025
މި މީހާގެ ފޮޓޯ އާއެކު ކާކުކަން އެނގޭ ގޮތަށް ޖަހަންވާނެ!
ސލކ
22 April 2025
އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމުން އޭނާ އިނގިޖެއްޔާ، އެ ކުއްޖަކު އިނގިދާނެ ކަމުގެ ރިސްކް އޮންނާނެ.
ކައިޒް
22 April 2025
ރަގަޅު އަދަބެއް ކަމަށް ފެނޭ. މިކަހަލަ މީހުން ޖަލުތަކުން މިނިވަން ވާ ވާހަކަ ވެސް އިވޭ ވޯޓާ ދިމާކޮށް.... އެ ނަގާލީ ކުއްޖެގެ މުޅި ދިރިއުޅުމުގެ އުފާ އަދި ދިނީ ނަފްސާނީ ގެއްލުން.