ކުށްވެރިންތަކެއްގެ ފައިގައި މޮނިކޮން ޓެގް އަޅުވާފައި.
21 މެއި 2025 - 18:36
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އެޅުވުމަށް ފަހު، ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، މިއަދުން ފެށިގެން އެކަން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން އެ ގޮތަށް ނިންމިއިރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މޮނީޓާކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މި މަހުގެ ހަތްވަނަ ދުވަހު ވަނީ އެދިފަ އެވެ.
ޕީޖީ އޮފީހުން ނިންމާފައި ވަނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށެވެ. އެގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ކުށްވެރިން މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން ފުލުހުންނާއި ކަރެކްޝަންސް އިން އެސެސްމަންޓެެއް ހަދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަ ކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާން ކުރާނެ އެވެ. މި އެސެސްމަންޓަކީ މި އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރު ކުރާނެ އެސެސްމަންޓެކެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
- ވާނުވާ ބަންދުގައި ތިބޭ މީހުންގެ ހައްގުގައި މަސައްކަތްކުރާ މީހުން މި މަހުގެ ހަތްވަނަ ދުވަހު ރައީސް މުއިއްޒާ ބައްދަލުކޮށް، ހުށަހެޅި ކަންކަން:
• "ވާނުވާ ބަންދު"ގައި ތިބި މީހުން ވަކި ހަމައެއްގެ މަތިން މޮނިޓާ ކުރެވޭނެ އިންތިޒާމެއް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށް ފަހު ދޫކޮށްލުން.
• މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން ހަމަޖައްސައިދިނުން.
ޕީޖީ އޮފީހުން ބުނީ، އެ އެސެސްމަންޓުގެ ރިޕޯޓު ލިބުމުން ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ ނަމަ ދެން ހުށަހަޅާނީ ކޯޓަށް ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ބަންދަށް ލުއި ދޭނީ ގިނަ ވެގެން 100 ދުވަހަށެވެ. ކޮންމެ 100 ދުވަހަކުން އެއްފަހަރު ކޯޓަށް ހުށަހަޅައިގެން ބަންދު މުރާޖައާ ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އެ މީހަކު އަލުން ބަންދު ކުރުމަށް ކޯޓުގައި އެދޭނަމެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
"ވާނުވާ ބަންދު"ގައި ތިބި މީހުންގެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެ ކަމަށް ބެލެވޭ ބައެއް ހައްލުތައް ހިމަނާފައިވާ ކަރުދާހެއް ވެސް ރައީސް މުއިއްޒަށް މި މަހުގެ ހަތްވަނަ ދުވަހު ވަނީ ހުށަހަޅައިފަ އެވެ. އެ ކަރުދާހުގައި "ވާނުވާ ބަންދު"ގެ ތަފާސްހިސާބުތަކާއި އެކި މައްސަލަތަކުގެ މައުލޫމާތު ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހަ
22 May 2025
ތީ ކިހާވަރެއްގެ ރިސްކް އެސެސްމަންޓެއް ހެދި، ކިހާ ސްޓުރޯންގު މޮނިޓަރިން ނިޒާމެއްގެ ތެރެއިން ދޫކުރާ ބައެއް؟ މާދަމާ އެމީހުން ނުކުމެ ޓެގުގަ ތިބެ އެހެން މީހުން ލައްވަަ ކުރާ ކަންތައް މޮނިޓާ ކުރަނީ ކިހިނެތް؟ ބައެއް މީހުންނަކީ ކުރައިމް ރާވާ މީހުން. އެންމެން ސީން އަކު ނުތިބޭނެ. ޓެގުން އެމީހުން އެހެންމީހުންނާ ކުރާ ސައްލާ އާ ރާވާ ރޭވުމެއް ޑިޓެކްޓެއް ނުކުރެވޭނެ. ތިކަހަލަ ވިއްސަކަށް މީހުން ނެރޭ އިރު ދެން ތިބި އެތައް ހާސް ރައްޔިތުންގެ ރައްކާތެރިކަން ކޮބައު؟
ރާވެރިބެ
22 May 2025
ސަލަފް ބޭކަލުން އެދިވަޑައިގަތަސް ޓެރަރިޒަމްއާ ގުޅޭ މައްސަލަތަކުގަ ބަންދުކޮށްފަ ތިބި ނުރައްކާތެރި ކުށްވެރިން މިގޮތަށް ދޫކޮށްލުމަކީ މުޅި މުޖުތަމައު އަށް އޮތް ނުރައްކަލެއް.
ވަޖު
22 May 2025
ސަލަފަށް ދީން ފެންނާނީ އަދި ދީނީ ކަމެއްގައި އަޑުވެސް އުފުލެނީ އޭގެންވާ ސިޔާސީ މަންފާ އެއް އޮތިއްޔާ
އަދްނާންް
22 May 2025
މިދިޔަ ސަރުކާރުތަކުގަ ހާދަހާ އަނިޔާއެކޭ ރައްޔިތުންނަށް ދީފަހުރީ. އުފަލަކީ ރައީސް މުއިއްޒު އެ އަނިޔާދިނުން ހުއްޓުވައިދެއްވުން.
ފިޔާޒްް
22 May 2025
ވާނުވާ ބަންދުގައި އެތަށްބަޔަކު ނިކަމެތިވެ ބިކަވެގެންމިދަނީ. މީގައި ކަމާ ނުބެހޭ އަދި ކުށް ސާބިތުނުވާ އތަކެއް ޒުވާނުންވޭ. އެމީހުންނަށް އައު ފުރުސަތެއް ލިބިގެން މިދަނީ.
ރައުޝަންް
22 May 2025
ރައީސް މުއިއްޒަކީ އެމަނިކުފާނު ވާ ވައުދެއް ރަނުންރަނަށް ފުއްދަވާނެރައީސެއް.
ސިނާދްް
22 May 2025
ވާނުވާގައި ޖަލުގަ ހަފުސްވުމަށްވުރެ މާ ބޮޑުތަނުންވެސް ރަނގަޅުކަމެއްމިއީ. ޝުކުރިއްޔާ ރައީސް މުއިއްޒު
ވޯލް
22 May 2025
ކާކު ހޭ ތިޔަ ދޫކުރަނީ މީހުންގެ ކަންކަން ބަލާ ތަންފީޒު ކުރުަނީ؟؟؟ ފުލުހުން ތޯ ؟ ކަރެކްޝަންތޯ؟ ދެމުައްސަސާއަކީވެސް ކޮރަޕްޝަންގެ ހާޔެއް. ޓެގް އަޅުވާފަ ހުންނަ މީހާ އެނގޭނެ ފަދަ އެއްޕެއް ހަދަންވީ، އޭރަށް ކުށްނުކުރާ އާއްމު ރައްޔިތުންނަށް އެމީހުންގެ ތެރޭގައި އުޅޭ ކުށްކުށުގެ ތުހުމަތުއޮތް މީހާ އެނގޭނީ. އަދި ފާރަވެރިވެސް ވެވޭނީ.
އިންމަަ
22 May 2025
ދެން ކޮންމެ ކަމަކަށް އެޕެއް ހަދަން ވިއްޔާ ނެތެއްނު ސަލާމަތެއް.
ޅަބޯ
22 May 2025
ކުށެއް ސާބިތުނުވެ ހުކުމެއްނުކޮށް ފަސް ހައަހަރު ޖަލުގަ ނުބައި ތިއްބާ ޝަރީއަތްކޮށް މައްސަލަޔަށް ހުކުން ކޮށްދޭށޭ ރައްޔިތުން ގޮވަނީ، ހުކުމއެް ނުކޮށް ބަްނދުގައި ބޭތިއްބުމަކީ މިރާއްޖޭގެ ގާނޫނުވެސް އަދި ބައިންލަ އަގުވާމީ ގާނޫނުގައިވެސް ހިލާފުކަމެއް
ޕިރިނީ ސޭޓު
22 May 2025
ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރި މީހުންގެ ޓެގު އަޅުވައިގެން ހިތްހަމަޖައްސާލައިގެން ނިދާލާނީތޯ؟ މަސްތުވާތަކެތީގެ ބޮޑުންގެ ޓެގުއަޅުވާފަ ގެޔަށް ފޮނުވީމާ އެމީހުންގެ ނެޓުވޯކު ގޭގައިތިބެ ހިންގާލާއިރު، ބަސްޓު ކުރި މީހުނަށް ހާނީއްކަޔެއްދޭން ޑުރޯން ފޮނުވާއިރު ތިޔަ ޓެގުން ވާނެ ފައިދާއެއް އެބަ އޮތް ތޯ؟ ވަކި ބަޔަކު މިނިވަންކުރަން ކުރި ކަމެއްގެ ސަބަބުން ދެންތިބި އެންމެންދޯ މި ހަލާކުވަނީ؟
ޝަރުއީ ނިޒާމޯ
23 May 2025
ޝަރުއީ ނިޒާމް ކޮރަޕްޓްވެ ވާ ވެފަ. ޜައްޔިތުންގެ ޓެކްސް ލާރިން ބޮޑު މުސާރަ ނަގައިގެން ހޭބޯ ނާރާ ރަށުގަ ގެެސްޓު ހައުސް އަޅަނީ..ރައްޔިތުންގެ ހައްގުތައް ފައިދަށުގައި...މައްސަލަތައް ފުނި ޖެހިފައި.
ވާނުވާ.
22 May 2025
ރައްޔިތުން ވެސް މިތިބީ ވާނުވާގަ!