ކުރީގެ ރައީސް މުހައްމަދު ނަޝީދު.--- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
27 އެޕްރީލް 2025 - 00:28
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމުން އޭނާ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.
ޑިސެމްބަރު 25، 2023 ގައި ސީޕީގެ މަގާމަށް އައްޔަން ކުރެއްވި ޝުޖާއުގެ އިސްތިއުފާއާ އެކު، އެކްސްގައި ނަޝީދު ވިދާޅުވީ، ކަންކަމާ ޒިންމާ ނެގުމަށްޓަކައި ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށްޓަކައި އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށެވެ.
"އަބަދުވެސް އިސްކަން ދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް މަރުހަބާ،" ރާއްޖޭގެ މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ، ރައީސްގެ މަގާމުން ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވި ނަޝީދު ވިދާޅުވި އެވެ.
އުމުރުން 52 އަހަރުގައި ޝުޖާއު ސީޕީގެ މަގާމުން އިސްތިއުފާ ދެއްވީ އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ މެދު ގިނަ ސުވާލުތަކެއް ފެންމަތިކޮށް، އޭނާގެ އިސްތިއުފާ އަށް ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.
ޝުޖާއުގެ އިސްތިއުފާއާ އެކު، ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރައްވަންދެން އެ މަގާމުގެ މަސްއޫލިއްޔަތު ހޯމް މިނިސްޓަރު އަލީ އިހުސާން ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހި
27 April 2025
ގޮޑީގާ ބަގުޅިބައްދައިގެން ތިބުމަކީ ތަހުޒީބީ ދުނިޔޭގާ ލަދުވެތިކަމެއް ރައީސް ނަޝީދު ވިދާޅުވީތެދެއްް
ކައުންސެލަރު...
27 April 2025
އިސްތިއުފާ ދިނުން ގޯހެއްނޫން. އެކަމަކު ގޯހީ އޭގެ އަނެއްދުވަހު މުޅިޤައުމުގާ ހުޅުޖެހީމާ
ކޮމިޝަނަރ ކަޑަކަމެއް ކުރީ
27 April 2025
ރައީސް އެންމެ ބޭނުންވާނެ ވަގުތު އިސްތިއުފާ ދިނީމަ، ލޯޔަލިޓީ އާއި ޑިޓެރމިނޭޝަން ހުރިވަރު ފެނިއްޖެ.
ބަޑިއެއް
27 April 2025
މި ކަލޭގެ މާދަމާ ބުނެފާނެ. އޭނާ އިސްތިއުފާ ދިނީ ބަޑިޖައްސައިގެންނޭވެސް.
ބޭޞެ
27 April 2025
މީނާ ރައްޔިތުންގެ ހެވާލަބާޔަށޭ ބުނެ ވެރިކަމުން އިސްތިއުފާދީފަ މުޅި ރާއްޖޭގައި ހުޅުޖެހީ!
ގޮނުއަނގަ
27 April 2025
"ކަންކަމާ ޒިންމާ ނެގުމަށްޓަކައި ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށްޓަކައި އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށެވެ." އެކަމަކު މަނިކުފާނު ހޭވަރިކަންވީމާ ވިދާޅުވާހެން ބަޣާވާތޭ ބަޑިޔޭ ވަޒަނޭ ގޮވީމާ ކަމަކުނުދާނެ. ނުވާވަރުގެ ކަންކަމާ ދުރަށް ޖެހިފައި އަލުން އެކަމާ ކުރިމަތި ލުމަކީ ވަރަށް ހުތުރު އަދި ވަރަށް ދަށް ފެންވަރުގެ ލަދުވެތިކަމެއް. އޭރު ޤައުމު ފަޤީރަކަސް މިހާރު މިޤައުމު ވަރަށް މުއްސަންދި. ވަރަށް ތަފާތު އެބަފެނޭ.
ތިމާ ބޭނުމެއް ނޫން ބޮމަކުން މަރުވާކަށް
27 April 2025
ޑިމޮކްރަސީ އެކިމީހުން މާނަ ކުރަނީ އެކިގޮތައް..ފުލުހުންނާ ސިފައިން އެ ދުވަހު ކުރީ ބަަގާވާތެއް..ރައީސް ނަސީދު އެދުވަހު އެޅުއްވީ ހިކުމަތްތެރި ފިޔަވަޅެއް.. ދެންވެސް މަރާލެވޭތޯ ގޮއްވާލި ބޮމުން ރަނގަޅަށް އެނގޭ ތިބަގަ ޑިމޮކްރަސީ މާނަ ކުރާގޮތް..
އައީޝާ
27 April 2025
ޔުމްނު ވެސް އަދި ކޮންމެ ދިވެހި ރައްޔިތަކަށް އިންސާފު ލިބެންޖެހޭނެ، އަނިޔާ ލިބިފަވަނީ ޔުމްނު އަށް އެކަންޏެއްނޫން، އަދި ބޭއިންސާފުން ކަންހިނގާފަ ހުރީ ޔުމްނުއާ ދޭތެރޭ އެކައްޏެއްނޫން. ނިކަމެތިންގެ ކަމެއްގައި އަޑު އުފުލާނެ ބަޔަކު ނުތިބޭ، ނޫނީ ސިޔާސީ މޯޓިވެއް ނެތިއްޔާ އެއްވެ އިންސާފަށް ގޯވާލާނެ ބަޔަކުވެސް ނުތިބޭ، އިއްޔެވެސް މިއަދުވެސް ހައްގު ހޯދަން އަޑު މިއުފުލަނީ ވަކި އިންޓުރެސްޓެއްގަ މަހުޝަރުދުވަހަށް މަޑުކުރުން ނޫގޮތެއް ނެތް.
ކަރުނުން ދެލޯ ފުރޭ
27 April 2025
އައިޝާ އެބުނަނީ ރަގަޅު ވާހަކައެއް. ކޮބައިތޯ އިންސާފު ނުލިބޭ ކިތައް ޒުވާނުން ވެއްޖެތަ.. ހަމައާއި އުސޫލު ނެތި ގޮސް ސިޔާސީ މީހުންބެނުންވާ ބަޔަކައް އިންސާފު ލިބޭނީ ، މިހާރު މިހިނގާ ކަންކަމުގައި ވެސް މިފެންނަނީ ސިޔާސީ ބޭނުމައް ކުރާކަމެއްގެ ގޮތުގައި.. ކޮންމެހެން އިންސާފު ހޯދައި ދޭން އުލޭ މަންޒަރެއްނޫން ފެންނަނީ ސޯސަލްމީޑިއާގައި ދައުރުވާ ވީޑިއޯ ތަކުން، އަދި އިދިކޮޅުގައި ތިބި ސިޔާސީ ފަރާތަކުގެ ބަސްމަގުން ދޭހަވޭ
ނަގޫބުރި ހިޔަޅު
27 April 2025
ނަގޫބުރި ހިޔަޅަށް ރަނގަޅުވާނީ އަބަދުވެސް ދެން ހުރި ހިޔަޅުގެ ނަގޫބުރިވިއްޔަ. ނަޝީދަށް ނުވެގެން އިސްތިއުފާ ދިނީމަ އޭގެ މާނައެއް ނޫން އަދި ދެން ތިބި މީހުނަށްވެސް ނުވާނޭ. ނަޝީދަށްވެސް އިސްތިއުފާ ނުދީ މައްސަލަ ގޯސް ނުވަނީސް ރީތިކޮށް ހައްލު ކޮށްލެވުނީސް. ކަންކަން ގޯހުން ގޮސް އަތަށްގޮވީމަ ދެން މިދެނީ އިސްތިއުފާ. އޭރަށް ވަކި ކޮންކަމެއް ރަނގަޅުވީ. ؟ ކަމަށް ގާބިލު މީހުން ތަންތަނަށް އައްޔަނު ކުރަންވީނު ފުރަތަމަ.
ބުޅާފާތުމާ
27 April 2025
ލައްކަ ވަރަކުން އިސްތިއުފާއެދެއްވީ، އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނެވިއިރު އިސްތިއުފާދެއްވަން ފަސްޖެހިވަޑައިނުގަންނަވާ. ދުނިޔޭގެ ބޮޑެތި ތަރައްގީ ވެފައިވާ ގައުމުތަކުގެ އިސްބޭފުޅުންވެސް ކިރިޔާ ކަމެއް ގޯސްކޮށް ހިނގާއިރަށް އިސްތިއުފާދެއްވާ. މިރާއްޖޭގައި ވަނީ އޭގެ އިދިކޮޅަށް. ކިތަންމެ ބޮޑު ކަމެއް ހިންގާލާފަވެސް ކަހާތަން ހިރުވާނުލާ މަގާމުގައި ގޮނޑި ކޮޅުގައި މިތިބެނީ އިއްޒަތުގައި. އެމީހުން ބުނަނީ ޖަސްޓް ޑިނައި އިޓް ނަތިންގ ވިލް ހެޕަން
ހުސެން ރަހާ
27 April 2025
ޝުޖާއަކީ ހިއްވަރު ގަދަ ބޭފުޅެކެވެ. އިސްތިއުފާ ދެއްވިޔަސް، 24 ގަޑިއިރު ވީމާ، ޚިޔާލު ބަދަލުކޮށް، ތިމަންނާ އިސްތިއުފާ ދިނީ ބޮލުގައި ބަޑި ޖައްސައި މަޖުބޫރު ކުރީމައެކޭ ވިދާޅެއް ނުވާނެއެވެ. އަދި އެކުވެރިން ގޮވައިގެން ނުކުމެ މުޅި ގައުމުގައި ހުޅުޖަހައި، ގައުމު ގަޑުބަޑު ކުރާކަށް ވެސް ނުއުޅުއްވާނެއެވެ. އަދި ފަހުން މަގާމާ ހަވާލުވާ ބޭފުޅަކަށް ހިތުހުރިހައި އެއްޗެއް ގޮވައި ހަވަރަށް ދޭކަށް ވެސް ނުއުޅުއްވާނެއެވެ. ޝުޖާއަކީ ރީތި އަޚުލާގެއްގެ ވެރިއެކެވެ.
ތޫތީ
27 April 2025
މަނިކުފާނު ކީވެތަ އަހަރުމެން ޒުވާނުންނާ ތިހާ ދުރުގަ ތިއުޅުއްވަނީ މިއޮތް ބޮޑު ކަންތައް ހިގައިގެން އުޅޭއިރުވެސް.