އެކްސިޑެންޓުގައި ގެއްލުން ލިބުނު ޑިންގީ.-- ފޭސްބުކް ފޮޓޯ: ޒަކަރިއްޔާ ރިމްޒާން
24 ޖޫން 2025 - 23:55
ޅ. މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދެ އުޅަނދެއް ޖެހިގެން 8:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް ލިބުނު އަނިޔާތަކަށް، ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް، ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓަށްފަހު ޑިންގީ ގެއްލިފައިވާ ކަމަށެވެ.
"ބެލެވެނީ [ޑިންގީ] އަޑިއަށް ގޮސްފައިވާ ކަމަށް. ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައިނުވޭ،" ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި ލޯންޗުގައި ޖެހުމުގެ ސަބަބުން ޑިންގީގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ. އަދި މީހުން ޒަހަމްވެ ލޭ ވެސް ލޯންޗު ތެރެއަށް އެޅިފައި ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުމާކަދުރު
25 June 2025
ޑިންގީ ވަނީ ގެއްލިފަ. އެކަމަކު ޑިންގީ ގެ ފޮޓޯ ތައް މިހުރީ ޖަހާފަ. ޑިންގީތޯ ލޯންޗުތޯ ގެއްލުނީ.