ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަން ސުހާނީ، އާދަމް އިބްރާހިމް، 34--
12 މެއި 2025 - 11:02
ދޯންޏެއްގައި ގދ. ނަޑެއްލާއަށް ދިޔަ މީހަކު ނުފެނިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަން ސުހާނީ، އާދަމް އިބްރާހިމް، 34، އެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރު 2:00 ހާއިރު އެ ރަށު ބަނދަރަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އޭނާ އެ ރަށަށް ފޭބި ކަމަށެވެ. ނަމަވެސް އެނބުރި ދޯންޏަށް ގޮސްފައި ނުވާތީ އާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ރޭ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ރޭ ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެ އާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށާއި މިއަދުވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 7909311 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
12 May 2025
އަދިވެސް ތިސަގާފަތް ދޫކޮށް ލާކަށް ނުވޭހެއްޔެވެ ރައްރަށަށް އެރީމާ ގެއްލެނީ ކީއްވެގެންބާވައެވެ މިނިކާ މީހުން އުޅެނީތޯ އެތާގައި އެމީހަކުބޭނުން ރަށަކަށް އަރާ ފޭބުމުގެ އިހުތިރާރު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއްއެއީ މާދަމާ ތިރަށު މީހަކު ހަމަޖެހިދާނެ އެރަށަށް އަރަންވެސް އަރާތަނުން ވީނުވީ އެއް ނޭނގިދާ ވީމާ މިކަން ދޫކޮށް ލާފައި އެކަކު އަނެކަކަށް އިހުތިރާމް ކޮށްގެން ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުން ގޮވާލަން
ސަލީމު އިދުރީސް
12 May 2025
ތިކަމުގަ އާއިލާއައް ކުރެވޭނެ ކަމެއް އޮތީ ދަންނަ ހެޔޮއެއްޗެއް ކިއައިގެން ތިބުން! މިގައުމަކީ ގަހެރުކެންނެއް ފިނޮޅަކައް އެތައް ބަޔަކާއެކު ދަތުރު ދާމީހަވެސް ގެއްލޭތަނެއް މީގަހައިރާވާކަމަކީ އެފަދަމީހުންނައް ވީނުވީގޮތެއް ބެލުމުގަ ފުލުހުން ނުޅެދިގެން އިންޓަޕޯލާ ހަވާލު ކުރާހަވާހަކަ ނޫސްތަކުގަ ހުންނާތި
×ްދދދ
12 May 2025
ޅަ އަންހެން ކުދިން ގެއްލިގެން ރިޕޯޓު ކުރި ޒަމާނެއް ވެސް ދިޔަ. މިހާރު ގެއްލުނަސް ރިޕޯޓެއް ނުކުރޭ، އެނގޭވިއްޔަ ގޮސް ތިބޭތަންތަން. ބައެއް މީހުން އެބަހުރި ވެއްޓިފައިވެސް އެގޮތަށް ގޮސް އުޅެނިކޮށް.
އޮ ހެލޯ
12 May 2025
ނަޑެއްލާ ހިމެނެނީ އެއްކަލަ 84 ރަށް ހިމެނޭ ޗެއިންގައި.
84 ކޯއްޗެއް
12 May 2025
ކޮން 84. ތަފްސީލް ޕްލީޒް