"ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗުގެ ބައިވެރިން ކޯހުގެ ބައިވެރިންނަށް ސްޓެލްކޯގެ މުވައްޒަފުން.-- ފޮޓޯ: ސްޓެލްކޯ
29 އެޕްރީލް 2025 - 14:53
އަންހެނުންނަށް ހާއްސަކޮށްގެން ސްޓެލްކޯއިން ކުރިޔަށް ގެންދިޔަ ފުރަތަމަ އިލެކްޓްރިޝަން ކޯސް 16 މީހަކު ފުރިހަމަކޮށްފި އެވެ.
ސްޓެލްކޯއިން ބުނީ އެ ކޯހަކީ ކަރަންޓަށް ހޭލުންތެރި ކުރުވުމަށާއި އަންހެނުންގެ މެދުގައި ކަރަންޓުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ "ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗް ކަމަށެވެ.
"ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗުގެ ބައިވެރިން ކޯހުގައި.-- ފޮޓޯ: ސްޓެލްކޯ
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯސް ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސްޓެލްކޯއިން ބުނީ އެ ކޯހުގައި ބައިވެރިވުމަށް ހުޅުވާލުމުން 350 މީހަކު ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.
"ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗުގެ ބައިވެރިން ކޯހުގައި ސްޓެލްކޯގެ މުވައްޒަފެއް ކިޔަވައިދެނީ.-- ފޮޓޯ: ސްޓެލްކޯ
ފުރަތަމަ ބެޗްގައި 16 އަންހެނަކު ތަމްރީނު ކޮށްފައިވާއިރު، އެ ކޯހުގައި ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުންކުރުމާއި ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމުގެ އިތުރުން ކަރަންޓް ވަޔަރުކުރުމުގެ އަސާސީ މައުލޫމާތު ވެސް ވަނީ ކިޔައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެމިނިސްޓް
30 April 2025
"ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ކޯހުގެ ނަމުގައި ވިމެން ޖެހީމަ މައްސަލަ އަކަށް ނުވޭތަ. މިގައުމުގައި ބައެއް ޑޮކްޓަރުން އުޅުނު "ފީމޭލް" ޑޮކްޓަރ ކިޔާތީ ވެސް މައްސަލަ ޖެހިގެން.
ރަދީފްއޮފިޝަލް / 3 ފޭސް ކަރަންޓް
29 April 2025
ވަރަށް ބޭނުންތެރިކަމެއް.ސާބަހޭ ސްޓެލްކޯ.