ހއ. ކެލާ ގޮނޑުދޮށް: ހިތްގައިމު ފަޅެއް އޮންނަ މި ރަށުގައި ޓޫރިޒަމް ފުޅާކުރަން ސަރުކާރުން ވަނީ ނިންމާފައި..-- ފޮޓޯ: ބަޖެޓް މޯލްޑިވްސް
04 ޖުލައި 2025 - 17:09
ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައި ކުރި އިއުލާން ބާތިލްކޮށް، ލުއިތަކެއްދީ އަލުން އެ މަޝްރޫއު ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ކެލާ ފަޅުގައި ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ހުޅުވާލީ މިދިޔަ މާޗު މަހުގެ 31 ގަ އެވެ. އޭރު ބިޑު ހުށަހަޅަން އަންގައި އިއުލާންކުރީ އެ ރަށުގެ ފަޅުން 156.2 ހެކްޓަރާއި 169.3 ހެކްޓަރުގެ ރަށެއް ހިއްކައި ރިސޯޓު ހަދާނެ ބަޔަކު ހޯދާށެެވެ.
މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު، އެ ބިޑުގެ މުއްދަތު ހަމަވެފައިވަނިކޮށް އެ އިއުލާން ބާތިލުކުރީ، ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، މިހާތަނަށް ޓޫރިޒަމް ތަރައްގީވެފައި ނުވާ އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ސަރުކާރުންކޮށްފައިވާ އިއުލާނާ ގުޅިގެން އަލުން ހުޅުވާލުމަށެވެ.
މިހާތަނަށް ޓޫރިޒަމް ތަރައްގީ ނުވާ ހއ. އާއި ހދ. އަދި ށ. އާއި ތ. އާއި ލ. ގެ އިތުރުން އައްޑޫގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 24 މަހުގެ މުއްދަތަކަށް ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކެލާ ފަޅުގައި ރިސޯޓް ތަރައްގީކުރުމުގެ އިއުލާން ބާތިލްކުރީ އެ ލުއިތައްދީ އަލުން އިއުލާންކުރުމަށެވެ.
ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ ފަޅު ތެރޭގައި ރިސޯޓެއް އަދި ހއ. ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގައި ކެލާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ކެލަ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައި ވަނީ ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެ ރަށާއި އެ ރަށް ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރެވޭނެ މަގުފަހި ކޮށްދެއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރުގެ މެމްބަރ
06 July 2025
ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝަރީފް ކުރިމަތިލާނެ ކަމަށް މިބަލަނީ
ޢަރުތަ
05 July 2025
ކެލާ ކޮންމެ ގެއެއްގެ ބޮޑުއަށި ތަންދޮށުގަ ރެސޯޓުއަޅާ ތަރައްޤި ކުރަން ނުބުނީ ކީއްވެބާ! މިވަރުގެ މީހުންދޯ، ބޮއެ ހަލާކު.
ސަލީމު އިދުރީސް
05 July 2025
ހަލާލު ޓުއަރިޒަމައް އޮތް ޑިމާންޑު މާ ބޮޑުކަމައްބުނެ ސަރުކަރުން ހަލާލު ޓުއަރިޒަމް ޕުރަމޯޓު ކުރަމުން މީހުން ދިރިއުޅޭ ރަށެއްގެ ފަޅުގަ ބިލިއަން ޑޮލަރު ހަރަދު ކޮއްގެން ހަރާމް ރިސޯޓެއް ތަރައް ގީކުރަން ހުއްދަދޭއިރު ސަރުކަރުން ވިސްނަންޖެހޭ ރައްތުންގެ ސިކުނޑި ތަކަން އަންބަދަލުވާގޮތުން އެފަދަ ރިސޯޓެއް ފަޅުތެރޭ އޮންނައް ބޭނުން ނުވެއްޖެނަމަ އިންވެސްޓަރައް ވާނެ ގެއްލުމާ ދެން އިންވެސްޓު ކުރަން ތިބި އިންވެސް ޓަރުންގެ ވިސްނުން ބަދަލުވާނެ ގޮތައް
ކެލާރައްޔިތުންގެތެރެއިން
05 July 2025
އެ ވިއްކާލީ ރޯމާ ދުވާލު މީހުން އުޅޭ ރަށެއް. ޑީލު އިނީ ނިމިފަ. ކަންހިނގަމުންދަނީ ސިންގަޕޫރުގަ. ދެވަނަދައުރެއްވެސް ނޫން ދޭންވީކީ. މެދުތެރެއިން ގެޔަށް ފޮނުވާލަންވީ.
އިއްޒަތު
05 July 2025
ސިކުނޑިއެއްހުރި އިންސާނެއް މިޤައުމަކަށް އިންވެސްޓްކުރާކަށް އަންނާނެހެން ހީއެއްނުވޭ! ޖީ އެމް އާރަށް ވެގެން ދިޔަގޮތް ސިންގަޕޫރުގެ އިންވެސްޓަރުންނާއި އެހެނިހެން ޤައުމުތަކުގެ އިންވެސްޓަރުންނަށް ޢިބުރަތަކަށްފުދޭނެ! މިޤައުމުގައި މިހާރު 3 ބާރު ވަކިވެފައިއޮތް ނިޒާމެއްނެތް އެކަން މުޅިދުނިޔެވެސް ޤަބޫލުކުރާނެ! މިހަޤީގަތް ޤަބޫލުކޮށް ދާދިފަހުން ޖުޑިޝަރީއަށް ސަރުކާރުން އަތްބާނައިގެންހޭވިހަޑިއާއި ކުޅުނުކުޅި ދުނިޔޭގެ ޤައުމުތަކުންވެސްތިބީ ބަލަން.
ރަމަ
05 July 2025
އިތުބާރުހިފޭ ޖުޑިޝަރީ ނިޒާމެއްނެތް ތަނަކަށް އިންވެސްޓްކުރަން އަންނާނެބަޔަކުނުވާނެ ފަނޑިޔާރުގެ ކޮންޓްރޯލްއޮތީ ވެރިމީހާގެ މުށުތެރޭގައި.
ފަރަންޖީ
05 July 2025
އައްޑޫ މީހުން ބްރިޖޭކިޔާ ގުނބޯ ހެއްދިގޮތަށް އުތުރުގެ މީހުންވެސް ގުނބޯ ހައްދަންދޯ ތިއުޅެނީ. ކެލާފަޅުގައި 156.2 ހެކްޓަރާއި 169.3 ހެކްޓަރުގެރަށެއް ހެދޭނެ ޖާގައެއްނެތް. ފިނިކޮޓަރީގައިނދެ ގޫގުލް މެޕްސްގަ ގޮޅިއަޅާފަ މިއޮތީރަށޭ ބުނީމަ ވަންޏާއެވީ. މީހުން އުޅޭ ރަށެއްގެ އިހްތިސާސް ތެރޭގައި ބިންހިއްކައިގެން ރިސޯޓް ހަދާނީ މޮޔައެއް. އިންވެސްޓަރު ސަލާމަތްނުވާނެ. ކާށިދޫފަޅުގަ ނެހެދުނީ ކީއްވެބާ؟ އެއްވެސް ރަށެއްގެ އަމިއްލަ ފަޅުގެ ތިހެން ހިއްކިފަނެތީ ކީއްވެބާ؟
ދިވެހިންގެ ރާއްޖެ
05 July 2025
ކުއްލި ކުއްލިއަށް ގާނޫނާއި ގަވާއިދާއި އުސޫލު ބަދަލުވަމުންދާ ގައުމެއްގައި އިންވެސްޓް ކުރާނެ އިންވެސްޓަރުން ނުތިބޭނެ. އަންނާނީ އަނެއްކާވެސް ސައޫދީ ޕްރިންސް.
ސަލީމު އިދުރީސް
05 July 2025
ސަރުކާރުންކެލާފަޅުގަ ރިސޯޓެއް ތަރައްގީކުރާއިރު ނުބުނޭ ކެލާފަޅުގަ ތަރައްގީކުރަނީ ކޮންކެޓަގަރީގެ ރިސޯޓެއް ކަމެއް!މިބުނީ ހަލާލު ރިސޯޓެއްތޯ ނުވަތަ ހަރާމް ރިސޯޓެކަންތޯ!ހަލާލު ޓުއަރިރިޒަމް ހަރާންމް ޓުއަރިޒަމް ހުންނައިރު މަގޭހިތައް އަރަނީ ކެލާ ރައްޔިތުން ބޭނުންވަނީ ކޮންވައްތްރެއްގެ ޓުއަރި ޒަމެއްބާއޭ!
އަކްމެޑް
05 July 2025
ތިޔަ ފަޅުހަލާކުނުކޮށް ވާންނެތީތަ?
ޢަރުތަ
05 July 2025
ފައްޓަރުބައި ވިއްކާލައިގެން ނަމަވެސް ބޭނުންވަނީ ފައިސާ، ފައިސާއަށް ވަރަށް ބޮޑަށް ބޫތުކައިގެން އުޅޭބައެއްތީ.