ފަޒީލް: ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނުކުމެވޭ ގޮތަށް އޭނާ ސަސްޕެންޑްކުރީ ފުލުހުންގެ ތަހުގީގަށް ޖާގަ ދިނުމުގެ ގޮތުން.
08 ޖުލައި 2025 - 15:43
ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލާގައި ސަސްޕެންޑު ކޮށްފައި ހުރި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މާދަމާ އިން ފެށިގެން ވަޒީފާ އިން ވަކިކުރަން އެ ކުންފުނީގެ ބޯޑުން މިއަދު ނިންމައިފި އެވެ.
ހުރިހާ ޒިންމާތަކަކުން ވަކިކޮށް، އޮފީހަށް ނުނިކުމެވޭ ގޮތަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލް ސަސްޕެންޑް ކުރަން ބޯޑުން ނިންމީ ޑިސެމްބަރު 19، 2024 ގަ އެވެ.
އެކަމަކު، އޭނާ ސަސްޕެންޑު ކުރަން ކުންފުނީގެ ބޯޑުން ނިންމާފައި އޮތީ މުސާރަ ހިނގާ ގޮތަށެވެ. ޕެންޝަނާއި އިންކަމް ޓެކްސް އަށް ކެނޑުމަށް ފަހު ކޮންމެ މަހަކު ފަޒީލް އަށް 63،000ރ. ލިބިވަޑައިގަންނަވަ އެވެ. އެހެންވެ، މިދިޔަ ހަ މަސް ދުވަސް ތެރޭ މުސާރައިގެ ގޮތުގައި އޭނައަށް 378،000ރ. ލިބިވަޑައިގެންނެވި އެވެ.
އެމްޑަބްލިއުއެސްސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ފަޒީލް މަގާމުން ވަކިކުރަން ނިންމީ ކުންފުނީގެ މަސްލަހަތު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ.
"މުހައްމަދު ފަޒީލްގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާ އެކު، އިސް މަގާމެއްގައި މުސާރައާ އެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމުގައި ބޯޑުން ދެކެވަޑައިންނަވަ އެވެ،" އެމްޑަބްލިއުއެސްސީގެ ޕޯސްޓުގައި ވެ އެވެ.
ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫނެވެ. އެކަމަކު އޭނާ އަށް ގޯތި ލިބި، ހަތަރު ފޫޓެއްހާ އުސްމިނަށް ހުރީ ވަށައިގެން ފާރު ވެސް ރާނައިފަ އެވެ.
އެ މަސައްކަތް ކޮށްފައި ވަނީ މައްސަލަ ފެންމަތިވިތާ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
09 July 2025
އަހަރުމެން ފެލަން ބޮޑެތިރޭޓްގަ ފެންބިލޮފޮނުވާފަ ކުރާކަމަކީމީ. މަސްލަހަތުތިއޮތީ ރަނގަޅަށް ހިމާޔަތްކުރެވިފަ
ޙަބަރޭ
09 July 2025
ޖަލުގައި ބާއްވަންޖެހޭ މީހެއް
ބިސްބެ
09 July 2025
ލިބުނު މުސާރަ ޙަލާލުވާނެތޯ
ރުންކުރު
09 July 2025
މިއީ އިހުލާސްތެރިކަމެއް ނޫން. މިއީ ސަރުކާރު ބޭނުންކޮށްގެން ވަކި މީހަކަށް މާލީ މަންފާ ހޯދާދިނުން. މިއަށް ކޮރަޕްޝަންއޭ ނުކިޔާންވީ އެއްވެސް ސަބަބެއް ނެތް
އާރުކާޓި
09 July 2025
ކުންފުނީގެ ބޯޑަށް ތި ބާރު އޮވޭތަ؟ ތިތަނަށް މީހުން އައްޔާނުކޮށް ވަކިކުރަނީ ރައީސް ނޫންތޯ؟
ތޫބާ ނާޒިމް
09 July 2025
ވައްކަން ހުއްޓުވަން އެޅުނު ވަރުގަދަ ފިޔަވަޅެއް މިއީ.
ސޮފްވާން.
09 July 2025
ވަރަށް އުފާވެރި ހަބަރެއް. ސަރުކާރުން ކަންކަން ފަސޭހައިން ދޫކޮށް ނުލާކަން މިފެންނަނީ.
ރެބަން ކަނޑާ ސަރުކާރު
09 July 2025
6 މަސްފަހުން ވީމަ ސަރުކާރުގެ ފެންވަރު ވަރަށް ރަގަޅަށް ދިވެހިންނަށް އިނގޭ! މި ވެރިކަމަކީ ދިވެހިން ދެކޭ އެންމެ ކޮރަޕްޓް ސަރުކާރު! 2 އަހަރު ވެގެން ދާއިރު އަދި އެއްކަމެއްވެސް ނުކުރެވޭ ރެބަން ކެނޑުން ނޫން!
ޑޮކްޓާރ. ބަނާނާ
09 July 2025
ޢަދި ކިރިޔާ !! ލަހެއް ނުވޭ ނޫންތޯ ފިޔަވަޅު އެޅުން ! ކަރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތަށް ޝުކުރާއި މުބާރަކު ބާދީ!!!
އާންމު މީހާ ބިގޭ
08 July 2025
ވަކި ތިކުރީ އެމްޑަބްލިއުއެސްސީ އެންމެ ރަނގަޅަށް ދަންނަ މީހާ. ދޯހަޅި ސަރުކާރަށް ދެން އަތް ޖަހާ
ކިއްލާ2222
09 July 2025
ވ ކަޑަ މީހެއް! މަ އެތާ 2005 ގަ ވޯކް ކުރިން! ކަރުމާ އެއައީ 2025 ގަ! ބަރާބަރު 1 އަހަރު ފަހުން! 2005 ގަ ޖުލައިގަ މަ ދިޔައީ އޭނަގެ ސަބަބުން!
ރިޕަބްލިކް އޮފް ޗިކަން
08 July 2025
ތަފާތު މޮޅެތި ޓެކްނިކާއި ޒަމާނީ އުކުޅު ބޭނުންކޮށްގެން ދިވެހިން ވައްކަމުގެ ދުނިޔޭގައި މީހޯދަމުންދާ ކާމިޔާބީއަށް އައްސަރިބަހާއި ސާބަސް. މީފަސޭހަ ކަމެއްނުން ކުރަން ނަމަވެސް މިބޭފުޅުންގެ ހިކުމަތްތެރިކާމާއި ތޫނުފިލި ސިކުނޑި އަދި ތަޖުރިބާ ވަރަށް މުހިންމު ރޯލެއްކުޅޭ. މީފަސޭހަކަމެއްނުން އެއްގޮތަކަށްވެސް ހަމަ އެއްގޮތަކަށްވެސް... މިމީހުން ހަމަ ބޯރަގަޅީ. ދިވެހިން މާބޮޑަށްވެސް ސިކުނޑި ރަގަޅީ.