ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތް ކަމުގެ މައްސަލައަށް އަމީން ޖަވާބުދާރީވެވަޑައިގަންނަވަނީ -- ފޮޓޯ: ،މަޖިލިސް
15 މެއި 2025 - 14:28
މިދިޔަ މަހުގެ 18 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައިގައި އާއިލާގެ އެއްވެސް މީހެއްގެ ޖިނާއީ މައްސަލައެއް އެއްވެސް ތަހުގީގީ އިދާރާއަކުން ބަލަމުން އަންނަކަން އަންގާފައިނުވާ ކަމަށާއި ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، އަމީންގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
އިތުބާތު ނެތްކަމުގެ މައްސަލާގައިވާ ގޮތުން އެ ހާދިސާގައި އަމީންގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައިކަން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް، ފުލުހުން އެ މައްސަލައިގައި މައުލޫމާތު އާންމުކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެ މި ކަންކަން ސިއްރު ކުރުމަށް ކަމަށާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ވެސް ސިއްރުކޮށްފައިވާ ކަމަށް މައްސަލައިގައިވެ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައިވާ ގޮތުން، މައްސަލައިގައި ހިމެނޭ އަމީންގެ އާއިލާ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން ބަރީއަކުރުމަށް މިނިސްޓަރު އަމީން ފުލުހުންގެ އިދާރާއަށް ނުފޫޒު ފޯރުވާފައިވާކަން އެ ކަންކަމުން ހާމަވާ ކަމަށެވެ. އަދި އެއީ މިނިސްޓަރުގެ ހައިސިއްޔަތުން ލިބިގެންވާ ބާރުގެ ބޭނުންކޮށް، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ ކަންކަމަށް ވެފައި މިނިސްޓަރު އަމީން ގާނޫނާ ހިލާފުވެފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
ހުށަހަޅުއްވާފައިވާ ހަތް ތުހުމަތަކީ ޒައްރެއްގެ މިންވަރަށް ވެސް އަޅުގަނޑާ ގުޅުމެއް އަދި އެއްވެސް ހަގީގަތެއް އޮތް ތުހުމަތެއް ނޫން ކަމުގައި ދަންނަވަން: އަމީން
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން ވަނީ އޭނާއަށް އެމްޑީޕީން ކޮށްފައިވާ ހަތް ތުހުމަތަށް ވަކިވަކިން ޖަވާބުދާރީވެވަޑައިގެންފަ އެވެ.
ތުހުމަތުތަކަށް ރައްދު ދެއްވަމުން އަމީން ވިދާޅުވީ، ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި އޭނާގެ ތިމާގެ މީހަކު ނުވަތަ އާއިލާ މީހަކު ޝާމިލްވާ ކަމަށް ނުވަތަ ނުވަތަ ތުހުމަތު ކުރެވޭ ކަމަކަށް ވެސް އެއްވެސް ތަހުގީގީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައިނުވާ ކަމަށާއި އެ ފަދަ ކަމެއް އެނގިވަޑައިގެންފައި ވެސް ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތް ކަމުގެ މައްސަލައަށް އަމީން ޖަވާބުދާރީވެވަޑައިގަންނަވަނީ -- ފޮޓޯ: ،މަޖިލިސް
އެ ހާދިސާ ހިނގުމުގެ ކުރިން އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެއަށް ބަޔަކު ގޮސް އުޅުނު ކަމަށް ފުލުހުން ބުނެފައި ވިޔަސް އެ ގެއަކީ އޭނާ އާއި އެއްބަނޑު ތިން މީހަކާ އެކު ޖުމްލަ ހަތަރު މީހެއްގެ ނަމުގައިވާ ތަނެއް ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އެއްމެދު ތަނެއްގައި ގޭގެ އެންމެން ބޭނުން ހިފާ ތަނެއްގައި ހިނގާ ޖިނާއީ ކަމެއްގެ ޒިންމާ ވަކި މީހަކު ނަގަން ޖެހޭނެ ކަމަށް ބުއްދި ގަބޫލުނުކުރާ ކަމަށެވެ. އަދި، ތުހުމަތުކުރެވޭ ހާދިސާ ހިނގާފައިވަނީ ވެސް އެ ގޭގައި ނޫން ކަން އެނގެން އެބައޮތް ކަމަށާއި އެ ތަނުގައި ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާ ކަމަށް އެއްވެސް ތަހުގީގީ އިދާރާއަކުން މިހާތަނަށް ނިންމާފައި ވެސް ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.
އެހެންކަމުން، ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ގޭގެ ނަން ހާމަކުރުމާ ނުކުރުމަކީ ވެސް ފުލުހުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި ތަހުގީގުގައި ހާމަކުރާނެ ކަންކަމާ ނުކުރާނެ ކަންކަން ނިންމާނީ ފުލުހުން ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވަނީ މި މައްސަލާގައި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް އޭނާ ފުލުހުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. އަމީން ވިދާޅުވީ ނުފޫޒު ފޯރުވާފައިނުވާނެ ކަމަށާއި ފޯރުވާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސް އަކީ އަޅުގަނޑުގެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއް ވެސް ނޫން. މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ޖަވާބުދާރީވާ އިދާރާއެއްް ވެސް ނޫން. އެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ވެސް ނުވާނެ،" އަމީން ވިދާޅުވި އެވެ.
މި މައްސަލާގައި ގޭގެ ވެރިފަރާތްތަކާ ވާހަކަ ދެއްކުމަށް ފަހު، ކޯޓު އަމުރެއް ނެތް ނަމަވެސް މާންދޫގެ ބަލައި ފާސްކުރެވޭނެ ވާހަކަ ދެންނެވުމަށް ކުރީގެ ސީޕީ އަލީ ޝުޖާއަށް ގުޅާފައިވާނެ ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސީޕީ ޖަވާބު ނުދެއްވާ ކަމަށާއި އެއީ ވަކި ކަމެއް ވަކި ގޮތަކަށް ނިންމުމަށް ކުރެއްވި ކަމެއް ނޫން ކަމަށް އަމީން ވިދާޅުވި އެވެ.
މި މައްސަލައިގެ ތަހުގީގުގައި، އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކާ އެ ހާދިސާއާ ބަހުސްގެ ބޭނުމަށް ގުޅުވިނަމަވެސް އެއީ އަމިއްލަ ކަންކަން އަމިއްލައަށް ޒިންމާ ނަގަން ޖެހޭ ބޮޑެތި މީހުން ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އެ މީހުން ކަމެއް ކުރި ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެ މީހުން ކަމަށާއި އަމީން އޭނާ ކަމަށެވެ.
"އަޅުގަނޑުގެ ދަރިންނެއް ނޫން. އަޅުގަނޑުގެ އަނތްބެއް ވެސް ނޫން. އަޅުގަނޑުގެ މައިންބަފައިންނެއް ވެސް ނޫން، އަދި އަޅުގަނޑު ބަލަހައްޓާ ފަރާތެއް ވެސް ނޫން،" އަމީން ވިދާޅުވި އެވެ.
ނިންމާލަމުން ވެސް އަމީން ވަނީ އިދިކޮޅުން ކޮށްފައިވާ އެއްވެސް ތުހުމަތަކާ އޭނާއާ ޒައްރެއްގެ މިންވަރަށް ވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
"ހުށަހަޅުއްވާފައިވާ ހަތް ތުހުމަތަކީ ޒައްރެއްގެ މިންވަރަށް ވެސް އަޅުގަނޑާ ގުޅުމެއް އަދި އެއްވެސް ހަގީގަތެއް އޮތް ތުހުމަތެއް ނޫން ކަމުގައި ދަންނަވަން،" އަމީން ވިދާޅުވި އެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގެ ދެކުނުގެ ނުވަތަ އަމީންގެ ގޭގެ އެއްވެސް ސީސީޓީވީ ފުޓޭޖެއް ނުލިބުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭޖީބީ
15 May 2025
މަބުނީ ތިޔަގޭގެ ޓެރަސްގެ ވީޑިއޯ ފުޓްއޭޖް ލިބިދާނެ ހޭ
އަމިއްލައަށްނުބުނާނެ
15 May 2025
އެއްވެސް މީހަކު ނުބުނާނެ ތިމަންނައަކީ ކުށްވެރިއެކޭ. އެއީ ނުފޫޒެއްނެތި ތަހުގީގުކޮށް ޝަރީއަތެއް ހިންގައިގެން ކޯޓުތަކުން ގާޒީން ނިންމާކަމެއް.
ޖަބާލް
15 May 2025
ކޯޓް އަމުރު ބޭނުންނުވާނެކަން ފުލުހުންނަށް ގުޅާފަ އަންގާކަށް ނުޖެހޭ..ފުލުހުން އައިމަ ވެއްދީމަ ނިމުނީ..ތިހެން އަނގަބަހުން ގުޅާފަ ބުނެގެން ކުރާކަމެއް ގާނޫނީ ހައިސިއްޔަތު ފުރިހަމަވެސް ނުވާނެކަން އެނގެންޖެހޭނެ..އަނެއްކާ ތިޔަބުނަނީ ބެހޭ ބައެއްނޫނޭ މަގޭބާރު ގެއަކަށް ވެސް ނޯވޭ ..އެކަމު ކޯޓް އަމުރުނެތި ގެއަށް ވެއްދުމުގެ ބާރު އޮވޭ؟؟
ސުހާބާ
16 May 2025
ފުލުހުން ގާތު އެހެން ނުބުނާނަމަ، ފުލުހުން އެގެއަށް ދާނީ ކޯޓު އަމުރު ހޯދައިގެން. އެއީ، ކޯޓު އަމުރު ނުހޯދައި ގޮސްފިނަމަ، ނުވައްދަފާނެތީ. ކޯޓު އަމުރު ނެތި އެގެއަށް ވައްދާނެކަމަށް ބުނަން އުޅުނީ އެގޭގެ އެހެން ވެރިންނާ ވާހަކަދައްކާފައި ކަމަށް އަމީނު ބުނެފައި އެއޮތީ. މީހުން ދައްކާ ވާހަކައާއި ވާނުވާ ނޭނގުނަސް އަނގަބާނާތި.
ތުހު މަތު
15 May 2025
ކުށްވެރިން ދައްކާ ވާހަކަ ތަކާއި ވަރަށް އެއް ގޮތް
ރާކަނިމަސް
15 May 2025
ތުހުމަތާއެކު އިސްތިއުފާނުދީ އުޅެން ދަސްކުރަންޖެހޭ، ވަރަށްބޮޑަށް ޝުކުރިއްޔާ.
ފެހި
15 May 2025
މިސްކިތުގެބައްތި ނިވާލީމަވެސް ސީޕީއަށް ގުޅާފަ ބުނާނެ ތޯއްޗެއް މަށޭ ކިޔާހޭ. ޅެން ފަރިހިން ތިކަމަށް ފަރުވާލިބޭނީ
މަގިމަތީ ކޯޓު
15 May 2025
ހަޙަހާ ވިސްނާ ވިސްނާ ނުވިސްނޭ ކަމަކީ، ކިހިނެއްބާއޭ މަގުމަތީ ގުރޫއްޕަށް ހުރިހާ މައުލޫމާތެއް އެގެނީ!!! ޕާޓޭއިންނަށް ވިގޮތް އެގޭ، މޑޕ ރީދޫ ހުން ޖެހިފަ ތިބި މީހުނަށް އެގޭ!! އެހެން އެއްވެސް ބަޔަކަށް ނޭގޭ. މިކަން ނިމޭއިރު ޔުމްނުުއަކަށްވެސް ނޭގޭނެ ވިގޮތް ހަމަ އެކަނި ވިގޮތް އެގޭނީ މަގުމަތީ ކޯޓުން އިންސާފް ހޯދަން އުޅޭ ޕާޓޭއިންތަކަށް ހަހަހަ ބޭނުންވަނީ ސިންގަޕޫރް އަމަލުތަށް ނާތަހުޒީބު ޕާޓޭ ސުޓައިލް.
ކަތްދައްތަ
15 May 2025
ތިހެން ވިދާޅުވިއިރު ކައިރީގަ ތިރީހެއް އޮތްތޯ ނުބެލީ ކީއްވެބާ؟
ވޯލް
15 May 2025
މަޖިލީހުގައި ދޮގު ހެދުމަކީ ބޮޑު ކުށެއް ޔުމްނު ވެއްޓުނު މައްސަލއާ މިނިސްޓަރ އަމީން އާ އޮތް ގުޅުމަކީ އިތުބާރު ނެތް މައްސަލަ ހުށަހެޅު 12 މެމްބަރުންނާވެސް އޮތް ގުލުމޭ ބުނިއިރު. މިރާއްޖޭގެ އެންމެނަށްވެސް އެނގޭ އަދި ފުލުހުންވެސް ޔަޤީންކޮށްދީފަ އޮތް ގޮތުގައި މި ހާދިސާ ހިގުމުގެކުރިން އަމީން ނިސްބަތްވާ ގޭގައި އޮތް ޕާޓީކުރުމުގައި ޔުމްނުވެސް ހުރިކަން، އަދި އެތާގައި މިނިސްޓަރަށް ބޮޑެބޭބެ ކިޔާ 2 ކުދިން ހިމެނޭކަން. އެހެން މެމްބަރެއްގެ ނެtް އެފަދަ ގުޅުމެއް.
އަޖާއިބުގެ ޖަވާބު
15 May 2025
ތި ތެދު ހަދާމީހެއްކަން ކިހިނެއް އަހަރެމެން ވަކި ގަބޫލުކުރަނީ؟
ސުހާބާ
16 May 2025
އޭނާ އުޅޭ ގޭގައި އެހެން ބަޔަކު ކަމެއް ކުރިޔެކޭ ކިޔާފައި އެކަމާ އޭނާއާ ގުޅުވޭނީ ކިހިނެއް؟ އެހެންވިއްޔާ، ކަލޭ އުޅޭ ރަށެއްގައި ބަޔަކު އެފަދަ ކަމެއް ކޮށްފިނަމަ، ކަލެއާވެސް އެކަމެއް ގުޅުވޭނެތާ؟
އަޟިނާ
15 May 2025
ދޮގަކަށް ވާނެ ގޮތެެް މިހާރު ނެތް - އެނގޭ އެއްކަމެއްވެސް އަމީނަކަށް ނެތް ތެދުބަހުން ތަންކޮޅެއް ބާކީ އޮޅުވާލައިގެން ހަދަނީ އޮޅު ތަ ދޮގުތަ ؟ ސާފުބަހުން ހުސް ތެދު ހަގީގަތް ނޫނީ އެއީދޮގު. އިގިއްޖެތަ ވަޒީރު.