15 މެއި 2025 - 11:40
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
މިއީ ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު އިތުރުކުރި ހަތަރު ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އެންމެ ފަހުން ދީފައި އޮތީ ފަސް ދުވަސް މިއަދު ހަމަވާނެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް، އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ، ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު، އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު، ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި، އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް އެވެ.
ނަމަވެސް، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރައުދު އެކަންޏެވެ. ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުންނަށް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަންޖީ
15 May 2025
ރައުދު ބަންދުގައި ބަހައްޓަން މިޖެހެނީ އޭނަގެ ސަލާމަތައްޓަކައި އަދި ސަރުކާރުން ކަމެއް ކުރާކަން ދައްކަން. 20 ދުވަހުގެ ތެރޭގައި އޭނައަށް އިތުރަށް ދެވޭނެ މައުލޫމާތެއް އޮންނާނެހެނެއް ހިއެއްނުވޭ.
ވަކީލުން
15 May 2025
ވީޑިއޯ އިން ފެންނަނީ ގެއެއްގެ ތަރޭ ބޮއެގެން އުޅޭ 2 މީހެއް. އަދި މިމީހުން ނާއި އެކު އިތުރު ބަޔަކު އެހެން ގެއެއްގައި ބޮއެގެން މަޖާ ކުރި ކަމަށް ހަބަރުތައް ބުނޭ! ބޮއެގެން ރައުދު އެކަނި ހައްޔަރު ކުރުން ގޯސް. ޔުމްނު އާއި އެކު އެންމެން ހައްޔަރު ކުރޭ. ކޮށްގެން މިއުޅެނީ އެއްކުށެއް. ނޭންގިގެން މިއުޅެނީ ޔުމްނު ވެއްޓުނު ގޮތެއް؟
ރަދީފްއޮފިޝަލް / ދަންވަރު ބޭރުގަ އުޅުން ގޯސް
15 May 2025
ހޫން ބޮޑު ފޫއްސެއް.
ސުންޕާއްތަ
15 May 2025
ލޯކުރިމތީ ފެންނަން އެހެރީ ކީއްވެ ރައުދު ހައްޔަރުގަ ބައިންދަން ޖެހެނީ. އިންސާފު ބޯކޮޅު ވަތައް
ނުގުޑާ
15 May 2025
އަޖައިބެއް! މަސްުތުގެ ހާލަތުގައި ހުރީ. ފޫޓެޖުން އެބަ ފެނޭ އެ ދެމީހުން ތިބި ހާލާއި ކުރި ކަންތައް!. މިވަރަކަށް މިކަން ދަންމާ މި ސަކަރާތެއް ޖަހަންޖެހޭ އެއްވެސް ސަބަބެއް ނެތް!
މީހުން ބަނދުކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން.
15 May 2025
. ޝަރީއަތުން ކުށް ސާބިތު ނުވާހާ ހިނދަކު އޭނާ އަކީ ކުށްވެރިއެއް ނޫން. ކުށްކުރި ކަމަށް ޝައްކު ކުރެވޭ މީހުން ބަނދުގައި ޝަރީއަތާ ހަމައަށް ބަނދު ކުރެވޭނީ އެނާގެ ކިބައިން ށިތުރު މީހަކަށް ނުރައްކަަލެއް އޮތް ނަމަ ނޫނީ ތަހުގީގަށް ނަހަމަ ބާރު ފޯރުވަފާނެތީ ނޫނީ ފިލާފާނެތީ. މި ނޫން ގޮތަކަށް ބަނދުކުރެވޭނަމަ އެހެދެނީ ގާނޫނީ ގޯހެއް.
ބަބްސް
15 May 2025
ބަންދެއް ނޫން ... ހޮލިޑޭ ...
ނެޕޮޓިޒަމް
15 May 2025
އާދައިގެ ޢާއިލާއެއްގެ ސޮރެއްނަމަ، މިހާރު ހުންނާނީ ވާނުވާ އަށް ދޫކޮށްލާފަ. މީހަކު މަރަށް ދޫކޮށްލުމަކީ ކުޑަ ކަމެއްނޫން. އޭނާގެ ނިޔަތް ރަނގަޅުނަމަ، ޕޮލިހަށް ގުޅާނެ ވެއްޓުނީމަ ނޫނީ ރައްޓެހިންނަށް ގުޅައިގެންވެސް ގެންނާނެ.
ދޮހޮއްތުބެ
15 May 2025
ރައުޔަކައްވެސް ނޭގޭނެ ޔުމްނައް ވީގޮތެއް އޭނަވެސް ޔުމްނުވީނުވީއެއް ނޭގި ހޯދާތަން ފެނުނު ނޫންތޯ
ހަސަންބޮނޑި
15 May 2025
ބޮއިގެން ހުރިމީހާ އަދި ދެން ގެއްލިގެން އުޅެނީވެސް ބޮއެގެން ހުރި މީހެއްކަން އިނގޭއިރު އޭނަ ފުލުހުންގެ އެހީއަށް ގުޅާނީ އޭނަ ވަރަށް ގަމާރު ވެއްޖިއްޔާ ދޯ؟ ބޮޑު ގޮނޑީގައި އިނދެގެން މޮޅު ވާހަކަ ދެއްކިދާނެ. އެކަމަކު އޭނައަށް ވީގޮތެއް ރައުދު އަށް ނޭނގޭކަން ވަރަށް ސާފުކޮށް ވީޑިއޯތަކުން އެނގޭ.
ހުޝާމާ
15 May 2025
ކުށް ކޮށްފައި ފިލާ ތިބި އެންމެނަށްވެސް އަދަބު ލިބެންޖެހޭ އެމީހުންގެ ތަހުގީގު ނުހިންގާ ރައުދު އެކަނި ތިިޔަ ދަމަނީ އެމީހުން ހިމާޔަތް ކުރަން ރައުދު ކަތިލާލަންތޯ....