ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަން ސުހާނީ، އާދަމް އިބްރާހިމް، 34--
12 މެއި 2025 - 20:10
ގދ. ނަޑެއްލާއަށް ފޭބި ފަހުން ގެއްލިގެން ހޯދަމުން އައި މީހާ ފަޅު ރަށަކުން ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ ހދ. ނޮޅިވަރަން ސުހާނީ، އާދަމް އިބްރާހިމް، 34، އެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ އިއްޔެ މެންދުރު 2:00 ހާއިރު އެ ރަށު ބަނދަރަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އެ ރަށަށް ފޭބުމަށް ފަހު އަނބުރާ ދޯންޏަށް ގޮސްފައިނުވާތީ، ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
ފުލުހުން މިއަދު ހަވީރު ބުނީ، އޭނާ މިއަދު ހަވީރު 16:45 ހާއިރު އޭނާ ފެނިފައިވާ ކަމަށާއި ފެނުނުއިރު ހާލު ރަނގަޅު ކަމަށެވެ. އޭނާ ފެނިފައިވަނީ ނަޑެއްލާ ކައިރި އޮންނަ ފަޅު ރަށަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނަމަވެސް އޭނާ އެ ރަށަށް ދިޔައީ ކިހިނެއް ކަމެއް އަދި ކޮން ބޭނުމަކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައައްޔަ
13 May 2025
ހަބަރެއްގެ ސުރުހީ އަޅާލުމަކުން މައުމާތެއް ދެވުނީ ކަމަކައް ނުދެކެން,
ޖެރާ
12 May 2025
ޢެއީ ޕިކްނިކް ދާން ވެގެންއައި މީހެއްތަ?
ބަފަލޯ
12 May 2025
ޖާނުން ވަރުހުރި ފިރިހެނަކު 2 ޖެހިއިރު ދޯނިންފައިބާފަ އެރޭ ދޯންޏަށް ނުގޮސްގެން އެއޮތީ އަންގާފަ. އެކަމަކު އަންހެން ދަރިން ރޭގަނޑު އުޅޭނޫޅޭތަނެއް ނޭނގި ގެއިންބޭރުގަ އުޅޭއިރު އަނެއްދުވަހު ހެނދުނުވާއިރުވެސް އަންގާނުލެވި އެބަހުރޭ.
ޢައީސަ
14 May 2025
އެއީ އާކަމަކަށް ނުވަންޏާ ނާންގާނު
ޑރ ވާންޗޯ
12 May 2025
ފުލުހުން ރަނގަޅުވާނެ ރައިއްޔަތުންނަށް ރައިވަރުން މައުލޫމާތުދޭން.
މުލޭ
13 May 2025
އެވަގުތަކު ދޭން އޮންނަ ގޮތަކަށް ދޭނީ. އަހަރެމެން ހިތްހަމަ ނުޖެހުނަސް އެކަން އެންނާނީ އެގޮތަށް.
މުރާސިލް
13 May 2025
ފުލުހުންނަށް ތިޔަ ފުރައްސާރަ ކުރަނީ މާމޮޅު ކަމެއްކަމަށް ހީކޮށްހެއްޔެވެ؟ މުޖުރިމުންނާއި ޤާނުނާއި ޚިލާފަށް ކުށްތައް ހިންގާ މީހުންނަށް ދުވަހަކުވެސް ފުލުހުން ރަނގަޅެއް ނުވާނެއެވެ. ރައްޔިތުންނަށް ރައިވަރުންވެސް އަދި އެހެން ގޮތްގޮތުންވެސް މަޢުލޫމާތު ދޭން ތިބޭނީ ހަމަ ފުލުހުންނެވެ. އެކަން ހަޖަމު ކުރާށެވެ. ދިވެހިފުލުހުން ތިޔަ މީހާ ހޯދަން ކުރި މަސައްކަތް ޑރ.ވާންޗޯއަށް އިހުސާސްވެސް ނުކުރެވޭނެއެވެ. ފުލުހުންގެ އަގުހުރި ޚިދުމަތަށް ސެލިއުޓް ކުރުން ހަައްޤެވެ.
ޖަބާލް
12 May 2025
ފުލުހުން ތިދެއްވި ފުރިހަމަ މައުލޫމާތަށް ޝުކުރިއްޔާ..ދެން ރަށުތެރޭ އެކިފާޑުފާޑަށް ވާހަކަ ފަތުރަން ފެށީމަ ދެންކިޔާނީ ކީކޭބާ؟؟
މުހައްމަދު1111
12 May 2025
ކިހިނެއް ކަމެއް އަދި ކޮން ބޭނުމަކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.. ވާހަކަ ނިމުނީ
ހުޜީމާ
12 May 2025
އެވާހަކަ ބުނެފިނަމަ ގައުމީސަލާމަތަށް ނުރައްކާވާނެ..