ލ.ގަން ލިންކުރޯޑު--
06 ޖުލައި 2025 - 12:44
މިއަދު ހެނދުނު ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9 ހާއިރު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ސައިކަލުން ދަތުރުކުރި ދެ މީހުންނަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސައިކަލުގައި ތިބީ ދެ އަންހެނުންނެވެ.
ގަމުގައި އެކްސިޑެންޓެއް ހިނގާފައި ވާއިރު، މިދިޔަ ބުދަ ދުވަހު ވަނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ފުވައްމުލަކުގައި ވެސް ނުރައްކާތެރި ދެ އެކްސިޑެންޓު ހިނގައިފަ އެވެ.
ފަހަކަށް އައިސް އެކްސިޑެންޓުތައް ހިނގާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
06 July 2025
މިކުދި ރައްތަކުގަ ފުރެވެޓު ކާރާ ސައިކަލު އެތެރެ ނުކުރެވޭގޮތް ހަދާ! ތަހުޒީބަކީ ކޮންމެ މީހަކު ސައިކަލެއްގަ އުޅުންކަމުގެ ވިސްނުން ދޫކޮއްލާ! އަމިއްލަ ވަންތަ ދަހުޒީބު ޕަބުލިކު ޓުރާސްޕޯޓެއް ގާއިމު ކުރަންޖެހޭ! މައްސަލައަކީ ވެރިކަމައް އައިސް ގައުމުގެ އިގުތިސޯދާ ނުބައްދަލު ބުރިޖުތަކާ ކަނޑު އަޑީގެ ބިއްލޫެރި ޓަނަލު ހަދަން ބޭނުންވާތި
ޏާއްކޮ
06 July 2025
ސަލީމު ތަންކޮޅެއް ބޯހަމަޖެހޭ އެއްޗެއް ކިޔާފި ހަހަހަ. ޕަބްލިކް ޓްރާންސްޕޯޓަށް ހަމަ ތާއީދު