ތިނަދޫ ކައުންސިލްގެ މޭޔަރު ސައުދު މަސައްކަތުގައި: އެ ކައުންސިލާ މެދު އެލްޖޭއޭއިން ފިޔަވަޅު އެޅުމުން އެމްޑީޕީން ވަނީ ފާޑުކިޔާފައި - ފޮޓޯ: މިހާރު
25 ޖޫން 2025 - 19:51
ތިނަދޫ ސިޓީ ކައުންސިލަށް ކުރި ތުހުމަތުތަކުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔައިފި އެވެ.
އެލްޖީއޭ އިން ފިޔަވަޅު އެޅީ އެ ކައުންސިލަށް ކުރެވުނު ހިޔާތާނާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރާ މައްސަލައިގެ އިންކުއަރީއަށް ފަހު އެވެ. އިންކުއަރީގައި ބަލާފައި ވަނީ ތިނަދޫ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އެ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އެލްޖީއޭ އިން މޮނިޓާކޮށް ފާހަގަކުރެވުނު މައްސަލަތަކަށް ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ތިނަދޫ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތި ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ. މިއީ އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލްގެ އަގުވައްޓާލައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރުތައް ކަނޑުވައިލަން ކޮށްފައިވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
މައްސަލަތައް ބެލުމަށް ތިނަދޫ ސިޓީ ކައުންސިލުން އެލްޖީއޭ އަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް އެ ކައުންސިލުން މައުލޫމާތުދޭ ކަމަށާއި ނަމަވެސް އެއްވެސް އިންޒާރެއް ދިނުމެއް ނެތި މިއަދު އަވަސް އަރުވާލައިގެން ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މިހާތަނަށް އައިއިރު ސިޓީ ކައުންސިލްގެ އިދާރީ ހިންގުން އިސްލާހު ކުރަން އެއްވެސް ފިޔަވަޅެއް އަޅަން އެލްޖޭއޭ އިން އަންގާފައެއް ނުވެ އެވެ.
"މިއަދު އޮފީސް ބަންދުކުރިއިރު ވެސް މިފަދަ ފިޔަވަޅެއް އަޅާފައިވާ ކަން އެލްޖީއޭގެ ފަރާތުން ތިނަދޫ ކައުންސިލަށް ރަސްމީކޮށް އަންގާފައެއް ނުވެ އެވެ. އެލްޖޭއޭ އިން މަސައްކަތް ކުރަމުންދަނީ މި ޣައިރު ގާނޫނީ ފިޔަވަޅު އުވައިލުމަށް ކޯޓަށް ދިޔުމަށް ތިނަދޫ ކައުންސިލަށް ފުރުސަތު ނުދިނުމަށް ކަމަށް މި ޕާޓީން ދެކެމެވެ." އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ މިއީ ބާރުތައް މަރުކަޒު ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.
ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަން ސަރުކާރުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ކައުންސިލްތަކަށް އަރުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެލްޖޭއޭއިން އިން ބުނި ގޮތުގައި، ފިޔަވަޅު އެޅީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށް ވާއިރު އެ ޒިންމާ އަދާނުކުރައްވާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
26 June 2025
ބަޔަކު ގޯސްކަމެއްކޮއްފިނަމަ ބަލާނެކޒމެއްނެތް އެމްޑީޕީ އެބައެއްގެ ފަހތަށް އަރާނެ ، ގައުމު ލޫޓްވާ މުޖުރިމުންނަށްވެސް ހިމާތްދޭ އެންމެ ބޮޑު ޕާރޓީ އަކީވެސް ހަމަ އެމްޑީޕީ
ކުށް
26 June 2025
އެލްޖޭއޭ އެއް ނޫން. އެލްޖީއޭ
ޗަކްބެރީ
26 June 2025
މުޅި މިގައުމުގެ އިޖުތިމާއީ ފޭރާމާއި އަޚުލާގު ވީދައި ކުދިކުދި ކުރި މީހުން ތިއީ. ދިއްދޫ މަސްވެރިން އޮފީހަށް މަސްއަޅަން ހިތްވަރު ދިން މީހުން ތިއީ. ސިފައިންނާއި ފުލުހުން ގެ އަމުރަށް ކިޔަމަން ނުގަންނަން ހިތްވަރު ދިން މީހުން ތިއީ. ބިރު ފަހަނަޅައި ނުކުންނަން ގޮވި މީހުން ތިއީ. ކަލޭމެންނަށް ހަމަ ރަނގަޅުދޯ ރަށްވެހިކަން ބަދަލުކުރާ ނިކަމެތި މީހާ އަތުން 5 ހާސް ރުފިޔާ ފޭރިގަތަސް.
ތަކުރޭ
26 June 2025
ލަނޑައާވާނީ ލަނޑައާ
ކުރިވަރު ކުޑައީ
26 June 2025
ތިމާމެންގެ ފެންވަރު އޮޅި ގެން އުޅޭ ބައެއް . މަގާމުން ވަކިކޮށް ޖިނާއީ ދައުވާ ވެސް ކުރަންވީ.
ޑރ ވާންޗޯ
25 June 2025
ހަރުބަހެއް، ލަނޑަޔާ ވާނީ ލަނޑަޔާ އޭ ބުނެއުޅޭ.
ބުރަތޭރީ
25 June 2025
އަބަދުވެސް ، ވަގުންނާއި ވައްކަމާއި، ލޫޓުވުމާއި ހުރިހާ ނުބައި އަޚުލާގެއްގެ މީހުންގެ ދިފާޢުގައި އެމްޑީޕީއިން ނުކުންނާނެ. އުފެދުމުގެ އަސްލަކީވެސް އެއީ..އެޕާޓީގެ ރޫހަކީ އަބަދުވެސް އަޚްލާގީ ނުބައި ބަލިތަކަށް ހިތްވަރުދީ އެދަކަންތަށް ދިރުވައިގެން ރައްޔިތުން ވާ ވައްދައިގެން ގައުމު ލޫޓުވުން.
ބޮސްގެ ބޮސް
25 June 2025
މޑޕ އަށް އަނގަހުޅުވޭނެ ޖާގައެއް ނެތް؟!
ސަދސދަފ
25 June 2025
މިސްކިތަށް ކުޑަކަމު ދިޔަ މީހާ ހިފެހެއްޓީމަ ވެސް ކުށްވެރި ކުރި މިމީހުން. ތިއޭ ތާއީދު ނުކުރާ ސަބަބަކީ.
ގޯރުނުދޯރު
25 June 2025
ފިޔަވަޅު ބޮޑުތަނުން ހަރުކަށި ކުރަންޖެހޭ. މުޅި ކައުންސިލް ސަސްޕެންޑްކޮށް ކައުންސިލަރުންނާ މެދު ޖިނާއީ ތަހުގީގެއްކޮށް ޝަރީއަތްކޮށް އަދަބުވެސް ދޭންޖެހޭ ..އޭރަށް ތިކައުންސިލް މައިތިރި ވާނީ..