ފަނޑިޔާރު ޑރ. އަޒްމިރަލްދާ: ޖޭއެސްސީން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް ވިދާޅުވެ އަޒްމިރަލްދާގެ ސިޓީއެއް ރައީސްއަށް ވަނީ ފޮނުއްވާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
22 އެޕްރީލް 2025 - 15:10
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްސަލަ ބަލާ ކޮމިޓީން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ކަމަށް ވިދާޅުވެ، އޭގެ ތަފްސީލްތަކާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސިޓީއެއް ފޮނުއްވައިފި އެވެ.
ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވާ އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ދޫކޮށްލަން ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލާގެ ރިޕޯޓް ވަނީ ތައްޔާރުކޮށްފަ އެވެ.
އެ ރިޕޯޓްގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ބައިވެރިވެގެން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކޮމިޓީން ނިންމާފައިވެ އެވެ.
އެ ރިޕޯޓާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރަލްދާ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ބުނީ ކޮމިޓީގެ ނިންމުމަކީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ކޮމިޓީގެ މެންބަރުންގެ ގަބޫލުކުރުންތަކަކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
"ކޮމިޓީން އަމަލުކޮށްފައިވަނީ ދިފާއުވުމުގެ އަސާސީ ހައްގާ ހިލާފަށެެވެ. މައްސަލައިގެ މައުލޫއުއާ ގުޅޭގޮތުން އެކުލަވާލާފައިވަނީ ކަނޑައެޅިގެން ފެންނަން ހުރި ހަގީގަތްތައް އެއް ފަރާތްކޮށްފައިވާ ރިޕޯޓެކެވެ،" ބަޔާނުގައިވެ އެވެ.
އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަ ބެއްލެވި ކޮމިޓީގައި ހިމެނޭ ތިން މެންބަރުންނަކީ ވެސް ރައީސް އައްޔަން ކުރައްވާފައިވާ ތިން މެންބަރުން ކަމަށް ވާތީ، އެ މެންބަރުން ތިއްބަވައިގެން ހަގީގަތާ ހިލާފު ރިޕޯޓެއް އެކުލަވާފައިވާކަން ރައީސްގެ ސަމާލު ކަމަށް ގެނައުމަށް ސިޓީއެއް އިއްޔެ ފޮނުވާފައިވާނެ ކަމަށް ވަކީލްގެ ބަޔާނުގައިވެ އެވެ.
ކޮމިޓީގެ ރިޕޯޓްގައި ހަގީގަތާ ހިލާފަށް ބަޔާންކޮށްފައިވާ ބައެއް ކަންކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޑރ. އިސްމާއިލް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ނޫން ކަމަށް ފަނޑިޔާރު ހުށަހެޅުއްވި ހެކިތަކުން އެނގެން އޮތްއިރު، ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައި އޮތީ އޭނާ ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ.
ވަކީލްގެ ބަޔާނުގައި ބުނީ ޑރ. އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރި މައްސަލާގައި އަޒްމިރަލްދާ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒު ފޯރުވާފައި ނުވާނެކަން ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށާއި ޑރ. އިސްމާއިލް ބަންދުގައި ހުއްޓާ އަޒްމިރަލްދާ އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާ ކަން ވެސް އެނގެން އޮންނަ ކަމަށެވެ.
އެކަން ސާފުކޮށް ސާބިތުވާން އޮތުމުން، ފަނޑިޔާރު މަހާޒު މެދުވެރިކޮށް ދަށު ކޯޓުގެ ގާޒީންނަށް ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނެ ކޮމެޓީގެ ތުހުމަތު ބަދަލު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް، އެކަން ވެސް އެގޮތަށް ހިނގާފައިނުވާ ކަމަށް ވަކީލް ބުނެފައިވެ އެވެ.
ޑރ. އިސްމާއިލް ހެނދުނު 10:38 ގައި ބަންދުން ދޫކޮށް، އެ އަމުރުގައި ގާޒީ ޒިހުނީ ސޮއި ކުރައްވާފައިވަނީ 10:55 ގަ އެވެ. ނަމަވެސް ދުވަހުގެ އިރުއޮއްސި 6:28 ކުރިން ފަނޑިޔާރު އަޒްމިރަލްދާ، ފަނޑިޔާރު މަހާޒުއާ އެއްވެސް ގޮތަކުން ވާހަކަ ދައްކާފައިނުވާ ކަމަށް ވަކީލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޑރ. އިސްމާއިލް ހައްޔަރުކުރިކަން ފަނޑިޔާރު މަހާޒަށް އެނގިވަޑައިގަތީ ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ނޫން ކަމަށް ވިދާޅުވެފައިވަނީ އަޒްމިރަލްދާ ސުލޫކީ މައްސަލައަކުން ސަލާމަތް ކުރަން ކަމަށް ކޮމިޓީއަށް ބުރަވެވޭ ކަމަށް ވެސް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
ނަމަވެސް ބަޔާނުގައި ބުނިގޮތުގައި ޑރ. އިސްމާއިލް ބަންދާ މެދު ގޮތެއް ނިންމި ގާޒީއަށް އަދި އެ ނޫން ގާޒީއަކަށް ވެސް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނާ މީހަކު ނެތެވެ. އެފަދައިން ނުފޫޒު ނުފޯރުވާކަން ބަންދާ މެދު ގޮތެއް ނިންމި ގާޒީގެ ބަޔާނުން ވެސް އެނގޭ ކަމަށާއި އެއީ ނަފީ ނުކުރެވޭނެ ހަގީގަތްތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ކޮމިޓީގެ ނިންމުމަށް ވާސިލްވުމުގައި ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި ހުރިހާ ހެއްކެއް ބަލައިނުގަތުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އެ ހެކިތަކުން ސާބިތުކުރަން ބޭނުންވާ ކަންކަން އެނގެން ނެތި ކަމަށާއި އަދި އެ ހެއްކަށް ރިއާޔަތް ކުރި ނަމަވެސް ތަހުގީގަށް ހޯދިފައިވާ ކަންކަން ނަފީ ނުކުރެވޭނެ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ވަކީލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަނޑިޔާރާ
23 April 2025
މި ފަނޑިޔާރު މިއުޅެނީ ކަމަކާ ނުތަނަވަސްވެގެންބާއެވެ؟ މިރާއްޖޭގައި ޢަދުލު އިންސާފަށް ކަމެއް ހިންގިދާނެކަމަށް މިފަނޑިޔާރު އަދިވެސް ޤަބޫލުކުރަނީބާއެވެ؟ ތިމާމެންގެ ލޯމަތިން ކަންކަން ވަމުންދާގޮތް އެނގި ކަށަވަރުވެފައިވާ ހިނދު ވެސް ކޮރަޕްޓް އެއް އިދާރާއިން އަނެއް އިދާރާއަށް މި ފަނޑިޔާރު މި ދުވަނީ ކޮންކަމެއް ކަށަވަރުކުރާންބާއެވެ؟ ހިތާމައަކީ އެއްވެސް ކަމެއް ހަމަ މަގުން ނުދާނެކަން އެނގޭހިނދު ވެސް މި ފަނޑިޔާރު އެކަން ޤަބޫލުނުކުރާތީއެވެ..
ލަރޭ
23 April 2025
ކޮންމެ އަމަލަކީ ތިމާ މީހާ ސަލާމަތްވުމަށް ކުރާ ކަމަކަށްވުރެ ދުރަށް ވިސްނާފަ ކުރާ ކަމެއްކަމުގައިވެސް ވެދާނެއެވެ. ކޮންމެ އަމަލަކީ ވަޒީފާގައި ދެމިހުރުމަށް ކުރާ ކަމެއް ކަމުގައިވެސް ވާކަށް ނުޖެހެއެވެ.
ހުސެން ރަހާ
22 April 2025
ތިޔަ ބުނާ މައްސަލަޔާ ގުޅިގެން، މަހާޒް އާއި އަޒްމިރަލްދާ ގުޅުއްވިކަމަށް ދަށު ކޯޓުގެ އެއްވެސް ފަނޑިޔާރަކު ނުބުނާއިރު، އެ ފަނޑިޔާރަކަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ޖޭއެސްސީން ނިންމީ ކޮން ހަމައަކުންތޯއެވެ؟ ހަމަ ރައީސް މުއިއްޒު ބޭނުންފުޅުވީމާ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށްޓަކައި، ރައީސް ވިދާޅުވާހާ ގޮތަކަށް ރަބަރު ތައްގަނޑު ޖަހައިދޭން ހެޔޮ ނުވާނެ އެވެ. ހުސެން ރިޒާއެވެ. މި ނޫން ދުވަހެއް ވެސް އޮތް ކަން ދަނެ ބަލާށެވެ.
5698
23 April 2025
ދަށު ކޯޓުގެ ފަނޑިޔާރުންގެ ބަހެއްނެތި އެމީހުން ބުނި ކަމަށް ކަނޑައެއް ނާޅާނެ. ތަހުގީގު ޓީމުގައި ނެތް މީހަކު ތިހެން ޔަގީންކަމާއެކު ދޮގު ފަތުރަން ހެޔޮނުވާނެ. ތިޔަ ބޭފުޅާދައްކާ ދޮގުވާހަކަތަކަށްވެސް ގިޔާމަތް ދުވަހުން ޒިންމާވާންޖެހޭނެ. ހަމައެކަނި ހުސައިން ރިޒާއަކާ ނޫން ގިޔާމަތްދުވަހުން ސުވާލު ކުރެވޭނީ.
ހުސެން ރަހާ
22 April 2025
މިއީ ރައީސް ޔާމީން ފެއްޓެވި ޑްރާމާގެ ދެ ވަނަ އެޕިސޯޑެއް ނޫންތޯ؟ މައުހަދުން ކިޔަވައި މިސްރުން އިސްލާމީ މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅަކު، ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ވެގެން ޖޭއެސްސީގެ ރައީސްކަމުގައި ހުންނަވައިގެން ތިޔަ ކުރައްވާ މުޑުދާރު ކަންތަކާ މެދު، ދިވެހިން ލަދުވެތިވާނެއެވެ. ތިޔަ މައްސަލަޔާ ގުޅިގެން، މަހާޒް އާއި އަޒްމިރަލްދާ ގުޅުއްވިކަމަށް ދަށު ކޯޓުގެ އެއްވެސް ފަނޑިޔާރަކު ވިދާޅުނުވާކަން ޖޭއެސްސީއަށް އެނގޭ ނޫންތޯއެވެ.
ގުއިއްޒު
22 April 2025
ގައުމު މިވަނީ ހަލާކުގެ ތެރެއަށް ވެއްޓިފައި. މި ކަމުން ސަލާމަތްވޭތޯ ދުޢާކުރުން ނޫން ކަމެއް ކުރެވޭކަށް ނެތް.
އިންސާފުގާރު
22 April 2025
ތިކަމުގއަި ފަނޑިޔާރު މަހާޒަށް ފިޔަވަޅު އަޅަންޖެހޭ ހަމައެއް އުސޫލެއް އޮތްކަމަކަށް ނުފެނޭ. އެއްވެސް މީހަކަށް މާގާމުގެ ދަހިވެތި ކަމުގައި އަނިޔާވެރިވާކަށް ނުވާނެ.
ހެހހެ
22 April 2025
ބަލަ އެއީ އިންސާފުން ކަންތައްކުރާބަޔެއްނޫނޭ، އެއިރުހުންނަ ވެރިޔަކުބުނާގޮތަކައް އޮޕަރޭޓްވާނީ، ހިނި އަންނަނީ އެކަންކުރުވާ މީހާޔައް ސިޓީފޮނުވީމަ، ހިސާނު ހުސައިނު ކުރީގެ ފަޑިޔާރުންތައްވެސް ކަނޑާލީ އިންތިގާލީ މަރުހަލާގަޔާ އެކިދުވަސްވަރު އެކޯޓުން ނިންމާފަ ހުރިހުކުމްތައް ކަމުނުގޮސްގެން، ހެއްވާކަމަކީ އެއިގެތެރޭގަ މިހާރުގެ ސީޖޭ ވެސް ހިމެނޭކަން، މިކަހަލަ ދެއުޅިއެއްނުވާކަންތައް މިގައުމުގަ
ސިލްމާ ޒާހިރު
22 April 2025
ދޮގު އުފައްދައިގެން މީހުން މަޤާމުން ވަކިކުރަން އުޅުމަކީ ޤާނޫނާއި ޚިލާފުކަމެއް!
ބުޔަރާ
22 April 2025
ހެޔޮނުވާނެ އިސްމާއިލް ހައްޔަރުކުރީ މަސާޖުކުރާ ތަނަކުންކަމާ މެދު ނެތް ސައްކެއް
ޔޭސް
22 April 2025
އެކަމަކު މަސާޖުކުރުމަކީ ކުށެއް ނޫންކަން ނުދެނަހުރީމުތަ؟ ޢިސްމާއީލް ހައްޔަރުކުރީ ހަށިވިއްކާ ތަނަކުންނަމަ ކުށްވެރިވާނެ. ހަށިގަތުން، މަސާޖު ކުރުން، ނޮޓް ދަ ސޭމް. އޯކޭ؟
ނޯ.
22 April 2025
މަތީ ގައިވާ "ޔޭސް" އަށް. ރާއްޖޭގެ މަސާޖު ކުރާ ތަންތަނުގެ ވާހަކަ ނުދައްނަ މީހަކު އުޅޭ ތަ؟؟؟
ޔޭސް
22 April 2025
މަތީގައިވާ "ނޯ" އަށް - ނުދަންނާތީވެ ދޯ ސްޕާތަކަށް ސަރުކާރުން ހުއްދަ ދޫކުރަނީ. ސްޕޯޓްސް މަސާޖޭ ކިޔާފައިވެސް ހުއްދަ ލިބިގެން ތަންތަން ހުޅުވާފައި ހުރޭ. ހަށިވިއްކާ ތަނެއްކަން އެނގޭނީ ހަމައެކަނި ހަށި ގަންނަން ދާ މީހުންނަށް. ވާނުވާ ނުބަލާ ތަނަކުން ބޯޑު ގަނޑެއް ފެނިގެން ވަންނަ މީހާ ބޯނީ ބޮނޑި - މި މައްސަލައިގަ ވީ ގޮތަށް.
ފަނޑިޔާރުގެ
23 April 2025
އިސްމާއީލަކީ ވެސް ޒިންމާދާރު މަގާމެއްގައި ހުރި ޑޮކްޓަރެއް. އޭނާ ކުށެއްކޮށްފިއްޔާ އަދަބުދޭން ޖެހޭނީ އޭނައަށް. ހުއްދަ ދީފައި އޮތް ތަނަކުން މީހަކު މަސާޖްކުރީމާ، އޭގެ އަދަބު ލިބެންވީ އޭނަގެ އަންހެނުން ނަކަށް ނޫން.
ލައިޓް
22 April 2025
ކަމަނާގެސިޓީ ޒުހޫރު ސިޓީ ހަވާލުކުރި މީހާ އަތަށްތަ ދެއްވީ؟ އަޅޭ!
ލައިޓުގެޑާކު
22 April 2025
ޒުހޫރު ވިޔަސް ފަޒުލް ވިޔަސް ދެން ޖެހުނު މީހާވިޔަސް ސިޓީ ފޮނުވި ވާހަކަ އެއޮތީ ނޫސްތަކުގައި. ހުރިހާ ރައްޔިތުންނަށް އެކަން އެނގޭ. ދެން ރައީސްމީހާ ނުދެނަހުރީމޭ ބުނެފިއްޔާ އޭނާގެ ނާގާބީލުކަން ސާބިތުވާނީ.
ބޭހާއި ނުކުޅޭތި ބަޑި ނޭނގި ހުއްޓައި އަނދައިދާނެ!
22 April 2025
ފަނޑިޔާރު އަޒްމިރަލްދާ އަށް ސާބަހާއި އައްސަރިބަސް ރައްދުކުރަމެވެ! އަމިއްލަނަފްސުގެ ޙައްޤުގައި ދޫ ނުދީ ތިގޮތުގައިމަސައްކަތް ކުރައްވައި އަންހެނުންނަށް މިސާލު ދައްކަވާށެވެ! ބުރައާއި ތަކުލީފް އުފުލައިގެން ފައިސާއާއި ޢުމުރުގެ ބޮޑުބައެއްހޭދަކޮށް މަތީ ތަޢުލީމް އުނގެނިވަޑައިގެން ތިހުންނެވީ ވަކިހިސާބަކުން ފްރޭމްކޮށް އެކަހެރި ކުރާކަށެއްނޫނެވެ. ފެންނަމުންމިދަނީ ރައީސް މުޢިއްޒު އަންހެނުން ބާރުވެރިކުރުވާ ސަރުކާރެކޭ ވިދާޅުވެ އަންހެނުން ބަރުބާދު ކުރައްވާތަނެވެ