ރައީސް މުއިއްޒަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު މިއަދު މަރުހަބާ ދަންނަވަނީ.
28 އެޕްރީލް 2025 - 07:14
މެލޭޝިއާގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނަށް މިއަދު ހެނދުނު ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
މިއީ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުއިއްޒު މެލޭޝިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޕުޓްރަޖާޔާގައި ހުންނަ ބޮޑު ވަޒީރުގެ އޮފީހުގައި ރައީސް މުއިއްޒަށް މިއަދު ހެނދުނު ރަސްމީކޮށް މަރުހަބާ މެލޭޝިއާ އިން މަރުހަބާ ދެންނެވީ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ.
ރައީސް މެލޭޝިއާ އަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި މިއަދު ބޮޑުވަޒީރު އަންވަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ބާއްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ފަސް ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި ކުޅިވަރުގެ އިތުރުން ޓޫރިޒަމް ފުޅާކުރުމުގެ އެއްބަސްވުމަކާއި ޑިޕްލޮމެޓުން ތަމްރީނުކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ.
ރައީސް މުއިއްޒަށް މެލޭޝިއާ އިން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވަނީ.
ދެ ގައުމުގެ ދެމެދުގައިވާ އެ އެއްބަސްވުންތަކަށް ފަހު، ރައީސް މުއިއްޒާއި ބޮޑުވަޒީރު އަންވަރުގެ ޖޮއިންޓް ޕްރެސްއެއް އޮންނާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު މިއަދު މެންދުރު ފަހު ބާއްވާ ބިޒްނަސް ފޯރަމުގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ވެސް އެ މަނިކުފާނު މިރޭ ބައްދަލުކުރައްވާނެ އެވެ. މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ.
ރައީސް މުއިއްޒު މެލޭޝިއާގެ އިސްވެރިންނާ މިއަދު ސަލާން ކުރައްވަނީ.
މެލޭޝިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހުރި ދަތިތައް މި ދަތުރުފުޅުގެ ތެރެއިން ހައްލު ކޮށްދެއްވާނެ ކަމަށެވެ.
ރައީސް މުއިއްޒަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު މިއަދު މަރުހަބާ ދަންނަވަނީ.
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތް ކުރައްވައި، މާދަމާ، އެ ޔުނިވާސިޓީގައި އެ މަނިކުފާނު ތަގުރީރު ކުރައްވާނެ އެވެ.
ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމީހުނަކަށް ނޭނގޭނެތާ ދެބޯގެރިދުއްވާފަ ކަމެއް!
28 April 2025
އިސްލާމީ ގައުމުތަކުން އިޒްރޭލް ޕާސްޕޯރޓް ނަމެއްގަ ނަމަވެސް ބޭން ކޮށްލީމަ އެކަން ވަރަށް ރަނގަޅަށް ބަލއިގެން.
ސުލައިމާން،
28 April 2025
އިދިކޮޅު މީހުންގެ ކޮންމެވެސް ހިތްހަމަ ނުޖެހުންތައް ހުންނާނެ މިކަމުގަވެސް. އެހެންތާވާނީ ގައުމަށް ހެވެއް އެދިގެން އުޅޭ ބައެއް ނޫންވިއްޔާ އެއީކީ
ބަހާ އަމަލާ ދިމާކުރަން ދަސްކޮށްބަލަ
28 April 2025
ގައުމަށް ހެވެއްއެދިގެނޭ ކިޔާ މޮޅުވާހަކަ ތިދައްކަނީ، ރައްޔިތުން ކެކި އަރަންފެށީ ބަހާ އަމަލާ ދިމާނުވާތީ!
މޫސާ ޔައިޝް
28 April 2025
މީގެ ސަބަބުން ނިކަން ގިނަ ގުނަ ފައިދާ މިގައުމަށް ކުރާނެ. ހާއްސަކޮށް މިގައުމުގެ އެތައް ބަޔަކު ދިރިއުޅޭ ގައުމެއް މިއީ.
އެޑްމުންޑޯ
28 April 2025
ސުއޫދު އިސްނަގާގެން ކުރިމަސައްކަތުން މަހީކުރީ ވަރަށް އައިދައިގެ މަރުޙަބާ އެއްކަމަށް ކިޔާނީ ،
ނިހާދު މުހައްމަދު
28 April 2025
މިކަން ޔާމީން އަށް ހަޖަމް ކުރަން ވަރަށް ދަތިވާނެ.
ހަމަދު ސަލީމް
28 April 2025
ފެނޭތަ އިދިކޮޅަށް؟ ރައީސް މުއިއްޒްގެ ސަރުކާރުން ކަންކަން މިދަނީ ކުރަމުން
ނޫރުﷲ
28 April 2025
އުފާވޭ ނިކަން ރާއްޖޭގެ ވެރިޔަކަށް މިހެން އެހެން ގައުމަކުން ހޫނު މަރުހަބާ ދަންނަވާތީ.
އިސްމާއިލް އުޝާމް
28 April 2025
ފަހުގެ ތާރީހެއްގައި ރާއްޖޭގެ ރައީސަކަށް ދިން އެއްމެ ހޫނު މަރުހަބާ މިއީ.
އަލްޓިކޯ
28 April 2025
ރަތްދޫލަ އަޅާފަ އިނީ ފެށި ހިސާބަށް ނިމޭ ގޮތަށް ވަރަށް ވެސް ފުރިހަމަ މާނައެއް
ވިފާގް
28 April 2025
މީ ދަތުރުން ދިވެހި ކިޔަވާ ކުދިންނަށް އުފާވެރި ހަބަރު ލިބިގެންދާނެ ކަމަށް އުއްމީދުކުރަން