ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ފްލެޓްތައް-- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޖޫން 2025 - 11:23
ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބުނު ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި، މީގެ ކުރިން ހިންގި އެކި މަޝްރޫއުތަކުން ފްލެޓް ލިބުނު މީހުން ހިމެނޭތީ، އެ މީހުން ޝަރުތު ހަމަނުވާ ކަން ހައުސިން މިނިސްޓްރީން އަންގަން ފަށައިފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި 4،000 ފްލެޓަށް އެދުނު މީހުންގެ ތެރޭގައި މީގެ ކުރިން ހިންގި އެކި މަޝްރޫއުތަކުގައި ފްލެޓް ލިބުނު މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނިފައި ކުރިން އޮތަސް ރިވިއު ކުރި ލިސްޓާ އެކު ފްލެޓް ގެއްލިފައިވާތީ އެކަން ލިޔުމުން އަންގަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތަރު ހާސް ފްލެޓަށް އެދުނު މީހުންގެ ތެރޭގައި އެބަތިބި އެ މީހެއްގެ އަމިއްލަ ނަމުގައި އެހެން ފްލެޓެއް ހުރި މީހުން. މިސާލަކަށް ވިނަރެސް ވިޔަސް ހިޔާ ފްލެޓެއް ވިޔަސް ކުރިން ލިބިފައި އޮތިއްޔާ 4،000 ފްލެޓުގެ ތެރޭގައި އެ މީހަކު ނުހިމެނޭނެ ކަން މިހާރު މި އަންގަނީ. ޝަރުތު ހަމަނުވާކަން އަންގަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެކަން ބެލީ އޭނާ ވިދާޅުވިގޮތުގައި ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެއްކުރި މައުލޫމާތުގެ އަލީގަ އެވެ.
ބޯހިޔާވަހިކަމަށް ސަރުކާރުތަކުން ހުޅުވާލާ ހުރިހާ ސްކީމެއްގައި ވެސް ފްލެޓް ހަވާލުކުރަން ބަލާއިރު، އިތުރު ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅަ އެވެ. ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ނަމަ، އޭގެ ތެރެއިން އެކަކު ފްލެޓް އިހްތިޔާރުކުރުމުގެ ފުރުސަތު ދެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން އާންމުކުރީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުގަ އެވެ.
އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
ފްލެޓްތަކާ ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.
ނަމަވެސް، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ޝަރުތުތައް ސާބިތުކުރަން ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔުންތަކެއް ކަން ސާބިތުވާ ނަމަ އެ މީހެއްގެ ފޯމު ބާތިލް ކުރާނެ ކަމަށާއި ޝަރުތެއް ހަމަނުވާ ކަން ސާބިތުވެއްޖެ ނަމަ އެ މީހެއްގެ ފޯމު ވެސް ބާތިލް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދެމަފިރިއަކަށް ފްލެޓް ލިބިފައިވާ ނަމަ ފްލެޓް ލިބޭނީ އެ ތަނުން އެކަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެހެން ސްކީމްތަކުން ބިން ލިބިފައިވާ މީހުންނާއި ގެދޮރު ހުރި މީހުން ވެސް ލިސްޓުން އުނިކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ. އެގޮތަށް އުނިކުރާ މީހުންގެ ޖާގައަށް މީހުން ހޮވާނީ 75 މާކްސް އަށް ވުރެ މަތިން ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތަށް ދާ މީހުންގެ މެދުގައި ކަމަށް ވެސް މިނިސްޓަރު ކުރިން ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްސޭ
20 June 2025
ކޮބާތޯ ސީލައިފް ކުންފުނިން ފުލެޓުގަތުމަށް ފައިސާ ދެއްކި މީހުންގެ ނަށް ހައްގުވާ ފުލެޓުތައް
ވަންޗޫ
19 June 2025
ސަރުކާރުން ދިން ފުލެޓް އެކަންޔެއް ނޫން ތީގަބަލަންވީ! އެމީހެއްގެ ނަމުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ގެދޮރެއް އޮތްތޯ ބަލަންވީ! އެފަދަ މީހަކަށް ފުލެޓް ލިބިގެން ނުވާނެ!
ރައްޔިތުމީހާ.
19 June 2025
ދެން މިތަނުން އުނިވާ ބައިން ކުރިން ޔާމީނު ދުވަސްވަރު ލިޔުން ލިބި ފުލެޓުތައް އަތުލާފައި ތިބި ފުލެޓު ނުލިބޭ މީހުންނަށް ދޭންވީއެއްނު. ސަރުކާރުން މާކުރިން ވައުދުވެފައި ފުލެޓު ނުދީ ތިބިބައެއް.
ފާތިނ
19 June 2025
ޙަމަ ރަގަޅު، ދެމަފިރިންނަށް ދެކުންފުނިން ލިބިފަ ތިބި މީހުންވެސް އެބަތިބި. ޢެލިސްޓްތައް ބަލާ އުނިކޮށްފިއްޔާވެސް އިތުރު އާއިލާތަކަށް ބޯހިޔާއެއް ލިބޭނެތާ..... ޢެސްޓީއޯ ސްޓެލްކޯ އެޗްޑީސީ އެމްޕީއެލް ސިފައިންނާ ފުލުހުން މި ހުރިހާތަނެއްގަވެސް...
ވަހީ
19 June 2025
މިސަރުކާރުން އެއުޅެނީ މިކަންތައް ހަމައަކަށް އެޅުވޭތޯ. އެއްވެސް ހާލެއްގަ ހިޔަޅަކީނޫން. ކުރީ ސަރުކާރުން ވެރިކަމަށް އައިތާ 5 މަސް ދުވަހުގެތެރޭގަ ރައީސް ޔާމީން ސަރުކާރުންނެރެފައޮތް ލިސްޓް ގަތިބި އެތަކެއް ނިކަމެތި މީހުން 2019 ގަ ނެރުނު ލިސްޓުން އުނިކުރިކަން އެގޭބާ. އަނެއްކާ ހުޅުމާލެއިން ޕާޓީ ކުދިންނަށް ގޯތިތައް ހިޅޭ ސާބަހަށްދީފައެހެން މީހުންނަށް ކަނޑާއި ފަޅުން ދިއުމަށް ދޭނީ ކޮން ނަމެއްބާ. ކޮންމެ އެއްޗެކޭ ކިޔަސް ރާއްޖޭގަ މިވަރުގެ ވެރިކަމެއް ނެތް.
އެހެނަސް
19 June 2025
އަސްލު ވެސް
ވާނުވާ
19 June 2025
ހަމަ އަސްލުވެސް. އެހެން މީހުންނާ ހަމަ ތަފާތު
ހީހީ ސުލީހް
19 June 2025
ފުލެޓްތައްވީ ރަނގަޅަށް ހަފާގެންކާލަން. ދައުރު ނިމެނީ ވެރިކަމަށް އައީ ބޯހިޔާވަހިކަމުގެ ވައުދު ވިއްކައިން. އެކަމަކު ތިއުޅެނީ ލިސްޓަކަށް ހަދާނެގޮތްނޭންގިގެން.
ބުހޭރު
19 June 2025
ދެން ރާއްޖެތެރޭ މީހުންތަކަށް ފިރިމީހާއަށް ސްޓެލްކޯ އަނބިމީހާއަށް ހިޔާފްލެޓް ލިބުނީ ކިހިނެތް؟
ނިމިނިމި
19 June 2025
ހިޔާ ފްލެޓާއި އަދި ސްޓެލްކޯ ފްލެޓްދިނީ ނިމިދިޔަ ސަރުކާރުން
ދޮން
19 June 2025
ކުލި ނުދައްކާ މީހުން ލިސްޓް އާންމުކުރޭ ،
ޒައިކް23
19 June 2025
ދެން ކޮބާ އަނބިމީހާ އަދި ފިރިމީހާއަށް ގޯތި ލިބިފަ ފުލެޓުވެސް ލިބިފަ ތިބި ހާލަތުގަ ތިބި މީހުން؟
އޭގެ މީހަކު އަޅެ ހޯދަބަލަ!
19 June 2025
ނުފެނިގެން ތިއުޅެނީ އޭގެ މީހަކު ނެތީމަ އެވެ.
ޒައިކް23
19 June 2025
ހެއްކާ އެއްކޮށް ދައްކާނަން.. ގެރެންޓީކޮށް އެނގޭ މީހުން އެބަތިބި.. އެއްވެސް ލިއުމެއް ނުފޮނުވާ
ދީފަ
19 June 2025
މިސަރުކާރުން އަދި އެއްވެސް ގޯޗެއް އަދި ފްލެޓެއްވެސް ނުދޭ. ނިމިދިޔަ ސަރުކާރުން ދީފަ ހުރި އެއްޗެހި އެއީ
ވާނުވާ.
19 June 2025
އެވަހަކައެއްނު އެދައްކަނީ. އެކަން ރަނގަޅު ކުރަންދޯ ބަޔަކު އެއުޅެނީ.
ގައުމީ ދޫ
19 June 2025
ހިޔާ ފްލެޓާއި އެހެނިހެން ފްލެޓްތަށް ލިބިފައިވާ މީހުންވެސް ވިނަރެސް ފްލެޓް ގަނެގެން އުޅޭ. އެހެންވީމަ އެމީހުންގެ ފްލެޓްތައް ވެސް އަތުލަންވާނެތާ!
ދީފަ އަތުލާ ފީފާ ބުރި
19 June 2025
ކުރީ ސަރުކާރުން ދީފަ ހުރި އެއްޗެއް ނާތުލެވޭނެ
ދެރަ
19 June 2025
ޢެއީ އެންމެ ފައިދާވި މީހުން، ބޮޑުއަގުގަ އިއުލާންކުރީމަ ގިނަ މީހުން ނުލީ، އެވަރަށް ލިބޭ މީހުން ލީމަ ފަހުން ކުޑަވަމުން އަގު ދަށްވަމުން ދަށްވަމުން ގޮސް، މިހާރު ޖުމްލަ އަގު އެހެރަ ކުދި ހިޔާ ފްލެޓާ އެއްވަރު، އިބޫ އާ މުއިއްޒާ ދެމީހުންވެސް ކުޑަކުރި ކުރީނުން
ލަސް
19 June 2025
ތަންދޮރުނޭނގޭ ވާހަކަ ދެއްކުމުން އިތުރަށް ގޯސްވާނީ. ވިނަރެސް އެޕާޓްމެންޓް ތަކަކީ ޑައުންޕޭމެންޓް ގޮތުގަ 2 ލައްކައާި 5 ލައްކައާއި ދެމެދުގެ އަދަދެއް ދައްކާފަ ގަތް ތަންތަން. މަހަކު ދައްކަންޖެހޭ ވަރު 11 ހާސް- 19 ހާސް އާއި ދެމެދު.