މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ރައީސް އެއާޕޯޓްގައި: ގައުމު ހަލަބޮލިކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި
27 އެޕްރީލް 2025 - 12:39
އުސް އިމާރާތަކުން އަންހެނަކު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން ޒުވާނުންގެ މެދުގައި އޮތީ ހަގީގަތުގައި ވެސް ސީރިއަސް ކަންބޮޑުވުންތަކެއް ކަމަށާއި ނަމަވެސް، އެކަމުގައި ޒުވާނުންގެ މެދުގައި އޮތް ޖަޒުބާތުގެ ބޭނުން ހިފައިގެން ގައުމު ހަލަބޮލިކުރަން ސިޔާސީ މީހުންނަށް ފުރުސަތު ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާނެ ސަރުކާރެއް ކަމަށާއި އެއްވެސް ރައްޔިތަކަށް ތަފާތެއް ނުކުރާނެ ކަމަށެވެ. ރައްޔިތުންގެ މެދުގައި ތަފާތުކޮށް އަނިޔާވެރިވުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މިހާރު ހިނގައިގެން މިއުޅޭ ހިތާމަވެރި ހާދިސާގައި ވެސް ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑުގެ އުސޫލަކީ ހަގީގަތް ހޯދައި އިންސާފު ގާއިމުކޮށްދިނުން. އެއްވެސް ފަރާތަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން، އެ މީހާ ފޮރުވުމަށްޓަކައި ނުވަތަ އެމީހާއާ މެދު ތަފާތުކުރުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހާދިސާއާ ގުޅޭ ގޮތުން ޒުވާނުންގެ މެދުގައި އޮތް ކަންބޮޑުވުންތައް އެ މަނިކުފާނު ބަލައިގަންނަ ކަމަށެވެ. ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ މުޒާހަރާތައް ފެށިގެން އައިއިރު އޮތީ ވަރަށް ސީރިއަސް ކަންބޮޑުވުންތަކެއްކަން ވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެ ކަންބޮޑުވުންތަކަށް ބެލުމަށް ފަހު، ހާދިސާއާ ގުޅިގެން ފިޔަވަޅުތައް އަޅަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.
ހާދިސާ ތަހުގީގު ކުރުމަށް ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން މިހާރު ވަނީ ހާއްސަ ކޮމިޝަނެއް އުފައްދަވައިފަ އެވެ. ރައީސް ވިދާޅުވީ އެ ކޮމިޝަނަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ކޮމިޝަނެއް ކަމަށާއި ކޮމިޝަނަށް ވަރަށް ބޮޑެތި ބާރުތައް ދީފައިވާނެ ކަމަށެވެ. އެ ކޮމިޝަނަށް އެއްވެސް ކަމެއް ބަލައި، ފިޔަވަޅު އަޅަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ، ޓަކި ނުޖެހޭނެ ފަރާތެއް ނުހުންނާނެ. ބޭރު ގައުމަކުން އެހީ ހޯދަން ވިޔަސް އެކަން ކުރުމުގެ ބާރު ކޮމިޝަނަށް އޮންނާނީ ދީފައި. އެހެންވީމާ ވަރަށް ބޮޑެތި ބާރުތަކާ އެކު ކޮމިޝަން މި އުފެއްދީ. ދެން އިރާދަކުރެއްވިއްޔާ އެ ފައިންޑިންގްސްތައް ލިބިގެންދާނެ، ދެން ފުލުހުން އެ ކުރިއަށް ގެންދާ ތަހުގީގު ވެސް ހަމަ ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ރައީސް ދެއްވި އިންޓަވިއުގެ ތެރެއިން
ރައީސް ވިދާޅުވީ ދެފުށް ފެންނަ ގޮތަކަށް މައްސަލަ ބެލުމަށް ފަހު، އެއްވެސް މީހަކާ މެދު ތަފާތު ކުރުމެއް ނޯންނާނެ ކަމަށާއި އުފެދިފައި މިއޮތް ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ. އެއީ، އެ މަނިކުފާނަށް ގައުމުގެ ހަމަޖެހުމާއި އިންސާފާއި އަދުލުވެރިކަން ގާއިމްވެފައި އޮތުން ވަރަށް މުހިންމުވާތީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައްޗަށް ބާރު ފޯރުވޭނެ އެކަކު ވެސް ނުހުންނާނެ. އަޅުގަނޑަކަށް ނުފޫޒު ފޯރުވޭނެ އެކަކު ވެސް ނުހުންނާނެ. އަޅުގަނޑު ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި ރައްޔިތުންނަށް. އަޅުގަނޑަކީ ރައްޔިތުންގެ ހާދިމެއް. ރައްޔިތުންނޭ އަޅުގަނޑަށް ވޯޓުދީ ހޮވާފައި މި ހުރީ. އެހެންވީމަ އަޅުގަނޑަކަށް މުހިންމެއް ނުވާނެ އެއްވެސް މީހަކު ހިމާޔަތް ކުރުމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޒުވާނުންގެ ކަންބޮޑުވުންތައް ހައްލުކުރާނެ ކަމުގެ ޔަގީންކަންދީ، ވަކި މީހަކު ތަފާތުނުކޮށް އިންސާފު ގާއިމްކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެމުންގެންދާއިރު ޒުވާނުންގެ ޖަޒުބާތުގެ ބޭނުން ހިފައިގެން ގައުމު ހަލަބޮލިކުރަން ފުރުސަތު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
"މިހާރު ފެނިގެން އެބަދޭ ސިޔާސީ ފަރާތްތަކުން ތި ކުދިންގެ ބޭނުން، ތި ޝުއޫރުތަކުގެ ބޭނުންކޮށްގެން ގައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ތަން. މި ފެންނަނީ އެކަން ކުރަން ބަޔަކު އުޅޭތަން. އަޅުގަނޑު ހިތުން އެއީއެއް ނޫން އެ ކުދިން ވެސް ބޭނުންވާނެ ގޮތަކީ. އަދި އެއްވެސް އިންސާފާއި ހަމައަށް ލޯބިކުރާ މީހަކު ބޭނުންވާ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ ގައުމުގައި ހަމަނުޖެހުން އުފައްދަން އެއްވެސް މީހަކަށް އެއްވެސް ފަރާތަކުން ފުރުސަތު ނުދޭށޭ. އެއީ އަޅުގަނޑުމެން އެއްވެސް ފަރުދަކަށް މަސްލަހަތު އޮތް ގޮތެއް ނޫނޭ. އަޅުގަނޑުމެން ގައުމުގައި ހަމަޖެހުން އޮތުމަކީ ކޮންމެ މީހަކަށް ވެސް އެންމެ މުހިންމުވާނެ ގޮތް."
ގ. ރަނައުރާގޭއާގޭ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު ހިތްހަމަނުޖެހި، ޒުވާނުން ވަނީ ސިލްސިލާކޮށް މުޒާހަރާއެއް ފަށައިފަ އެވެ. އެ މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާއިރު ގިނަ ޑިމާންޑްތަކެއް ވެސް ސަރުކާރަށް ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލައި
28 April 2025
ރާބޮއެ ޒިނޭކުރާ މީހުންގެ ޙުކުމް އެއޮތީ އިސްލާމް ދީނުގައި. އެއީ އެންމެ އިންޞާފުވެރި ޙުކުމް. އެކަމުގެ ތެޔޭގައި އުޅޭ ފާސިޤުން ހަޅޭއްލެވިޔަސް އެ ޙުކުމް ބަދަލެއް ނުކުރެވޭނެ.
ދޮގު ފާޓާ
27 April 2025
“ ރިޔާސީ ކޮމިޝަނެއް ނުހަދާނަން. މިނިވަން މުއައްސަސާތައް އެބައޮތް. ޝަރުއީ ނިޒާމު އެބައޮތް. ނިޒާމުގެ ތެރެއިން ކަންކަން ބަލާނީ”…ޝުކުރުއްޔާ މުއިއްޒު!!
ބްރެއިން
27 April 2025
ހޫނ! ރާއްޖޭގައި މައްސަލަތައް ތަހުގީގުކުރަން ލާންްވީ ރަށްރަށުު ބޮޑުހޮޅުއަށްޓަށް! ނޫނީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ކޮމިޓީއަކަށް! ތިމާއަށް ގަބޫލުކުރެވޭ ގޮތް ނޫނީ މި ގައުމުގައި މިހާރު ނޯންނާނެ ތެދެއް. ތިމާގެ މަސްލަހަތާ، ގަބޫލުކުރުމާ، ނުވަތަ ތިމާ ދާއީދުކުރާ ފިކުރާ އެއްގޮތަށް ބުނާއެއްޗެއް ނޫނީ މިގައުމުގައި މިހާރު ތެދެއް ނޯންނާނެ. އެ ވަރިހަމަ އިރު ދައްކާފަ އެ ހުރީ އިރޭ ބުންޏަސް ނުކުރާނެ ގަބޫލެއް. ހެޔޮނުވާނެ މިފެންވަރަށް ބައެއްގެ ސިކުނޑި ދޮވެވެން.
ޜުތމހ
27 April 2025
ޢެހެންދޯ ވާނީ މިގައުމުގަ ކޯޓުތައް ސަދޫމް ކޯޓްތަކައް ބަދަލުވެ ދައުލަތުގެ ހުރިހާ ތަނަކުން ލާރިކާން ދިމާ ކުރީމާ، ކަންތައް ބަލަން ތިބޭ ޕޮލިހުން މިހާރު ސިގިރޭޓް އަގު ބޮޑުވީމަ އެއުޅެނީ ޑިއުޓީ ފްރީއިން ވައްކަން ކިރުމުގަ، މޮހާރު މިގައުމު މޫސާގެފާނު ދުވްސްވަރާ ގާތައް މިދަނީ ލޮލަކަށް ލޮލެއް، ހަމަ ހަމަކަމާ އިންސާފު ނެތް ތަނެއްގަ ވާނީ މިހެން، އޮޅުވާލައިގެން ޔާމީނޭ ކިޔާފަ މިމީހުން ވެރިކަން ފޭރިގަނެގެން މިއުޅެނީ ލާރި ހޯދުމުގަ
ސިޔާސީ ރިޔާސީ
28 April 2025
ރިޔާސީ ކޮމިޝަން ހަދަނީ ފުލުހުންނައް ނުފޫޒު ފޯރުވިކަން ނުސްވެރިނގެ ބައްދަލުވުމުގަ ފަޅާއެރީމަ އޭގެއިން ރެކެންވެގެން. އެކަމަކު ދެން ތިޔަކުން ނުނިކުންނާނެ ރަނގަޅެއް. ދޮގޭބުނާކައް ދޮގު ހާދާލައޭ ހުވާ. ނުދެކެން މިކަހަލަ ކަމެއް. އެމެރިކާ އިޒުރޭލުވެސް މިމީހުންގެ ފަހަތުގަ އުޅޭނީ.
ޢާދަނުބެ
27 April 2025
ޢެތްވެސް ވަރަކަށް މުއީޒުއައް ތާއީދު ނުކުރަން އެކަމަކު ތި ބުނާ އިންސާފެތް މި ގައުމުގަ ލިބުނީ ކާކަށްތޯ ކޮންވެރިކަމަކުތޯ އޭރުގަ ކީއްވެތޯ ތިގޮތައް މަގުމައްޗައް ނިކުމެ މުޒާހަރާ ނުކުރީ ހަމަ މަސްތުވެގެން ގައުމެތް ހަލާކުވެ މިދަނީ މަސްތުވާތަކެތީގެ ދިފާއުގަ ކީއްވެ ޒުވާނުން ނުނިކުންނަނީ ކޮންމެ ވީކެންޑަކު ޒުވާނުން ޕާޓީކުރުން އޮންނަނީ ދެން ނަސީބު ރަނގަޅުކަމުން ކަމެތްނުވަނީދޯ އަދިވެސް ތިކަހަލަ ކިތައްމެކަމެތް ހިނގާނެ ރާ ބޮއެގެން މަސްތު ވަންޏާ އެނގިއްޖެ
ލަސީނީ
27 April 2025
“ޖަޒުބާތު ބޭނުންކޮށްގެން ހަލަބޮލިކުރަން” ފުރަތަމަ ފެއްޓީ ރައީސް މުއީޒް! ޕޮލިހުންގެ އަހަރީދުވަހުގެ ހަފުލާގަ އިދިކޮޅުސިޔާސީ މީހުންގެ ބޮލަށް މިކަން ރުންކުރުވެ ރުޅިވެރި ނަފުރަތުގެ ވާހަކަ ތަކުން ވާހަކަ ދެއްކީ މަނިކުފާނު! އިސްލާހުވެބަލަ
ޜުތމހ
27 April 2025
ބޮއެގެން ފުންމާލި މީހާއަށް 25000 ޑޮލަރާ އާސަންދަ ދީފަ މެލޭޝިއާއަށް ރަށްފުށު ކެންސަރު ޖެހިގެން މަރަށް ތެޅޭ މީހާއަށް ރާއްޖޭން ކުރެވޭ ފަރުވާ ވީމަ އާސަންދަ ނުލިބޭ އިންޑިއާއަށް ދާންވެސް މިއީ އެބުނާ އިންސާފު ވަރަށް ހަމަ ހަމަ ރަޢީސްއެއް، މޮޅު ވަހަކަ ދެއްކިދާނެ ތިމަގާމުގަ ހުރެގެން، ސޯލިހު ވެރިކަމުގަވެސް ހުރިހާ ބިމެއް މާލެއަށް އުފަން މީހުންނަށް ބަހާލާފަ އަނެއްދުވަހު ރޮއިފަ ހަމަ ހަމަކަން، ކޮންމެ ސަރުކާރެއްވެސް ގައުމު ދަވާލަނީ، ކޮބާހޭ ފަޒުލް
ޖަގޭ
27 April 2025
ފުރަތަމަ މިކަން ސިޔާސީކޮށް ސިޔާސީ ބަޔަކު ވެއްދީ ކާކު ކަންސާފު، ދިވެހި ދައުލަތުގެ ހިޔަލުގައިހުރި ހަމަ ކޮންމެ ދިވެހި ރަށްޔިތެއް ތަފާތު ކުރުމެއްނެތި ބަލަންޖެހޭ އަދި ދެކެންޖެހޭ ފަރާތަކީ އޭރެއްގައި ހުންނަ ރައީސުލް ޖުމްހޫރިއްޔާ، އިރެއްގައި ބަޔަކު ބުނި ނުވަތަ ދެއްކި ވާހަކަ އެއްގެ ފައިދާނަގައި ހިގި ކަމެއް ބަލައި ޒިންމާކޮށް ޝަރީޢަތުގެ ކުރިމައްޗައް ހާޒިރު ކުރުމުގެ ބަދަލުގައި އަވަސްވީ ސިޔާސީ މަންފާއެއް ހުޝިޔާރު ކަމާއެކު ނަގަން، މިޢަމަލު ބައި ނުގަނެވޭ...
ހަމަ ބުނެލީ އޯކޭ
27 April 2025
ހަމަ އެކަނި ސަރުކާރުގެ ޓީވީ އަށް އިންޓަވިއުދޭ ވެރިންނަކީ ޑިކްޓޭޓަރުން.
ކާކު
27 April 2025
މިތާންގަ ހުސް ސަރުކާރުގެ ބޮޓުން
ވީވޯންޓްޖަސްޓްއައިސް
27 April 2025
މުޒާހަރާ ފެށުނު ސަބަބު ފުލުހުންގެ އިހުމާލު މިހާ އަވަހަށް ހަނދާން ނުނެތޭނެ