04 ޖޫން 2025 - 12:18
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވުމުން އަވަހަށް ފަސިންޖަރުން ޗެކިން ވާން އެމްއޭސީއެލް އިން މިއަދު އެދެފި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެއާޕޯޓުގެ އާ ޓާމިނަލާ ގުޅޭ މަގުތަކުގެ މަސައްކަތްކުރާތީ އާއި ގިނަ ބަޔަކު ފުރަން ދާތީ މިއަދަކީ އެ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށެވެ. އެހެންވެ، ފަސިންޖަރުން ޗެކިން ގަޑި ފެށޭ ވަގުތަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެއާޕޯޓަށް ބާރުބޮޑުވެފައިވާއިރު، އީދު ބަންދާ ދިމާކޮށް މިއަދާއި މާދަމާ ގިނަ ބަޔަކު ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ފުރާނެ އެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ. އަދި އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.
ހައްޖު ދުވަހާއި އީދު ދުވަހާ އެކު، އީދު ބަންދަށް މިފަހަރު ފަސް ދުވަހުގެ ބަންދެއް ލިބެ އެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުގެ ބައެއް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެހެންވެ، އެ ޓާމިނަލް ހުޅުވަންވާއިރަށް، އެތަނާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް މި ދުވަސްވަރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައްޕި
04 June 2025
އެއަރޕޯޓުގެ އިރުމަތީ ފަރާތުމަގުގެ ތާރު ގަނޑު މަތިން ދިއުމެކޭ ތޫފާނެއްތެރޭ އޮޑިދުއްވުމެކޭ ދާދި އެއްކަހަލަ. ލަދުން ބޯހަލާކު ވޭ. ގެސްޓުން ގޮވައިވެން ދާއިރު އަމުދުން
ބޯޓު
04 June 2025
އިންޑިއާ ކުންފުނިން މެނޭޖްކުރި އިރުގެ 100/1 ވެސ ތިޔަ ތަނުގައި ޔިބި ވެރިންގެ ކިބައިގައި ނެތް. ދޮގެއްތަ؟ އޭރުވެސް އޮތީ ހަމަ ތިއެއެއަޕޯރޓް...
އޮނަރަބްލް އަފީފު ދީދީ
04 June 2025
އެއަރޕޯޓަށް ބާރުބޮޑުވާ ޙަޤީގީސަބަބަށް ހައްލުހޯދަން ނޫޅެ ފުރަންދާ ފަސިންޖަރުންނަށް ރުޅިބާލާ އަހުވަދައްކަން އުޅޭނެކަމެއްނެތް. ދަތުރުވެރިޔާ ގަނެފައިއޮތް ޓިކެޓްގައި ޗެކިންގ ފެށޭނެ ގަނޑިއާއި، ނިމޭނެ ގަނޑި އަދި ބޯޑިންގ ހުޅުވާނެ ގަނޑިއާއި، ބަންދުކުރާނެ ގަނޑި ސާފުކޮށް ލިޔެފައި އޮންނާނެ. އަދި މަތިންދާބޯޓްގައި ދަތުރު ކުރާމީހެއްނަމަ، މިދެންނެވި ގަނޑިތަކަށް ނުގޮސްފިނަމަ ވާނެގޮތް ވެސް އިގޭނެ. ގަނޑިޖެހުމުގެ ކުރިން ގަދަކަމުން މީހުން ގެންދަން އުޅޭނެކަމެއްނެތް.
ބޯހަލާކ
04 June 2025
މިއަދު އަދި އެއްވެސް ވަރަކަށް ފާގަ ފަރިއްކުޅުއްވަން ލިބިނުލައްވަނީތޯ؟.
އޮނަރަބްލް އަފީފު ދީދީ
04 June 2025
ދައުލަތް ބަޤުރޫޓްވާ ވަރަށް ދަރަނިނަގައިގެން ތިތަން ކިތަންމެވަރަކަށް ހަދާން އުޅުނުކަމަށްވިޔަސް ތިތަނުގެޖާގަ އިތުރުކުރެވޭނެގޮތެއް ނޯންނާނެ. ޙަޤީގަތުގައި މިހާރުވެސް ތިތަނުގެރައްކާތެރިކަން ގެއްލޭވަރަށް ތަނުގެ ބިން އޮތީ ފުރި ބާރުވެފައި. ތަނުގެ ކެޕަސިޓީއާއި ނުބައްދަލުވަރަށް އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓްރެފިކް މަތިވެގެންގޮސް މުވައްޒިފުންތިބީ ދެވަރުން އެއްވަރު ވެފަ. ތަނުގެ ހިދުމަތް އެހާމެ ސަކަރާތް. ފާޙާނާ ތައް ހީވަނީ ބަންގާޅު ކޮށްޓެއްގެ ފާޙާނާ ހެން.
އޮނަރަބްލް އަފީފު ދީދީ
04 June 2025
ރާއްޖޭގެ އެހެންސަރަޙައްދަކަށް އިޤްތިސޯދީކުރިއެރުމެއް ލިބިދާނެތީވެ، ހަނިމާދޫ އާއި GAN international Airport ގައި އަޅުވާފައި އޮތް "މަރުތަޅު" ނައްޓާ ނުލިކަމަށްވިޔަސް މޯލްޑިވިއަންގެ ޑެއިލީ ޝެޑިއުލް ރޫޓިންގތަކަށް ބަދަލުގެނެސްގެން ކ.މާލޭ އެއަރޕޯޓްގެ ޓްރެފިކަށް ރަނގަޅުޙައްލެއް ހޯދެންއޮތްއިރު ކީއްވެގެންތޯ އެކަން އެގޮތަށްކުރުމަށް ސަރުކާރާއި މަޝްވަރާކޮށް މިބަދަލުތައް ގެންނާން މޯލްޑިވިއަން ގައި ނޭދެންވީ؟! އޭރުން އިންޓަރނޭޝަނަލް ދަތުރުތަކަށް ބުރޫ ނާރާނެ.
މާލޭ ބޮޑު މީހާ
04 June 2025
އަފީފު ދީދީ ހާދަ ވަރަކަށް އަހަރެމެން މާލެޭ މީހުން ނާއި ޖައްސާލައިގެން ތިއުޅެނީ ، ބަލަ އަހަރެމެން މާޅެ އަށް އުފަންވުމަކީ ކުށެއް ތަ ، އަހަރެމެންގެ ރަށަކީ ވެރިރަށް ދެން އިތުރަށް ރާއްޖޭގެ އެހެން ރަށެއް ތަރައްގީ ކުރަންވާނީ މިތަން ނިންމާފަ ، ތެޅުނުވަރަކަށް ހުޅުނބު ދާނީ . މާލޭ މީހުން ކުރިއަށް
ހަނިމާދޫ
04 June 2025
ހަނިމާދޫ އެއަރޕޯޓުގެ ކުރިމަގު ވަރައް އުޖާލާ އެއީ އެސަރަހައްދަކީ ޓުއަރިޒަމް ކުރިއެރުވުމައް ވަރައް ރަނގަޅު ސަރަހައްދަކައްވާތީ އެކަމަކު އައްޑޫއެއާ ތަފާތު. ރިސޯޓު ހަދާނެ ރަނގަޅު ރައްތަކެއްނެތް. ކުރަންޏާ ކުރަންވީކަމަކީ ގަން ދޫކޮއްލާފަ ހުވަދޫ އަތޮޅުގަ އިންޓަނޭޝަނަލް އެއަރޕޯޓެއް ހަދަންވީ.
އޮނަރަބްލް އަފީފު ދީދީ
04 June 2025
ތިޔަ "ބާރު ބޮޑުވުން" ހުއްޓުވުމަށާއި، އަދި ދުނިޔޭގެ ޤައުމުތަކުގައިވެސް ޑޮމެސްޓިކް ދަތުރުތައް ކުރަމުންދާގޮތަށް ރާއްޖޭގެ އެތެރޭގެ ހުރިހާ އެއަރޕޯޓްތަކަށްވެސް ފަސޭހަކޮށް ކަނެކްޓްވިޓީ ލިބިގެންދާނެގޮތަކަށް މޯލްޑިވިއަންގެ ދަތުރުތައް ޝެޑިލް ކޮށްލީމާ މައްސަލައަށް ބޮޑު ތަނުން ހައްލު ލިބޭނެ. އަދި މިހާރު މޯލްޑިވިއަން އަށް ލިބޭ ގެއްލުންކުޑަކޮށް ކުންފުނީގެ އާމްދަނީ 3 ބިލިޔަން ރުފިޔާއަށް އަރުވަން ކުންފުނީގެ އެމްޑީ ވެފައިވާ ވަޢުދު ޙާސިލް ކުރަންވެސް މަގު ފަހިވާނެ.
އޮނަރަބްލް އަފީފު ދީދީ
04 June 2025
މަތީގައިދެންނެވި ބަދަލުގެނައުމަށްޓަކާ މާލެއިން ދެކުނަށް (ފުވައްމުލައް ފިޔަވާ، ތިމަރަފުއްޓާއި އައްޑުއާއިދޭތެރޭ ހުރި އެއަރޕޯޓްތަކަށް) މާލެއިން ކުދިބޯޓްތައް ބޭއްވުމުގެ ބަދަލުގައި މާލެ އާއި އައްޑުއާއި ދޭތެރޭ A-321 ބޯޓް ޑެއިލީ ޝެޑިއުލް ކޮށް، ގޭން އެއަރޕޯޓުން ޑޮމެސްޓިކް ހުރިހާ އެއަރޕޯޓް ތަކަށް ދަތުރުކުރެވޭގޮތް ހެދިދާނެ. މިބަދަލު ގެނައިކަމަށް ވިޔަސް ދެކޮޅަށް ފުލްލޯޑް ލިބޭ ތަންތަނަށް (މިސާލަކަށް ފުވައް މުލައް ފަދަ) މާލެއިން ޑިރެކްޓް ދަތުރު ބޭއްވިދާނެ.
އޮނަރަބްލް އަފީފު ދީދީ
04 June 2025
މާލެ - ގޭން ދަތުރު ތަކަށް A-321 ޑެއިލީ ޝެޑިއުލް ކުރުމުން ފުވައްމުލައް ފިޔަވާ ގޭން އެއަރޕޯޓާއި ތިމަރަފުށި އެއަރޕޯޓާއި ދެމެދު ހުރި ހުރިހާ އެއަރޕޯޓް ތަކަށް ދަތުރު ކުރުމަށް ATR-72 ގެ 2 ބޯޓް އައްޑޫ ގައި ބޭއްވިދާނެ. މީގެ ސަބަބުން ދިވެހިންގެ އިތުރަށް މިސަރަޙައްދަށް ދަތުރު ކުރަން ބޭނުންވާ ފަތުރު ވެރިންނަށް ޔަޤީން ކަމާއިއެކު ކޮންމެ ދުވަހަކުވެސް ދަތުރު ކުރެވޭނެ ކަމުގެ ޔަޤީންކަން ލިބި މުޅި ދެކުނަށް ޑޮމެސްޓިކް ކަނެކްޓިވިޓީ ހަމަޖެހިގެން ދާނެ އިގޭތޯ.
ގެސްޓްހައުސް ވެންޗަރ ބޯއި.
04 June 2025
ބަރާބަރު. އަފީފުގެ ވާހަކަ އަށް ތާއީދު. މިހާރުވެސް ގެސްޓްހައުސް ހިންގާ ފަރާތް ތަކަށް އޮތް އެންމެ ބޮޑު މައްސަލައަކީ އިންޓަނޭޝަނަލް ބޯޓް ތަކާއި އެއްގޮތަށް ލިބޭ ޑޮމެސްޓިކް ކަނެކްޝަން ނެތުން. އައްޑުއަށް ޖައްސާ ޔޫއެލް ފުލައިޓް ވެސް އިތުރު ނުކުރެވެނީ އެހެން ވެގެން ކަމަށް އެއާލައިނުން ބުނަނީ.