އައިޖީއެމްއެޗް: ގަމު އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
14 އޯގަސްޓް 2025 - 14:01
ލ. ގަމުގައި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 9 ހާއިރު އެ އެކްސިޑެންޓް ހިނގީ ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ އެ ސައިކަލުގައި ތިބި ދެ އަންހެނަކަށެވެ.
އެ މީހުންނަށް ފަރުވާ ދިނުމަށް ފަހު ހާލު ބޮޑުވި އެކަކު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް، އޭނާ މިއަދު ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށް ދެއްވި އެވެ.
އެނގިފައިވާ ގޮތުގައި ނިޔާވީ ކ. ގުރައިދޫއަށް ނިސްބަތްވާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިޔުންތެރިން
14 August 2025
ބައެއް ނޫސްތަކުގައި އެއްދުވަހު ލިޔެފާނެ މަރުވީ، އަނެއްދުވަހު ނިޔާވީ؟ އަސްލު ރަނގަޅު ގޮތަކީ ކޮބައިބާ؟
އަލިފުތާ
14 August 2025
ދެގޮތްވެސް ރަނގަޅު. ނިޔާވުމޭ ބުނެވެނީ މަރުވުމުގެ މާތް ގޮތަށް. އިންސާނާ ދިރިހުރި އިރު ހުރުމަތްތެރިވެގެންވީ ފަދައިން މަރުވުމަށްފަހުވެސް ހުރުމަތްތެރި ވެގެންވޭ. މަރުވުމޭ ބުނެވެނީ ހަށިގަނޑުން ފުރާނަ ނެތިގެން ދިއުމަށް. ކޮންމެފަދަ ދަރަޖައެއްގެ އިންސާނަކަސް ހަގީގަތުގަ ވަނީ މަރު.