ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި ބޭއްވި ފުރަތަމަ ޖަލްސާގައި ހިފްޒު ކުރި ދަރިވަރުންތަކެއް ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް
24 ޖޫން 2025 - 16:37
ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގުރުއާން ހިތުދަސް މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000ރ. އެވެ.
ރިޔާސީ އިންތިޚާބުގައި ވަޢުދު ވެފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައި.
— Dr Mohamed Muizzu (@MMuizzu) June 24, 2025
ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ…
ނަމަވެސް، އަލަށް ގެންނަ ބަދަލާއެކު ކޮންމެ މީހަކަށް 4،000ރ. ލިބޭނެ އެވެ. އެހެންވެ، އެ އިނާޔަތަށް މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުން މިދިޔަ އޭޕްރީލް މަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
ރައީސް ވިދާޅުވީ ހާފިޒުން ތަމްރީނުކުރުމާއި އެ މީހުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދަ
25 June 2025
ވަކިކަހަލަ ފާހެއް ނެގުމުން ދާއިމަށް ފައިސާގެ ބެނެފިޓް ދައުލަތުން ދިނުމަށް ޤާނޫން އަސާސީ ތަންދޭބާ؟ ދިވެހިރައްޔިތުންގެ މެދުގައި ތަފާތު ކުރެވޭނެ ހާލަތްތަށް ޤާނޫނު އަސާސީގައި ބުނެފައިވޭ. ޤާނޫނީ އިލްމުވެރިއެއް ކޮމެންޓް ކޮށްލަދީބާ!
ސޮބާހް އަހްމަދު
25 June 2025
މިކަންކަން އަދިވެސް އިތުރުކުރަންވީ. ދީނަށް އެއްމެން އަހުލުވެރި ކުރުވަންވީ. ޕޮރްގްރާމްތައް އިތުރުކުރަންވީ. މީ ރަނގަޅު ފެށުމެއް.
ހަމަދު ސަލީމް
25 June 2025
ހާފިޒު ކަމަކީ ވަރަށް އުދަގޫ ވަރަށް ބުރަ ކަމެއް ވާން. އެހެން ކަމުން މިކަން މިހެން ކުރަން ލަސްވެސްވެއްޖެ. އަގު ވަޒަން ކުރަން ޖެހޭ.
ތައުހީދު ސަލީމް
25 June 2025
އަލްހަމްދުﷲ. ހާދަ އުފާވެރި ހަބަރެކޭ މިއީ. މީ ހުރިހާ ގޮތަކުން ބެއްޔަސް ވަރަށް ރަނގަޅު މުހިއްމު ކަމެއް.
މުއިއްޒު ނޫންގޮތެއް
25 June 2025
މުއިއްޒަށް ހަމައެކަނި ބޮޑުނުކުރެވެނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވީމަ ބަޖެޓުގައި ލާރި އެއް ނުހުރޭ. އެހެން ހުރިހާ މީހުންގެ މުސާރަ ބޮޑުކުރަން ގައުމު ބަގުރޫޓުވިޔަސް ލާރިހުރޭ
މައްކޫ
25 June 2025
މާ ބުނީ އިބްރާޙީމްވެސް ހެދީ އެހެން ދޯ، އަގު ބޮޑު ބިންތަކާ އެއްޗިހި ހިލޭ ބަހާލާ ދައުލަތުގެ ބާރުހުރި މީހުންގެ މުސާރަ ބޮޑުކޮށް ސިވިލްސާރވިސް ގެ މަިން ހަނދާން ނައްތާލި ދޯ؟
މައްކުބޭ
25 June 2025
ޤުރުއާން ދަސްކުރަނީ ކޮންމެ މީހަކުވެސް އާހިރަތުން ނަފާ ހޯދުމަށް، ޓެކްސް ފައިސާ ޚަރަދުކުރަންޖެހެނީ ޤުރުއާން ދަސްކޮށް ދޭ މީހުނަށް، ޤުރުއާން ދަސްކުރާ މީހުންނަކަށް ނޫން، ޤުރުއާން ދަސްކުރާ މީހުންނަށް ރަނގަޅު އެއްފަހަރު ދެވޭނެ އިނާމެއް ދިނުން، އެކަމަކު މަހު މުސާރަ ރައްޔިތުންގެ ފައިސާއިން ތިހެންދިނުން ގޯސް،
ސަލީމު އިދިރީސް
25 June 2025
ޓުއަރިޒަމް އިންޑްސް ޓުރީގަ މަަސައްކަތް ކުރާމީހުން ގުދުބިންދައިގެން ހޯދަ ޓެކުސް ފައިސާ ޓުއަރިޒަމް އިންޑަސްޓުރީގަ މަސައްކަތް ކުރަން ބޭނުން ނުވާމީހުނައް ބަހަނީ
ޒދފބ
24 June 2025
މިހެން ބުނާ މީހާ 'ލާދީނީ' ވާނީ، އެކަމަކު މިހާރު ދިވެހިރާއްޖޭގެ ބައިތުލްމާލުގައި ފައިސާއެއް ނެތް. ބޭކާރު ޚަރަދުތައް އެހާ ބޮޑު. ބޭރުން ދަރަންޏަށް ނެގި ފައިސާ އަނބުރާ އެ ގައުމުތަކަށް ދައްކަންޖެހޭ. ދުނިޔޭގައި މިހިނގާ ހަނގުރާމައާކާއެކު މުދަލާއި، ތެލާއި، ޑޮލަރުގެ އަގު އުފުލިގެން ދާއިރު ދައުލަތުގެ ބޭކާރު ޚަރަދުތައް ކުޑަކުރާން ޖެހޭ. އެހެންނޫނަސް ހާފިޒުކަމަކީ ފައިސާއަށް ކުރާ ކަމެއްތަ، ނޫނީ އާޚިރަތަށްޓަކާ ކުރާކަމެއްތަ؟ ދީނީ ކަންކަން ކުޅިވަރަށް ނަހަދަމާ!
އަހުމަދުބިންސުލައިމާން
24 June 2025
ޤައުމު ބަގުރޫޓް ވިޔަސް ހުރިހާ އެއްޗެއް ބޮޑު ކޮށްފަ ބަހައްޓާ. ހުރިހާ ސަބުސިޑީތަކާ. ރައްޔިތުންނަށް ފޯން އެލަވަންސް ވެސް ދެން ދީ. ލިބޭ އެއްޗަކާ ހަރަދު ދިމާ ނުވޭ. ދަރަނިވެރިވެގެން އެއްވެސް ކަމެއްކުރާކަށް ނުޖެހޭ.
ށސ11
24 June 2025
ބޮޓުންތައް ހާދަ ގިނަވެއްޖޭ ސަނާޔާ
އިޝާމާ
25 June 2025
ކަލޯ މިކަހަލަ ކަންކަމުގައި ސަނާ ކިޔަން ޖެހޭ. މަށަކީވެސް އެމްޑީޕީ މީހެއް. އެކަމަކު މިކަހަލަ ކަންކަން ބަލައިގަންން.