ޚަބަރު / ފުލުހުން

ސްކޭމްތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ

ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގެ މުއްދަތުގައި ރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓްކުރި. ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000ރ. ރުފިޔާ އަނބުރާ ހޯދި.

ފުލުހުންގެ އިދާރާ: ސްކޭމްތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވަނީ ވެފައި.-- ފޮޓޯ: މިހާރު

ސްކޭމްގެ މައްސަލަތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ފުރަތަމަ ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގައި ދިވެހި ފުލުހުން ބައިވެރިވެ، މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެއީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އޭޕްރީލް މަހު 28 އިން މިދިޔަ މޭ މަހު 28 އަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ހަތް ގައުމަކުން ބައިވެރިވި އެވެ. ހުރިހާ ގައުމަކުން 2،700 އަށް ވުރެ ގިނަ ފުލުހުން މި އޮޕަރޭޝަންގައި ހަރަކާތްތެރިވި އެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، ފްރޮންޓިއާ ޕްލަސް ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މިހާރު އެ ނެޓްވޯކްގައި ރާއްޖޭގެ އިތުރުން ސިންގަޕޫރާއި އޮސްޓްރޭލިއާ އާއި ކެނެޑާ އާއި ހޮންކޮންގާއި ތައިލެންޑާއި ކޮރެއާ އާއި މެލޭޝިއާ އާއި އިންޑޮނޭޝިއާ އަދި މަކާއޯ ހިމެނެ އެވެ.

އެ ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި އިންޓެލިޖެންސް ހިއްސާ ކުރުމާއި ސްކޭމް ހުއްޓުވުމާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުން ކަމަށް ފުލުހުން ބުންޏެވެ.

އޮޕަރޭޝަން ފްރޮންޓިއާ ޕްލަސްގެ މައުލޫމާތު ހިއްސާކުރުމަށް ހޮންކޮންގުގައި ބޭއްވި ބައްދަލުވުމުގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރު އާދަމް ނަވީދާއި ސްކޭމް އިންވެސްޓިގޭޝަންގެ އިސްވެރިޔާ އިންސްޕެކްޓަރު ޝާމް މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އޮޕަރޭޝަން ފްރޮންޓިއާ ޕްލަސްގެ މައުލޫމާތު ހިއްސާކުރުމަށް މި މަހުގެ ތިންވަނަ ދުވަހު ހޮންކޮންގުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރު އާދަމް ނަވީދާއި ސްކޭމް އިންވެސްޓިގޭޝަންގެ އިސްވެރިޔާ އިންސްޕެކްޓަރު ޝާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގެ މުއްދަތުގައި ރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓްކޮށްފައިވާ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ 199 މައްސަލާގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000ރ. ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ.

މިއީ 21 ޕަސެންޓުގެ ރިކަވަރީ ރޭޓެއް ކަމަށް ވާއިރު، މިއީ މި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓެވެ: ޕޮލިސް

"މިއީ 21 ޕަސެންޓުގެ ރިކަވަރީ ރޭޓެއް ކަމަށް ވާއިރު، މިއީ މި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓެވެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފްރޮންޓިއާ ޕްލަސް ނެޓްވޯކުގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފްރޮންޓިއާ ޕްލަސް އޮޕަރޭޝަނުގެ މުއްދަތުގައި އެ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމަކުން، ސްކޭމްތަކުގައި 308 މިލިއަން ޑޮލަރު ގެއްލިފައިވެ އެވެ. އޭގެ ތެރެއިން ރިކަވާ ކުރެވިފައި ވަނީ 19.4 މިލިއަން ޑޮލަރެވެ. އެއީ 9،000 އަށް ވުރެ ގިނަ މައްސަލައިގަ އެވެ.

10 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރީރު

15 June 2025

ރާއްޖެ ވާނެ އާބާދީގެ ނިސްބަތުން ފުލުހުން އެންމެ ގިނަ ގައުމަށްވެސް

The name is already taken The name is available. Register?

ނާޒޒިމް

15 June 2025

ގެއްލުނު ލާރި ލިބުނު މީހަކު ހުރިއްޔާ އަތްމައްޗަށް!

The name is already taken The name is available. Register?

ރަޙިމް

15 June 2025

ހެޔޮނުވާނެ ފޮނި ކެޑުން ހުއްޓަބަލަ ކޮން ފައިސާއެއް ހޯދުނީ މިފަހުން އެންމެ ބޮޑު ސްކޭމް ހިންގި އަލްހާން ފަހުމީ އެއުޅެނީ މިނިވަންކަމާއި އެކު ރައޔިތުންގެ އެތައް ބަޔެއް ދަރަނިވެރި ވެފަ ، އެންމެ ރުފިޔާ އެއްވެސް ނުހޯދޭ

The name is already taken The name is available. Register?

ގފސ

15 June 2025

ކޮބާ ކަލޯ މަގޭ ލާރިކޮޅު

The name is already taken The name is available. Register?

ސުވާލަކީ

15 June 2025

ރާއްޖޭގަ ސްކޭމަރުން ނުހޯދެނީ ކީއްވެގެން؟ ހެއްވާ ކަމެއް. ބެންކް އޮފް މޯޑިސްގެ ބައިވެރިވުން އެބައޮތް މިކަމުގަ!

The name is already taken The name is available. Register?

އަކުރާ

15 June 2025

އެންމެ ގިނަ ސްކޭމް ހިންގާ ތަނަކުން ދޯ އެންމެ ގިނައިން ސްކޭމް ފައިސާ ހޯދޭނީ

The name is already taken The name is available. Register?

ކެޔޮޅު111

15 June 2025

ސީޕީ ޝުޖާޢުގެ މަސައްކަތް. ޝުކުރިއްޔާ ޝުޖާޢު. ހިތްތިރި ނަޒާހަތްތެރި، ހިކިމަތްތެރި ސީޕީއެއް. ފުލުހުންނާ ފުލުހުންގެ އޮފިސަރުންނަށް މިހާރު ރޭކާލާނެ ސީޕީ ޝުޖާއު މިއަދު ހުރިނަމަ ކިހާރަގަޅު ވީސްކަން.

The name is already taken The name is available. Register?

ޢީޅީ

15 June 2025

ތި ފޮނި ބައިސާކެޑުން ( ރައްޔިތުން ގުބޯހެއްދުން) ހުއްޓާލަންވެއްޖެ ދޯ އަދި ހަގީގަތައްވާހަކަދައްކަން ދަސްކޮއްބަލަ ........... ކޮބާތަ އެއްކަލަ ރައުދު އާއި ފަޒުލް މެންގެ ކޭސްގެ އަޕްޑޭޓަކީ

The name is already taken The name is available. Register?

ޝަޖޫ

15 June 2025

މަނީ ލައުންޑަރިން ކެޕިޓަލް ލަންޑަން، ހޮންކޮންގް، ލަގްޒަމްބަގް،މަކާއު މިތަންތަނުގަ ތި ރިކަވަރީ ނުހަދާތީ ދޯ މިތަންތަން އެހާ މުއްސަނދީ!

The name is already taken The name is available. Register?

ސަސި

15 June 2025

ކަމީޔާބެއް ވީއްޔާ ވާނެ އަތްޖަހަން. އަހަރުމެން ދަންނަ ބޮޑެތި ސިންގާ ސުކޭމަރުން ތިބީ ގޭގަ އެހެން މީހުންހެ އަތުން ހޯދަފަހުރި ރުފިޔާ ގުނަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454