ފުލުހުންގެ އިދާރާ: ފިންގަޕްރިންޓް ދިމާނުވިޔަސް ޕީއެންސީއަށް ހުށަހެޅި ވަގު ފޯމުގެ މައްސަލަ ބަަލައި ޖިނާއީ ދައުވާއެއް ކުރާ މިންވަރަށް ހެކި ނެތް ކަމަށް ފުލުހުން ބުނޭ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 ޖުލައި 2025 - 09:34
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދަން އެހެން ބަޔަކު ފިންގާ ޕްރިންޓު ޖަހައި ފޯމު ހުށަހެޅި މައްސަލާގައި އެ ޕާޓީ ޖޫރިމަނާކުރިކަން ފުލުހުންނަށް އަންގާފައިވާ ކަމަށާއި އެކަމަކު ފޯމުގެ މައްސަލައިގައި ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ނުލިބުނު ކަމަށް ފުލުހުން ބުނެފި އެވެ.
އަބަދުވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ތޯރިގަށް ނޭނގި، ސައްހަ ނޫން ލިޔުމެއް ހަދައިގެން ޕީއެންސީއަށް ވެއްދި މައްސަލަ އޭނާ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައި ފުލުހުންނަށް ހުށަހެޅުމުން މިދިޔަ އަންގާރަ ދުވަހު ދިން ޖަވާބުގައި ބުނެފައިވަނީ ފޯމުގައި ޖަހާފައިވާ ފިންގަޕްރިންޓް ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް ފިންގަޕްރިންޓަކާ ދިމާނުވާ ކަމަށެވެ.
އެހެންވެ އެއީ ސައްހަ ފޯމެއް ކަމަށް ނުފެންނާތީ އިލެކްޝަންސް ކޮމިޝަނަށް އެންގުމުން، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕީއެންސީ 5،000ރ. އިން ޖޫރިމަނާކޮށްފައިވާކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ތޯރިގަށް ފުލުހުން ދިން ޖަވާބުގައިވެ އެވެ.
އެކަމަކު ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށާއި އެހެންވެ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ތޯރިގު ސޯޝަލް މީޑިއާގައި ވިދާޅުވީ އޭނާގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހަށް ހުށަހެޅުމުން ވެސް ބަލައިނުދިނީ ކަމަށެވެ. މިއީ ސްކޭމްތަކާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޯމު ފުރި މީހުންނާއި ހެކިންނާއި ފޯމު ޗެކުކުރި މީހުންނާއި ފޯމު ހުށަހެޅި މީހުންނާއި އެ މީހުންގެ ސޮޔާއި ފިންގާޕްރިންޓް އެނގެން އޮތްއިރު ވެސް އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި މައްސަލަ ނިންމާފައި ވާތީ އެކަން ނޭޝަނަލް އިންޓެގްރެޓީ ކޮމިޝަން (އެންއައިސީ) އިން ބަލައިދޭން އެދޭ ކަމަށެވެ.
އަޅުގަނޑުގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީ އަށް ވެއްދި މައްސަލަ @PoliceMv އަށް ހުށަހެޅުމުން ބަލައިނުދީ ފައިލްކޮށްފި. މިގޮތަށް މިކަން ނިންމާފައި މިވަނީ ސްކޭމް ތަކަށާއި މިފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމުގައި ދެކެން.
— Mohamed Thoriq (@ManadhooThoriq) July 1, 2025
ފޯމު ފުރި މީހުންނާއި ހެކިންނާއި ޗެކުކުރި… https://t.co/lH3dz4mdgA pic.twitter.com/UAfIDz7Ulu
ސައްހަ ނޫން ފޯމުތަކުގެ މައްސަލާގައި ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުން، ވެރިކަން ހިންގާ ޕީއެންސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީއަށް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެފަ އެވެ.
މި ފާޑުކިޔުން އަމާޒުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން އާންމުންގެ މައުލޫމާތު ނަގައިގެން ޕީއެންސީއަށް މީހުން ވައްދާ ކަމުގެ ތުހުމަތާ އެކު، ނެޝަނަލް ރެޖިސްޓްރޭޝަންގެ ތެރޭގައި ޕާޓީއަށް ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމުވުމާ އެކުގަ އެވެ. އެ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
އީސީން ކުރިން ބުނެފައިވާ ގޮތުގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ހަ މަސް ދުވަހުގެ ތެރޭގައި ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟމމމ
03 July 2025
ތިޔަ ގޮތަށް ކިތައް ޠާރިޤް ވެރިކަންކުރާ ޕާޓީއަށް ވައްދާފަވާނެބާ!
ކޮރަލް
03 July 2025
އޮތީ ބޮޑު ދެޕާޓީ އެވެ. އެއްބަޔަކު އަނެއް ބައެއްގެ މައްސަލަ ނުބަލާނެ އެވެ. ބަލަ ބަލާ ހުންނާނީ އެވެ. މިއީ އެމެރިކާ ގަ ވެސް ވާގޮތެވެ. މައްސަލަ ބަލާ ނުނިމެނީސް އޭނަ ވެރިކަމަށް އަންނާނެ އެވެ.
ދޗސ
03 July 2025
ތުހުމަތު ކުރެވޭ މީހާގެ ބާވަތުން ހެކި ފެންނާނެ މައްސަލަ ތަކާ ނުފެންނާނެ މައްސަލަ ތަށް ރަށްޔިތުންނަށް ވ ސާފެވެ.
ޑރ ވާންޗޯ
03 July 2025
ތިޔަފޯމުގެ 3 ފިންގަރ ޕްރިންޓްވެސް ދިމާވާމީހަކުނެތުމަކީ ވެރިކަން ބަދަލުވުމަށްފަހު ތިޔަޕާޓީއިން އެލެކްސަންއަށް ފޮނުވާފައިވާ ހުރިހާފޯމްތަށް އޮޑިޓްކުރަންޖެހޭވަރުގެ ކަމަކަށް ނުވަނީތޯ؟. އެލެކްސަން އަދި އެޗްއާރސީއެމް ވަކިޕާޓީއެއްވީމަ ނިދިކުރައްވާފަތޯ؟.
ޑރ ވާންޗޯ
03 July 2025
ތިޔަފޯމަކީ 3 މީހެއްގެ ފިންގަރ ޕްރިންޓް ޖަހައިގެން ހުށައެޅޭއެއްޗަކަށްވާއިރު އެތަނުން އެކަކުގެ ފިންގަރ ޕްރިންޓްވެސް ޕޮލިސްޑޭޓާބޭސް ގަނެތޭބުނުމަކީ ހައެރާންވާންޖެހޭކަމެއް.
1818
03 July 2025
އިންޑިޔާ ފުލުހުން ނަމަ ތިކަންވީސް! ދެން ރައްޔިތުންގެ އެހީއަށް އެދޭ!
އެކޮއި
03 July 2025
''ފޯމުގައި ޖަހާފައިވާ ފިންގަޕްރިންޓް ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް ފިންގަޕްރިންޓަކާ ދިމާނުވާ ކަމަށެވެ.'' މީގެކުރިން ބަނބުކެޔޮގަހުގެ ތޮޅިންވެސް އެބަހުރި ފިންގަޕްރިންޓް ޖަހާ މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާފައި. އެހެންވިއްޔާ ފުލުހުންގެ ޑޭޓާބޭހާ އެތޮޅިއާ ދިމާވާނީ ކިހިނެއް؟ އެކަމަކު ތިޔަފޯމެއް ހުށަހެޅިމީހަކުވެސްވާނެ. ކީއްވެ އެމީހަކާމެދުފިޔަވަޅު ނޭޅެންވީ؟ ފުލުހުން ބޭނުންވާ ކަންކަމުގައި ފަސޭހަކަމާއެކު ހެކިހޯދާ. އެނޫންކަންކަމުގައި ހެއްކެއްނުލިބޭ.
ސަސި
03 July 2025
ފުލުހުންނަށް ނުވާވަރު ކަންކަން ޑރ މުނައްވަރާ ހަވާލުކުރަންވީނު
ވޮޗްމޭން
03 July 2025
މި ގައުމުގެ އަދުލު އިންސާފުގެ ހާލަތުގެ ކުޑަ މިންވަރެއް މީ. ކޮބާތާ އެތަކެއް މިލިޔަން ރުފިޔާއެއްގެ ސްކެމް ޖެއްސި މީހުން. ބަޔާނެއް ނެރުނީ އެމީހުން ފިލައިފި މީހުންގެ ފައިސާކޮޅު ފޭރިގެން. ނޫސްވެރިން ވެސް ނޯވޭ ފޮލޯއަޕެއް ކުރުމެއް. ކިތައް މީހުން މި ސްކޭމްގައި ގެއްލުން ލިބިގެން ފުލުހަށް ހުށަހެޅިތޯ؟ ކިތައް މީހުން މި މައްސަލާގައި ފުލުހަށް ހާސިރުކޮށް ސުވާލުކޮށްފިތޯ؟ ސަސްޕެކްޓް ކުރެވޭ ކިތައް ބޮޑުން އެބަތިބިތޯ؟ އެމީހުންތިބީ ރާއްޖޭގަތޯ؟
ސުހާނާ
03 July 2025
މަސައްކަތެއް ނުކޮށް މުއްސަނދިވާން އުޅޭ މީހުންނަށް ތިޔަކަހަލަ ލަނޑު ލިބޭނީ.
ވޮޗްމޭން
03 July 2025
ދައުލަތެއް ސަރުކަރެއްގެ މުހިނުމު ކަމަކީ ރައްޔަތުން ރައްކާތެރިކުރުން. އެކި އެކި ނުރައްކާތަކުން. މީހުންނަށް ލަނޑު ދިނުމާއި ޓެކުމާއި ފޭރުމަކީ އިއްޔެ މިއަދަކު ހިނގާ ކަންކަމެއް ނޫން. އިންސާނުން އުފެއްދެވީއްސުރެ. އެހެންކަމުން ބަޔަކު ކުރިކަމަކުން އެމީހުން ޖެހި އަމިއްލައަށް ބޮޑެތި ގެއްލުން ލިބުނަސް އަދި ރިޕޯޓު ނުކުރިޔަސް އެކަންކަން ބަލާ ފިޔަވަޅު އެޅުމަކީ ދައުލަތުގެ ޒިންމާއެއް.
ލޮލުން
03 July 2025
ފުލުހުންނަކީ ހާދަ ނާގާބިލް ބައެކޭ ދޯ؟ ކުށްކުރިކަން ފާޅުކޮށް ފެންނަން ހުރި ކަންކަމުގައި ވެސް ފުލުހުންނަށް ހެތްކެއް ނުލިބުނީމާ؟ އެހެންތާ ވާނީ ބަލަން ޖެހެނީ ފުލުހުންގެ ވެރިޔާގެ މައްސަލަވިއްޔާ.