މަންޑޭ: އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައި
23 ޖޫން 2025 - 12:07
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޖުލައި މަހު ފެށި އެ ދައުވާތަކާ ގުޅޭ ގިނަ އަޑުއެހުންތައް ކުރިއަަކަށް ނުގެންދެވެ އެވެ.
އަޑުއެހުންތައް ގިނައިން ކެންސަލް ކުރަން ޖެހުނީ މަންޑޭ ޝަރީއަތަށް ހާޒިރުނުވާތީ އެވެ. އަޑުއެހުންތަކަށް ހާޒިރުވާން އުޒުރުވެރިވެ، ޑޮކްޓަރުގެ ލިޔުންތަކެއް ވެސް އޭނާ ހުށަހަޅާފައިވެ އެވެ.
ނަމަވެސް، މިއަދު މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ ކޯޓަށް ހާޒިރު ނުވެވޭ ފަަދ ބައްޔެއް ޑޮކްޓަރުގެ ލިޔުމުގައި ފާހަަގަކޮށްފައި ނުވާ ކަމަށެވެ. އަދި ސިއްހީ ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުނުވެވޭނެ ކަމަށް އެންގުމަށް ފަހު، އެ ދުވަސްތަކުގައި ގެއިން ބޭރުގައި މަންޑޭ އުޅެފައިވާ ކަމަށް އެކި ފަރާތްތަކުން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އޭނާ މިއަދު ޝަރީއަތަށް ހާޒިރުކޮށްފައި ވަނީ ވެސް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެހެންވެ، މަންޑޭ ޝަރީއަތަށް އެއްބާރުލުން ނުދޭތީ، އޭނާ ބަންދުކުރަން ގާޒީ ނިންމެވީ އެވެ.
މި މައްސަލައިގައި ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު، މިއަދުގެ އަޑުއެހުމުގައި ކޭޕާކް ފްލެޓް ގަތް ބައެއް މީހުން ވަނީ ހެކިބަސް ދީފަ އެވެ.
މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެންމެ ގިނައިން ދައުވާކުރާ މައްސަލަ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ.
ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރުގެ ފަރާތުންނެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކޮށް، އަދި އޭނާގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
23 June 2025
ބަންދު ކުރީ ކޮންތާކު ތޯ އެވެ. ޖަލުގަ ތޯ އެވެ.؟ ގޭގަ ތޯ އެވެ/.؟ ކޮޓަރީގަ ތޯ އެވެ؟
މަ ބުނީ
23 June 2025
އަލްޙަމްދު ލިއްލާހި ، ރައީސް ޑރ މުޢިޒް އާއި ޝަރުޢީ ދާއިރާ އަށާއި ޕްރޮސިކިއުޓަރުންނަށް ޝުކުރިއްޔާ . ތިގޮތަށް އެފް އޭ އެމް ލޫޓުވާލި މައްސަލާދައިވެސް ފިޔަވަޅު އަޅުއްވަދެންވަވާ އާދޭހާއިއެކު ދަންނަވަށް.
ބެލެނިވެރިން
23 June 2025
ކުރީގަ ބާސްކެޓް ކުޅުއްވަން އުޅުނު ސުޕުން ނާއި އެކު ޖަރީމާ ހިންގި ބާސްކެޓް ތެރޭގަ އުޅުނު މީހުން ތިޔަކަހަލަ ހުރިހާޖަރީމާ އެއް ހުންގާ (ޒައިދާނުވެސް)
ހުސައިން803
23 June 2025
ކިންގްސްޓަން ސޯރޫމް ސައިކަލް ސްކޭމު ހިންގިމީހާވެސް ތިގޮތަށް ޖަލަށްލާޖެހެއެވެ. 250 މީހުންނަށް ލަޑުދީ 12 މިލިޔަން ރުފިޔާ ނަގައިގެން އޭނާ އެހުންނަނީ ހެވިފައެވެ. މިކަހަލަ މީހުންނަށް ފުރުސަތައް އިތުރަށް ލިބޭވަރަކަށް ސްކޭމްތަކާއި ހިޔާނާތް ބޮޑުވެގެންދާނެއެވެ.
ބަލްބީރު
23 June 2025
މީނާ އެއްކޮފީން އަނެއް ކޮފީން ސަޅިބައިސާ ކަނޑަމުން ދުވަނީ ހަމަ. މިގައުމުގަ މިހާތަނަށް ވެފަ ހުރި ކަންކަމަށް ބަލާއިރު ލިބޭ އިބުރަތަކީ، ވައްކަން ކުރަންޔާ ކުރާށޭ ވީހާވެސް ބޮޑުކޮށް، އެއީ ފުލުހުންނާ ގާޒީންނަށް ވެސް ރިޝްވަތު ދެވޭހާ ބޮޑު އަދަދަކުން. ބޮޑީ ސްޕްރޭ ފުޅިއާއި ރިހާކުރުން ވައްކަން ނުކުރާށޭ!!
އަހައްމަދޫ
23 June 2025
މީނާއަށްވެސް ހަދާނޭ ނަހަދާނޭ ގޮތެއް ނޭންގިގެން އުޅޭހަންހީވަނީ. އެއްފަހަރު ބަންދުކުރާނޭ. އަނެއްފަހަރު ދޫކޮށްލާނެ. އެނެއް ފަހަރު ޕާސްޕޓު ހިފަހައްޓަފާނޭ. އަނެއްކާ ފުރަން ހުއްދަ ދީފާނެ. އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި މީހުން ކޮޅުކޮޅަށް ދުވަނީ. ފައިސާ އަބުރާ ނުލިބޭ އެޕާޓްމަންޓެއް ނުލިބޭ
ޖަލީލީ
23 June 2025
ރިހާކުރު ފުޅިޔެއް ނުނަގަންޔާ މިގައުމުގަ އޯކޭ ވާނެ ގައުމުގެ ހަޒާނާ ފޫގަނޑާ އެއްކޮށް ކަހާލިޔަސް. އަދީބް ބުރޯވެސް އެހެރަ އުޅުއްވަނީ ވެކޭޝަންގަ ރާއްޖޭން ބޭރުގަ. މިގައުމުގަ އިންސާފު ހިނގާނީ ނިކަމެތިންނަށް އެކަނި.
މަބުނީ
23 June 2025
40 އަހަރުން 40 ދުވަހު ޖަލުގަހުއްޓަސް އެއީ ލައްކަބޮޑުވަރު. އިހަށްވެސް 800 އަހަރުގެ ހުކުމްއަންނަވަރުގެ ހެކިހުރިމާ ގޭގަގިޓާކުޅެންބަހައްޓާފަ މާފުދިނީ ރައްޔިތުންގެ މޫނުމަތީޖެހި ތަފާލެއްފަދައިން.
ސަމްސިއްޔާ
23 June 2025
ކަލޯ ބުއްފުޅި ލިބިއްޖެތަ؟؟
ވާނުވާ
23 June 2025
ޖަލުން މަހުޖަނަކަށް, އަނެއްކާ ޖަލަށް, ވަރަށް ދެރަ