ޖޭއެސްސީ--- ފޮޓޯ/މިހާރު
30 ޖޫން 2025 - 14:23
ފަނޑިޔާރަކު މަގާމުން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ އަށް މަގާމުން ވަކިވިޔަސް، ވަކި މުއްދަތެއް ވަންދެން އެ ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އެ އިސްލާހު ހިމަނާފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގެ ބިލްގަ އެވެ.
އޭގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކުރުމުގެ އިތުރުން ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތައް މުރާޖައާ ކުރަން ކަމަށް ވެސް ބިލުގައިވެ އެވެ.
ވަކި މުއްދަތެއް ވަންދެން ފަނޑިޔާރަކު މަސައްކަތްކުރި ކޯޓެއްގައި ވަކާލާތުކުރުން މަނާވަނީ އެ ގާނޫނުގެ 30 ވަނަ މާއްދާގަ އެވެ.
އެ މާއްދާގައި ބުނަނީ ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ފަނޑިޔާރުކަމުން ވަކިކޮށްފި ނަމަ އެ ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ދެ އަހަރު ވަންދެން، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް ނުވަތަ ވަކިކުރުމާ ހަމައަށް ފާއިތުވި ތިން އަހަރު ފަނޑިޔާރުކަަން ކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭނެ ކަމަށެވެ.
އޭގެ އިތުރުން ފަނޑިޔާރުކަމުގައި ހުންނަވައި ބަލާފައިވާ މައްސަލައެއްގައި އޭނާގެ މަސްލަހަތު ފުށުއަރާ ފަދަ ހާލަތެއް ދެމި އޮތްއިރު، އެ މުއްދަތު ފަހަނައަޅައި ދާއިރު ވެސް އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރު ނުވެވޭނެ ކަމަށް ވެސް ބުންޏެވެ.
ފަނޑިޔާރުންގެ ގާނޫނު މިހާރު އޮންނަ ގޮތުން، ފަނޑިޔާރަކު ވަކިވާ ދުވަހުން ފެށިގެން ކޯޓުތަކުގައި ވަކާލާތުކުރެވެ އެވެ. އޭގައި އެއްވެސް ހުރަހެއް ނޯވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވެލި
30 June 2025
އާ ތީ ސިންގަޕޯރ ފެންވަރަށްދާން ކޮންމެހެން ކުރަން ޖެހޭ ކަމެއް. ނޭފަތުން ވިސްނާބަޔަކަށް ތިކަހަލަ އައިޑިއާ އަންނާނެ
ފަޅުމަސް
30 June 2025
އިނާޔަތާއެކު ރިޓަޔަރ ކުރާ ފަނޑިޔާރުން، އެ ފަނޑިޔާރުންނަށް ލިބޭ އިނާޔަތް ދޫކޮށް ނުލާނަމަ ކޯޓަށް ނުދެވޭ ގޮތްވެސް ހަދަންވީ.. ވަޒީފާ އަދާނުކުރެވޭހާ ބަލިވެގެން ރިޓަޔަރ ކޮށްފަ، އަނެއްކާ ދައުލަތުގެ އެހެން މަޤާމަކަށް ނޫނީ ވަކީލުކަމަށް ދިޔައިމަ ކަމަކު ނުދާނެ.. ބަލިވީމަ ރީއްޗަށް ހުންނަން ވާނީ..
އަންދަލޫސިޔާ
30 June 2025
ޤާނޫނަކުން ވެސް މިކަން މަނާކުރެވިގެން ނުވާނެ. ފަނޑިޔާރުކަމުން ވަކިވުމުން، ވަކާލާތު ކުރެވެން ވާނެ. އެޑިއުކޭޝަން މިނިސްޓަރުކަމުން ވަކިވުމުން ނުވަތަ ވަކިކުރުމުން ލެކްޗަރަރަކަށް އުޅެވެންވާނެ. ސައުދުﷲ މެންނަށް މިތިބީ ކީއްވެފަތޯ؟
ނޱބޱޗބބދ
30 June 2025
ސައުދު މެން މަޖުލީހުގެ ދެދައުރު ހަމަކޮށްލީމަ އުމިރަށް މާސިންގާ ބޮޑު އިނާޔަތާ އިމްތިޔާޒުތައްލިބޭ. އެލިބޭ އެއްޗަކުން ވިޔަފާރިހިންގާ އަދި މެންބަރުކަމަށް ތިންވަނަ ދައުރަކަށް ނުހޮވުނީމަ އެވީ ޕާޓީ ސްލޮޓުގަ ބޮޑެތި ސިޔާސީ މަގާމު ފުރަން. މަޖިލިސް މެންބަރުންނަކީ މިގައުމަށް ޖެހިފަ އޮތް މުސީބާތެއްހަމަ
ވަކީލު
30 June 2025
އެ މުއްދަތަށް މުސާރަަވެސް ދެއްޗެ. އެހެންނޫނީ ސިޔާސީ ބޭނުމަކަށް ފަނޑިޔާރުކަމުން ވަކިކުރީމަ ދެން ހަލާލުގޮތުގަ އާމްދަނީ ހޯދާނެގޮތްވެސް ބަންދުވީ. ފަނޑިޔާރުން ވަޒީފާ ގެއްލުނީމަ ދަނީ ރިސޯޓް ވަޒީފާއަކަށްނޫން. ވަކާލާތު ކުރަން ކޯޓުތަކަށް.
މުލޭ
30 June 2025
އޭނާ ފަނޑިޔާރުކަންކުރި ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ވާހަކަ އެއޮތީ. އެހެން ކޯޜުތަކުގައި ވަކާލާތު ކުރެވޭނެ.
ވަ؛ލްނަރަބްލް
30 June 2025
ތިޔަ ގާނޫނުގަ ލިޔަންވީ ފަޑިޔާރަކު ސުލލޫކީ މައްސަލައެއްގައި ފަޑިޔާރުކަމުން ވަކިކޮށްފިނަމަ، އެ ފަޑިޔާރަކަށް ދެން އަބުރާ ވަޒީފާއަށް އާދެވިގެންނުވާނެކަމަށް، އަދި ސްލޫކީ މައްސަލަތައް ބެލޭނެ ގޮތާއި، އިޖުރާއަތާއި ޑިއު ޕްރޮސެސް ނުލައި ސްލޫކީ މައްސަލަ ބަލާ ފިޔަވަޅު އަޅާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ޖޭއެސްސީ މެމްބަރުން ޒިންމާދާރު ކުރެވޭނެގޮތެއްވެސް ހަދަންޖެހޭ، އަދި އެއްވެސް ހަމައެއްލަމައެއްނެތި ފަޑިޔާރުން މަގާމުން ވަކިކުރަން ވޯޓުދޭ މެމްބަރުންވެސް