އެ ގެއިން ވައްކަންކުރުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތުވާ މީހާ އަދި ނުފެނޭ. އެއީ، ވަނަމަކަށް "ސަޓަޑޭ" ކިޔާ މީހެއް. އޭނާ އުޅެނީ ފިލައިގެން.
އަލީ ޚާލިދުގެ ގެއިން ވައްކަންކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުގެ ސްކްރީންޝޮޓެއް.
03 ޖުލައި 2025 - 14:21
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ ގެއިން 40،000ރ. ގެ މުދާ ބަޔަކު ވަގަށް ނަގައިފި އެވެ.
އަލީ ޚާލިދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި މާލޭގައި ހުންނަ އޭނާގެ ގެއަށް ބަޔަކު މިދިޔަ އާދިއްތަ ދުވަހު ހެނދުނު 6:13 ހާއިރު ވަދެ ވައްކަންކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ތުހުމަތުވާ މީހުން ހޯދަން އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އޭނާ ވަނީ ދެ މީހަކު އެ ގެއަށް ވަދެ ވައްކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އެ ގެއިން ވަގަށް ގެންދިޔަ ތަކެތި ވިއްކަން އުޅުނު ދެ މީހެއްގެ ފޮޓޯ ވެސް ފޭސްބުކްގައި އާންމުކުރައްވައިފަ އެވެ.
އަލީ ޚާލިދު ވިދާޅުވި ގޮތުގައި، އެ ދެ މީހުން އެ ގެއަށް ވަނީ ގޭގެ ފެންލައިޓަކުންނެވެ. ފެންލައިޓަށް އެ މީހުން އެރީ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އެ ގެއާ ޖެހިގެން ހުންނަ ގެއަކުންނެވެ. އެ މީހުން އެ ގޭ ތެރޭގައި ވިއްސަކަށް މިނެޓު ހޭދަކުރި އެވެ.
އެ މީހުން ވަނީ އައިފޯނަކާއި ދެ ޑެލް ލެޕްޓޮޕާއި ތިން ހާޑް ޑްރައިވް އާއި ވަންޕްލްސް ޓެބްލެޓަކާއި ޖޭބީއެލް ބްލޫޓޫތު ސްޕީކަރަކާއި އަވި އައިނެއް އަދި އަގުބޮޑު ސެންޓެއް ކަމަށްވާ އޫދު އަސްވަދު ސެންޓުފުޅިއެއް ވެސް ވަގަށް ގެންގޮސްފަ އެވެ. އެ އެއްޗެހި ގެންދިޔައީ އެ ގެގޭގައި އޮތް ދަބަހަކަށް އަޅައިގެންނެވެ.
އެ ތަކެތީގެ އަގު 40،000ރ. އަށް އަރާނެ ކަމަށް އަލީ ޚާލިދު ވިދާޅުވި އެވެ.
އަލީ ޚާލިދު ވިދާޅުވީ އެ މައްސަލަ އެ ދުވަހު ހެނދުނު 7:30 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވައްކަންކުރަން ވަތް ދެ މީހުން ތިބީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި އެ މީހުން ތިބީ އަތަށް އަންގި އަރުވައިގެން ކަމުން އެއްވެސް މީހެއްގެ ފިންގަޕްރިންޓްގެ ނިޝާން ވެސް ސީނުން ނުފެނުނު ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖު ފުސްކަމުން އެ މީހުންގެ މޫނު ވަކިކުރަން އުނދަގޫ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު، އެ ގެއިން ވަގަށް ގެންދިޔަ އައިފޯން، ފުލުހުންގެ އެހީތެރިކަމާ އެކު ޓްރޭސްކޮށް، އެ ގެއިން ވަގަށް ގެންދިޔަ ބައެއް ތަކެތި ވިއްކާލަން އުޅުނު ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް އަލީ ޚާލިދު ވިދާޅުވި އެވެ.
އަލީ ޚާލިދުގެ ގެއިން ވައްގަށް ގެންދިޔަ ތަކެތި ވިއްކަން އުޅެނިކޮށް ހައްޔަރުކުރި ދެމީހުން: އެކަމުގައި އިސްކޮށް އުޅުނު މީހާ އުޅެނީ ފިލައިގެން.
"ވަގަށް ގެންދިޔަ ބައެއް އެއްޗެހި ރިކަވާވި،" އޭނާ ވިދާޅުވި އެވެ.
އަލީ ޚާލިދު ވިދާޅުވީ އެ ގެއިން ވައްކަންކުރުމުގައި އެންމެ އިސްކޮށް ހުރި މީހާ އަދި ނުފެންނަ ކަމަށެވެ. އެއީ، ވަނަމަކަށް "ސަޓަޑޭ" ކިޔާ މީހެއް ކަމަށާއި އޭނާގެ އަސްލު ނަމަކީ ޒަމީލް ކަމަށެވެ. އަދި އޭނާ އުޅެނީ ފިލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި "ސަޓަޑޭ" އެންމެފަހުން ފެނިފައި ވަނީ ރަތްކުލައިގެ ޑަފުލް ބޭގެއް ހިފައިގެން ހުޅުމާލެއަށް ދަނިކޮށެވެ.
މި ވައްކަމުގައި ބައިވެރިވި މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންގެ ކުށުގެ ރެކޯޑް 40 އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ އަދި އަޅުގަނޑުމެން މި ތިބީ ވަރަށް ބިރުން. އެހެންވެ އާންމުންގެ އެހީ ބޭނުންވޭ،" އަލީ ޚާލިދު ވިދާޅުވި އެވެ.
އަލީ ޚާލިދު ވިދާޅުވީ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، އަދި ވަގަށް ނަގާފައިވާ ތަކެތި އެއްވެސް ތަނަކުން ފެނިއްޖެ ނަމަ، އޭނާއަށް ނުވަތަ ފުލުހުންނަށް ވަގުތުން ރިޕޯޓްކޮށްދިނުމަށް އެދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
05 July 2025
ބާބުލް އަވާލީ އާ އެއް އިންވެގެން ބިއްދޮށަށް ހުންނަނީ އަބްދުއް ރަޝީދު ހުސޭނުގެ ގެއެއްނު!
ހަނދާން
04 July 2025
ނެތް ހަމަ އެއްވެސް ސިމްޕަތީ އެއް، މުސްކުޅިން ބުނެ އުޅޭ ބަހެއް މަދީ
ޢައްޔި
04 July 2025
ތި ދެން ހަނދާން ނައްތާލާ. ފުލުހުން ތި ނުހޯދާނެ. މަވެސް ތި ފަދަ މައްސަލައެް ވާނީ ހުށައަޅާފަ. ޞަޚަބަރު
އަހުސަން ފަލީ
04 July 2025
ހާދަ އޭދޯދެން ދެރައީ! ގައުމެއް ނެތް އައްޔާ! އާދޭ މިކޮޅަށް
ފޯމަރު މެނޭޖިން ޓިރެކްޓަރު އޮފް އިސްޓޭޓު މީޑިޔާ
04 July 2025
އެކި މީހުން ވައްކަން ކުރާނީ އެކި ގޮތްތައް. ބައެއް މީހުން ގޭގެ ފެންލައިޓުތަކުން ވަދެ ވައްކަން ކުރާއިރު އަނެއް ބަޔަކު ވައްކަން ކުރަނީ އޮފީސް ތަކުގެ މޭޒުތަކުގެ ދޮށުގައި ތިބެގެން. ދެބައި މީހުންވެސް މިކުރަނީ އެއް ކަމެއް.
އެއްކަލަ މީހާ ދޯ
03 July 2025
ތިމީހުން މާލޭ ވަށައިގެން ޕާކްކޮށްފަ ތިބޭ ޕިކަޕްތަކުނިދާފަ ތިބޭނެ ދަންވަރު. އަދި ކޮންމެ ޕިކަޕެއްގެ ކައިރީ ފުލުހަކުހުންނާނެ ފޯރި މަރަން އެމީހުންގެ ހިމާޔަތުގަ! އެކަމަކުވެސް ފުލުހުންނަކަށް ތިޔަމީހުން ނުއެއް ފެންނާނެ އަދި ނުއެއް ހޯދޭނެ!
މުޙައްމަދު 2025
03 July 2025
މި މީހުންނާ ހެދި ހަފްތާގެ ދުވަސްތަކަށްވެސް ހުތުރު. މިހާރު މަންޑޭ އެ އޮތީ ފުލެޓް މައްސަލާގައި ހައްޔަރުކޮށްފައި ދޫކޮށްލާފައި. ސަޓަޑޭ މި އުޅެނީ ވައްކަންކޮށްގެން ފިލައިގެން. ދެން ހުރި ދުވަސްތައް އުޅޭގޮތެއް ނުވެސް އެނގޭ. ބޯ ހަލާކު
ާއާފި
03 July 2025
ޢަހަރުން ގެއިން 80000 އަށްވުރެ ގިނަ ރ މުދާ ވަގަށްނެގި.ފުލުހުން އަޅާވެސް ނުލި. 3 ފަހަރަށް ދިޔައިީމަ ނޯޓް ކޮއްލަދިން. ބަޔާނެއްވެސް ނުނެގި…
ށާކު25
03 July 2025
ތިނަދޫ ސިޓީގައި ވައްކަން ކުރުން ވަނީ އަލުން ފެށިފައެވެ. ފައިސާގެ ދަތިކަމާހެދި ވައްކަން ކުރަން ޖެހޭތީ އެެންމެން ސަމާލުވުމަށް ނަސޭހަތްތެރި ވަމެވެ.
ނނަނަ
03 July 2025
ތިބުނީ ހަވަރުތިނަދޫ ވާހަކަތަ؟
ޢެޑްމުންޑޯ
04 July 2025
ވައްކަން ކުރަނީ ފައިސާގެ ދަތިކަމާއި ހެދިނޫން ، އެއީ ވައްކަން ކުރަން ދެވިހިފާފައިވާތީ ކުރާކަމެއް ، މުޖުރިމުން ނަށް ލޮލުފިޔައެއްޖެހޭނީ ކޮންމެވެސް ޖަރީމާއެއް ހިންގުމަށް ފަހު ، ގޭގެ ބޮޑުސިންގާ އަންބަކު އިންނަ އިރު ހިލޭ އަންހެނުން ކައިރިއަށް ދަނީ ކީއްވެ ؟
ފްރައިޑޭ
03 July 2025
އެއީ މަގޭ ކޮއްކޮ