ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން --
19 މެއި 2025 - 21:39
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ މައްސަލާގައި އެ ކުންފުނިން ޝަރީއަތަށް ފޭކް އިންވޮއިސްއެއް ހުށަހަޅާފައިވާކަން ފަޅާއަރައިފި އެވެ.
މިދިޔަ ފެބުރުއަރީ މަހު މި ހުކުމް ކުރީ ސެންޓަ އެންޓަޕްރައިސަސް އިން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ދައުވާކުރުމުންނެވެ.
ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އިންވޮއިސްގައި ބަޔާންކުރާ މުދަލުގެ އަގު ކަމަށްވާ 32.7 މިލިއަން ރުފިޔާއަކީ އެ ކުންފުންޏަށް ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އިން ދޭން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށެވެ.
ސެންޓަ އެންޓަޕްރައިސަސް އަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ދޭން ޖެހިފައިވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެކަމުގެ ހާއްސަ އޮޑިޓެއް ހަދައިދޭން އެދިފަ އެވެ. އެ އޮޑިޓް، އޮޑިޓާ ޖެނަރަލ؛ްގެ އޮފީހުން މިހާރު އަންނަނީ ކުރަމުންނެވެ.
ފޭކް އިންވޮއިސްއެއް ޝަރީއަތަށް ހުށަހަޅާފައިވާކަން އެނގުނީ މި އޮޑިޓްގެ ތެރެއިންނެވެ.
ފޭކް އިންވޮއިސްއެއް ހަދާފައިވަނީ ރާއްޖެއަށް މެޑިކަލް ހިދުމަތްދޭ ސާމާނު ފުޅާ ދާއިރާއެއްގައި އެތެރެކުރާ ކުންފުންޏެއްގެ ނަމުގަ އެވެ. އެ ކުންފުނިން ސެންޓަ އެންޓަޕްރައިސަސްއަށް 12.4 މިލިއަން ރުފިޔާގެ މުދާ ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް އެ އިންވޮއިސް ހުށަހަޅައިގެން ކޯޓުގައި ވަކާލާތުކޮށްފައިވެ އެވެ.
ނަމަވެސް، ކްރެޑިޓަށް މުދާ ދޫކުރި ކަމަށް ބުނާ ކުންފުނިން ވަނީ އެެއީ އެ ކުންފުނިން އެއްވެސް އިރެއްގައި ދޫކޮށްފައިވާ އިންވޮއިސްއެއް ނޫން ކަމަށް ކަމާ ބެހޭ އިދާރާތަކަށް މިހާރު އަންގައިފަ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިންވޮއިސް ހަދާފައިވަނީ އެ ކުންފުނީގައި އެއްވެސް އިރެއްގައި މަސައްކަތް ކުރި މުވައްޒަފުންގެ ނަން މައްޗަކު ވެސް ނޫނެވެ. އަދި އެ އިންވޮއިސް މެދުވެރިކޮށް ކްރެޑިޓަށް ދޫކުރި ކަމަށް ބުނާ މުދަލަކީ އެ ކުންފުނިން އެއްވެސް އިރަކު ރާއްޖެ ގެނެސްފައިވާ މުދަލެއް ވެސް ނޫނެވެ.
މި މައްސަލާގައި މުދަލަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން އިންވޮއިސް އަށް އަރާ ޖޫރިމަނާގެ ގޮތުގައި 51 މިލިއަން ރުފިޔާ ހޯދަން ވެސް ސެންޓަ އެންޓަޕްރައިސަސް އިން ދައުވާގައި އެދުނެވެ. ނަމަވެސް، އެއްބަސްވުމުގައި ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެ ޖޫރިމަނާ ކޯޓުން ނަގައިދީފައެއް ނުވެ އެވެ.
ދައުލަތުން 32 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލައިގެ އިތުރުން ވެސް މެޑިކަލް ހިދުމަތަށް ބޭނުންވާ މުދާތަކަކަށްވާ ފައިސާ ނުލިބިގެން ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދައުލަތުން ދައްކަން ޖެހޭ ކަމަށް މިދިޔަ ފެބުރުއަރީ މަހު ހައި ކޯޓުން ވެސް ހުކުމެއް ކޮށްފައިވެ އެވެ.
އަދި ސެންޓަ އެންޓަޕްރައިސަސް އިން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް ފައިސާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަންޗޫ
20 May 2025
ތިކުންފުނީގެ ވެރިންނަކީ ކޮބައިކަން ހާމަކޮށްލަދީބަލަ! އޭރުން ރައްޔިތުންނަށްވެސް ތިހާބޮޑެތި ވަގުން ކިބައިން ސަލާމަތްވާން އިނގޭނި. ދައުލަތުން ތިކުންފުނީގެ ވެރިން ގޮވައިގެން މިހާރު ޖެހޭނެ ދައުވާކުރެވެން. ގާނޫނުގެ އެންމެ ހަރުކަށި އަދަބު ތިމީހުންނަށް ދޭންވާނެ!
ނޯޝައްކު11
20 May 2025
އެހެންވީމާ ތިޔައީ މެޑިކަލް ސާވިސަސްގެ އެތެރެއާ ގުޅިގެން ހިއްސާވާގޮތަށް ހިންގާފައިވާ ކަމެއް. އެއީ މެޑިކަލް ސާވިސްގައިވެސް ރެކޯޑު ހުންނާނެ ލިބުނު ތަކެއްޗާ ނުލިބޭ ތަކެތި އެނގޭނެ. އިންޓާނަލް އޮޑިޓް ކިޔާ ބަޔަކުވެސް އުޅޭ. ތިޔަހާ ބޮޑު އަދަދެއް ނޭނގި ނުދާނެ. އެއްވެސް ޝައްކެއް ނެތް. ފަނޑިޔާރަކަށް ނުޖެހޭނެ ކޮންމެ އިންވޮއިސްއެއް ދޫކުރި ތަންތަނަށް ގުޅައިގެން ޞައްޙަތޯ ބަލާކަށް. އެއީކީ ކުރެވޭނެވެސް ކަމެއްނޫން.
ފަނޑިޔާރުން
20 May 2025
ކުންފުނިން ފޭކް އިންވޮއިސްއެއް ހުށައެޅިނަމަވެސް ފައިސާއެއް ނުލިބޭނެ. ސްޕްރިމް ކޯޓްގެ ފަނޑިޔާރުން މީހަކާއި ހުތުރުބަހުން ވާހަކަދައްކައިގެން ކުއްވެރިވެ ސަސްޕެންޑްކޮށް މަގާމުން ވަކިކުރީ އިހައްދުވަހު، އެހެންވީއިރު ވަގު އިންވޮއިސްއަކަށް ދައުލަތުގެ ޚަޒާނާއިން 32 މިލިއަން ރުފިޔާ ވަގަށްނަގަން މަގުފަހިކޮށްދިން ފަނިޑިޔާރު ކުއްވެރި ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ!
އެމްސް
20 May 2025
ހެލްތު މިނިސްޓްރީގެ އިޙުމާލެއް ނެތްތޯއެވެ؟
ވާހަކަނުދައްކަވާ
21 May 2025
ޝްޝްޝް އެހަކަށް ދުވަހު ސުޕްރީމް ކޯޓަށް ގެނައި ފަނޑިޔާރުގެ ބެސްޓީއޯ އެއީ. އެހެންވީމަ ފަނޑިޔާރާ ބެހެން ހިތަށް ނާރުވާ
ބަރުދާސްތާނީ
20 May 2025
މިކަމަކީ ކޯޓުތަކަށް ބައި އަޅައިގެން ހިންގާ ޖަރީމާއެއް. ރާއްޖެ ކޯޓުތަކުގައި ދުވަހަކުވެސް، އުންސުރެއް ނުވަތަ ފަންސުރެއް ހަމައެއްނުވާނެ ރޯމާދުވާލު ބަޔަކު ކުށްކުށަށް އަރައިގަނެ، އެންމެން ގެ ލޯމަތީ އިންސާނަކު ކަތިލާ، މަރުތެޔޮލަކުން ތަޅާ ސުންނާފަތި ކުރިއަކަސް.
ދިވެހިދޮންބެ
20 May 2025
ލޮބުވެތި ދިވެހި ދަރިންނޭ.. ދައުލަތް ލޫޓުވުމަކީ ތިމާމެން އަމިއްލައަށް ތިމާމެން ލޫޓުވުން.. މިގޮތަށް ރޯމާދުވާލު ޖެހުނު ކޮންމެ ބަޔަކު، ޖެހުނު ކޮންމެ ގޮތަކަށް ދައުލަތް ލޫޓުވުމުގެ އާޚިރުނަތީޖާއަކީ ދަޢުލަތް ނިކަމެތި، މާލީގޮތުންނާއި އިޤްތިޞާދީގޮތުން ފޫވެއްޓިގެން ދިޔުން. އޭގެ ހިތި ތަޙައްމަލުކުރާނެ ތި ވައްކަންކުރާ އެންމެންވެސް. ހޭއަރާވިސްނަބަލަ..
raajje
20 May 2025
ކޯޓުތަކުގައި ތިބޭ . ފަނޑިޔާރުންނަށް ވާނުވާނޭންގޭވަރުމީ، ހުށަހަޅާ ލިޔެކިޔުންތައް އިންވޮއިސެއްވިޔަސް އޭގެމައްޗަށްބުރަވެ ގޮތްނިންމާއިރު އެވެރިފައިކުރަންޖެހޭނުން؟ އޮޑިޓުނުހެދިނަމަ ތިޔަކަންފަޅާއަރާނެގޮތެއްނޯންނާނެދޯ، މައްސަލަނިންމި ފަނޑިޔާރުވެސްމިކަމުގައި ޒިންމާކުރުވަންޖެހޭ، މިލިޔަނުން މިލިޔަނުން ފައިސާދަށްކަން ހުކުމްކުރިއިރު އިންވޮއިސްގެ ސައްހަކަން ކަށަވަރުނުކުރުމުން ފަނޑިޔާރަށްބައި އަޅަނީކަމަށް ޝައްކުކުރުމުގެ ފުރުސަތުލިބޭ
ޖޭއެސުސީ
21 May 2025
ނިކަން ތިޔަފަނޑިޔާރަށް ފިޔަވަޅު އަޅާބަލަ. ލާހިކެއްނޫން
ބަޑިތަކުރު
20 May 2025
ލޫޓުވެންހުރި ގޮތަކަށް ކޮންމެ ބަޔަކުވެސް މިދަނީ ދައުލަތް ލޫޓްވަމުންނެވެ. ބިލެއް ހުށަހެޅިއެއްކަމަކު އެ ބިލަކީ އެ މިންވަރަށް ތަކެތިހޯދަން ލިޔުމަކުން އެދިގެން ގެނެސްފައިވާ މުދަލެއްތޯއާއި އެ މުދަލާ ދައުލަތުގެ އެ އިދާރާއިން ހަވާލުވިތޯ ނުބަލައި ކޯޓްތަކުން ހަމަ ތާކުން ބިލެއް ހުށަހަޅާއިރަށް އެއީ ދައުލަތުން ދޭންޖެހޭ ފައިސާކަމަށް ކަނޑައެޅީމާ މިއީ ތިޔަ މައްސަލަ ބެލި މީހުންނާ ވަރަށްބޮޑަށް ގުޅިގެން ހިންގާފައިވާ ޖަރީމާއެއްކަމަށް ގަބޫލުކުރަންޖެހެއެވެ.
އަންނޮވުން
20 May 2025
Managing Director ALEEFA AHMED Shareholders Shareholders for CENTER ENTERPRISES Pvt Ltd AHMED JAMIZ 20-Jun-2018 ABDULLA ARIF 16-May-2024 Board of Directors Board of directors for CENTER ENTERPRISES Pvt Ltd Name Appointed Date AHMED JAMIZ 02-Jun-2018 ALEEFA AHMED 30-Jan-2019 ABDULLA ARIF 27-Apr-2024
ދޮންކަލޯ މ
20 May 2025
ޑޭލައިޓް ރޮބަރީ
ސަނަމް
20 May 2025
ޖާމިޒަކީ ރައީސް ޔާމީނުގެ ޑްރައިވަރ
ފެންސް
20 May 2025
މީ ބެލެވެނީ ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅިގެން ކުރާ ކަމެއް ކަމަށް.
އެޑްމުންޑޯ
20 May 2025
މެޑިކަލް ސަރވިސް އަށްވެސް އެގޭނެތާ ތިބުނާ އިންވޮއިސްގެ މުދާ އެތަނަށް ނުލިބޭކަން ، މިފަދަ ޖަރީމާތަށް މިހިންގަނީ ސަރުކާރުގެ އިދާރާތަކައި ގުޅިން ބައިއަޅަގޮތަށް ، ހާދަ ދެރައޭ ، ވައްކަމައި ފޭރުމާއި އޮޅުވާލުން ހައްދުފަހަނަޅަގޮސްފައި މިވަނީ ، ރަގަޅުކުރަން ކިޔާފައި އަންނަނ މީހުންވެސް ދެގުނަ ބޮޑުކޮށް ޖަރީމާތަށް ހިންގާތަން ފެނިގެންދަނީ ، ކުރާނެކަމެއްނެތް ، ﷲ އާއި ވަކީލް
އަލީ ތ
20 May 2025
ބޭފުޅާ، މީ ކޮން އަހަރަކު ހިނގާފަ އޮތް ކަމެއްތޯ ބަލާލުމަކީވެސް ހަަމަ އެންމެ ރަނގަޅު ކަމެއް.