މީގެ ކުރިން މައްސަލައެއް ބެލުމުގައި ކަނޑުމަތީގައި ފުލުހުން ހަރަކާތްތެރި ވަނީ.
21 މެއި 2025 - 10:06
ނ. އަތޮޅު ރިސޯޓެއްގެ ކައިރީގައި ފީނަން އޮއްވައި ގައިމައްޗަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ބުރިވި އަތް ނުފެނުނު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު އެވެ. ލަނޑާ ނަގަން ފައިބައިގެން އުޅެނިކޮށް އަނިޔާވީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.
އެ ހާދިސާގައި އެ މީހާގެ ކަނާތް ވަނީ އުޅަނބޮއްޓާ ހިސާބުން ބުރިވެފަ އެވެ.
ފުލުހުން ބުނީ އަނިޔާވި މީހާގެ އަތް ހޯދަން އޭނާ ފީނަން އޮތް ސަރަހައްދުގެ ކަނޑު، ދެ ފަހަރެއްގެ މަތިން ބަލާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް ވަނީ ބަޔާން ނަގައިފަ އެވެ.
"މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރެވިފައިވޭ. ނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައެއް ނުވޭ،" ފުލުހުން މީީޑިއާއަށް ފޮނުވި މެސެޖުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ހެއްކަށް ބަލައި އަދި ފިޔަވަޅެއް ނާޅަ އެވެ. އެކަަމަކު ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ބައެެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހާ މާލެ ގެނެސް ފަރުވާދެމުން އަންނަނީ އޭޑީކޭގަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏަސް، އެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫރުބެ
22 May 2025
ހުރިހާ ފަރާތަކުން ވެސް މިފަދަ ކަންކަމަށް ފަރުވާތެރިވުމާއި ނެވިގޭޝަން އެންމެ ކުޑަމިނުން ލައިޓެއް ހުރުން، އަދި ރިސޯޓްތަކާއި އެމީހުންގެ ކައުރީ ހުންނަ ފަޅުތައްކައިރީ ރޭގަނޑު ފީނާނަމަ ވަރަށް ފަރުވާތެރިވާންޖެހޭ، އެބަހީ އެތަންތަނުގެ ލޯންޗުތައް އައިސް ވަރަށް ދުއްތުރާކުރާނެ
1818
21 May 2025
ތިކަމުގައިވެސް އާއްމުންގެ އެހީއަށް އެދޭ އަވަހަށް! ދިވެހި ފުލުހުންގެ މުވައްސަސާ އުވާލަބަލަ!
ހަވީރު
21 May 2025
ނޫނު އަތޮޅު ސިޔާމް ވޯލްޑް ދެއްތޯ!
އިސްހާޤު އަލީ
21 May 2025
ކަނޑު މަތީގެ ހާދިސާތައް ގިނަވަނީ ލޯންޗު ދުއްވާ މީހުން ނުބަލާ ދުއްވާތީ
ހައިރާންވޭ
21 May 2025
އަތެއް ފެންނާނެތ؟ މޫދަށް މީހަކު ގެއްލުނަސް ނުހޯދޭ ބަޔަކަށް
ކޮކީ
21 May 2025
މިހާރު ކީއްކުރަން ހޯދަނީ އަތްބުރި؟ ހަމަ އަހާލީ
ގަމާރޭ
21 May 2025
މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ހިގި ހާދިސާގެ މައުލޫމާތު އަދި މިހާރު މިއާންމު ކުރީ 21/05/25 ފުލުހުންގެ ސުޕީޑަކީ ފިނިހަކާގެ ސުޕީޑު މީ ވާބަޔެއްސަހާދެ މިބުނީ ބޮޑުމުސާރަނަގާގެން ހެއްދެވިހާ އެލެވެންސެއްވެސްނަގާ ބޯހަލަކި
ރަދީފްއޮފިޝަލް / ލަަސް
21 May 2025
ނޫނޭ ބްރަދާ.ފުލުހުންގެ މަަސައްކަތް ލަސް ، ނަމަވެސް މިއާޓިކަލްގެ ފަހުބައިގައިން ލިންކްގަ ވެސް އެ މައުލޫމާތު އެބައިން ފެންނަން.މިކަމާއި ގުޅޭ ފުރަތަމަ ދުވަހުގެ އާޓިކަލް ބްރޯ ނުބަލާކަން ޔަގީން.
ރަދީފްއޮފިޝަލް / މަސް
21 May 2025
ކަނޑުގަ އުޅޭ މަސްތައް އަތް ނުކާނެ ބާ؟؟ މަސްނޫޢީ އަތެއް ޖެހުމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ދިވެހިންގެ ފަރާތުން ލިބޭނެކަމަށް އުއްމީދުކުރަން.