ހ. ރެދަން / މާލެ، ފަވާޒު ކަޅުތުއްތު 36--
12 ޖޫން 2025 - 17:14
ތަފާތު އެކި ކަހަލަ ކުށްތަކާ ގުޅިގެން މިހާތަނަށް 52 ފަހަރަށް ހައްޔަރު ކޮށްފައިވާ މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ. ހ. ރެދަން، ފަވާޒު ކަޅުތުއްތު 36، ގެ މައްޗަށް ދައުވާ ކޮށްދޭން އެދުނީ މައްޗަންގޮޅި ސަހަރާ ކައިރީގައި ހުންނަ "ޕަރާއޯ" ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި އެ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައެއްގައި ކަމަށެވެ.
މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 3:15 ހާއިރު ވައްކަން ކުރި މައްސަލާގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީއަށް ފޮނުވީ މިއަދު އެވެ.
އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަވާޒް ހައްޔަރު ކޮށްފައިވަނީ މިދިޔަ މޭ 13 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮއްލަ
14 June 2025
ކަލޯމެން ކުދިންނޭ.. ދަންނާށޭ.. އެއޮތީ ކޮރު ގާނޫނު އަސާސީގެ ޝަރުއީ ލިމިޓު ފެންނާން. 51 އެއީ އެންމެ ގިނަ. އެއަށްފަހު ހުކުމެއް އަންނާނެ ކަމަށް މިބަލަނީ. 52 ވަނަ ފަހަރު ހައްޔަރުކޮށްގެން އަންނަ ހުކުމެއްގެ ގޮތުން އެނގޭނީ މިއަދަދު %101 އަށް ޔަގީންކަން ދޭން. އަޕްޑޭޓު އަންނަންދެން ބަލައިގެން އުޅޭތި.
ސަމްސިއްޔާ
13 June 2025
ޙުރިހާ މުއައްސަސާއެއް ފެއިލްވެފަ އެއްނު މިއޮތީ. ދެންވިސްނާލާ ގައުމު އަމާން ވާނެވަރު. 52 ފަހަރު ހައްޔަކުރާއިރު ހުކުމެއެއް ނުކުރެވެނީ އެސޮރު މިސްކިތުގައި ނަމާދައްހުއްޓާ ހައްޔަރުކުރާތީތަ؟؟
51ފަހަރު
13 June 2025
އެހެންވީމަ 51 ފަހަރު ކުށް ކުރީމަ ރަނގަޅުވާނެ އިނގޭ ކުދިންނޭ.
ސެންޗަރީ
13 June 2025
މާ އަވަހެއްނު އަދި އެސޮރު 100 ހަމަށް ސެންޗަރީއެެއް ހެދުމަށް ކުރަމުންދާ ބުރަ މަސައްކަތް ތިޔަ ހުއްޓުވާލީ.. ހަރުކަށި ޢިބާރާތުން ތިޔަކަން ކުއްވެރިކުރާނެ އެސޮރު އާއިލާއިން..
ޢަލިފުޅު
13 June 2025
އަދި އޯކޭ. 53 ވެސް ނުވޭ
ޑރ ވާންޗޯ
13 June 2025
ގައުމެއްގެ ސަރުއީދާއިރާގެ ހުރިކޮރަޕްޓްކަން ބަޔަކަށް އެނގި ފަލީހަތްވާނީދެން ތިހާކަންހާވަރަށް!!!!!!
ސިޑު
13 June 2025
ޕޮލިސް، ޕްރޮސެކިއުޓާ، ވ. ލަދުގަނޭ.. މިއީވެސް ގައުމެއްގެ އަދުލު އިންސާފު ގާއިމުކުރަން ކަމަށްބުނެ އެކަމާ ހަވާލުވެ ތިބިބައެއްވިއްޔާ..!!!
ހަލިއްބެ
13 June 2025
އަދިވެސް ވާނުވާ އުވާލަން އުޅޭ.
ނަޞްރުﷲ
13 June 2025
ތިއީ ވަރަށް މުހިއްމު މީހެއް ނޫންތޯއެވެ. އޭނާ ތިހުރިހާ މައްސަލައެއް އޮތް އިރުވެސް އޭނާ އެހެރީ ދޫވެފައެވެ. އަޅުގަނޑަށް ފެންނަނީ ތިޔަ މީހާއަށް ދަވްލަތުން ބޮޑު މަގާމެއް ދެއްވުމަށްފަހު ދައުލަތުގެ ނިޝާން ޖެހި ކޯޓުފަޓުލޫނު ވެސް ދޭށެވެ. އޭނާގެ އޮފީހުގެ މަސައްކަތް ކަމުގައި ހަމަޖައްސަވާނީ ގިނައިން ކުށް ކުރާ މީހުންނަށް އިތުރަށް ބޭނުންވާ ޢިލްމާއި ރަމްރީނު ދިނުމާއި އެމީހުންގެ ހަށިހެޔޮކަން ބެލެހެއްޓުމެވެ.
އުސްމާނުބެ
13 June 2025
އުމުރުން 36 ، ހައްޔަރު ކުރި 52 ފަހަރު އަދިވެސް ހަމަ ކުރިއައް އުރިއައް ބާރައް