ޚަބަރު / ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ދަށްވަމުންދާ ކަމަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތަކާ ގުޅޭ ގޮތުން މެމްބަރު ޝަމްހީދު މިއަދު ވަނި މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައި. -- ފޮޓޯ | މަޖިލިސް

ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ދަށްވަމުންދާ މައްސަލާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެމްޑީޕީގެ މެމްބަރު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމެވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 47 މެމްބަރުންގެ ތެރެއިން 37 މެމްބަރުން ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 10 މެމްބަރުންނެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ހުޅުމާލޭގައި އުޅެމުން އަންނައިރު އެތަަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން އާސަންދަ އެއްކޮށް ކަވަރުނުކުރާތީ ގިނަ ބަޔަކަށް ސަރުކާރު ހޮސްޕިޓަލުތަކުން ހިދުމަތް ހޯދަން ވަނީ މަޖުބޫރުވެފަ އެވެ. ހުޅުމާލެ ހޮސްޕިޓަލަށް މަހެއްގެ މައްޗަށް 15،000 މީހުން ޑޮކްޓަރަށް ދައްކަންދާ ކަމަށާއި އެކަމަކު ތަނުގެ ހިދުމަތްތަކާ މެދު އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނަަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގާއިމުކޮށްދިނުމާއި އެކަށީގެންވާ މިންވަރަށް ބަޖެޓު ނުދިނުމާއި ހިދުމަތް ދިނުމުގައި ކޮންމެހެން ބޭނުންވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނާއި ފަންނީ މީހުން މަދުވުމުގެ މައްސަލަ އެބަ އޮތް ކަމަށެވެ.

ކުއްލި މައްސަލާގައި ފާހަގަކުރި ކަންކަން:

- ހުޅުމާލޭ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެގޮތަށް ހިދުމަތް ދިނުމަށް އެކަށިގެންވާ މުވައްޒަފުން ނެތުން.

- މިހާރު ތިބި މެޑިކަލް އޮފިސަރުންނަކީ ތަނަށް ބޭނުންވާ ވަރަށް ވުރެ މަދު ބައެއް ކަމާއި ގިނައިރު މަސައްކަތްކުރަން ޖެހުމުން ބަލި މީހުން ބެލުމަށް ފޯކަސް ގެއްލޭކަން.

- ކުރިންސުރެ ދެމުން އައި އިތުރު ގަޑީގެ ފައިސާ ދިނުން ހުއްޓާލުމާ ގުޅިގެން ޑޮކްޓަރުން އިތުރަށް މަސައްކަތްކުރަން ބޭނުންނުވާކަން.

- އިތުރު ގަޑީގެ ފައިސާ ދިނުން ހުއްޓާލުމާ ގުޅިގެން ދިރިއުޅުމުގެ ކަންކަމަށް ފައިސާ ނުލިބުމާއި ސްޓޫޑަންޓް ލޯނު ދައްކަން ދަރިވަރުން ވަޒީފާ އަދާކުރަން އެހެން ތަންތަނަށް ދާންޖެހުން.

- އިންޓަވެންޝަން ކާޑިއޮލޮޖިސްޓެއް މިވަގުތަށް ނެތުމުން ހާޓްއެޓޭކެއް ޖެހިގެން މީހަކު ގެންގޮސްފި ނަމަ، ފަރުވާދެވޭނެ ގޮތެއް ނެތް ކަމާއި އައިޖީއެމްއެޗަށް ފޮނުވުން ނޫން ކަމެއް ކުރެވެން ނެތްކަން.

- މިވަގުތު ނިއުރޮލޮޖިސްޓެއް ނެތް.

- އިއްޔެގެ ވަގުތެއްގައި އެތަނުގެ ހިދުމަތް ގަޑިއިރަކަށް ހުއްޓިގެން ދިއުމާއި އެއީ ސާވާ މައްސަލައެއްގައި ދިމާވި ކަމެއް ކަމަށް ހޮސްޕިޓަލުން ބުނުމާއި އެފަދަ މައްސަލަތައް ދިމާވަނީ ތަނުގެ ހިންގުން ފުޅާވާ ވަރަަކަށް ވަސީލަތްތައް ތަރައްގީކުރަމުން ނުދިއުމުގެ ސަބަބުން ކަމަށް.

- މީގެ ހަފްތާއެއް ކުރިން ވެސް އެތަނުގެ ކަރަންޓުގެ މައްސަލައެއް ދިމާވެ ވަގުތީ ގޮތުން އޯޕީޑީގެ ހިދުމަތް އެހެން ތަނަަކަށް ބަދަލުކުރަން ޖެހުމާއި އޯޕީޑީގެ ހިދުމަތް ހޮސްޕިޓަލުން ދޭން ހަ ގަޑިއިރު ނެގިކަން.

އެހެންވެ، ހޮސްޕިޓަލުގެ ފެންވަރު ދަށްވާ މައްސަލާގައި އާންމުންގެ ކަންބޮޑުވުން އޮތުމުން އެކަން ސަރުކާރުގެ ސަމާލުކަަމަށް ގެނައުމަށް މައްސަލަ ހުށަހެޅިޔަސް މަޖިލީހުން ފާސްކުރީ މައްސަލަ ބޭރުކޮށްލާށެވެ.

ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގައި ގިނަ ބަޔަކު ހިދުމަތް ހޯދާ މި ހޮސްޕިޓަލުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަރަންޓު ކެނޑިގެން ވެސް އެތައް ގަޑިއިރަކަށް ހިދުމަތް މެދުކެނޑުނެވެ. ކަރަންޓަށް މައްސަލަ ދިމާވުމުން ވަގުތީ ގޮތުން އޯޕީޑީގެ ހިދުމަތް އެ ދުވަހު ދިނީ ހުޅުމާލެ 2 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކުންނެވެ.

ހޮސްޕިޓަލުގެ ހިދުމަތްތަކާ މެދު އާންމުންގެ ޝަކުވާ އިތުރުވެފައިވާއިރު އެތަން ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކޮށް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތާތާ

10 July 2025

ތިތަނަށް މަގޭ ދަރިފުޅު ބަލިވެގެން 2:30 ދިޔަ ގޮތައް ޑޮކް އަށް ދައްކަން ނަންބަރ އާއި ޖެހުނީ 5:30 ވަނީ އޭރު ކުއްޖާާގެ ހުން ހުރީ 39.9 އެވަރުންވެސް އެމިހުން އެކމަކައް ވަރުވާލެއް ނުބަހައްޓާ. ހަމަ ބުނަނީ ކިއު ތަރުތީބުންނޭ ދެވޭނީ. މަގޭ ޖެހުނީ ކުއްޖާ ގެއަށް ގެންގޮސް ބޭސް ދޭން. ނަންބަރު ޖެހިގެން ޑޮކް އަށް ދައްކަން ވަަދެފަ ނިމެންދެން އެހިތެރިއާ ޖެހުނީ ޑޮކްގެ ސުވާލުތަކައް ޖަވާބުދޭން ކޮޅައް ހުންނަން ޑޮކް އާއި އެކު 2 އެސިސްޓެންޓުންތިބި ފޯނާ ކުޅެން މި އީ މި މީހުންގެ ހާލަތު.ޑޮކް އަހާލި މިހާވަރައް ކުއްޖާގެ ހުން ހުރި އިރު ކީއްވެހޭ ތި މަޑުކުރީ ތަނުގެ ޓުރައިޖުން ނޫންތަ މިކަމާ އުޅެން ޖެހޭނީ. ޓާރޝަރީ ބޯރޑު އެޅުވުނީމަ އެނިމުނީ މިއީ ތިތަނުގެ ކަންތައް ހުރިގޮތް

The name is already taken The name is available. Register?

އުދަބާނީ އަލީ

09 July 2025

ހުޅުމާލެ ހޮސްޕިޓަލް، އަތޮޅުހޮސްޕިޓަލް އެއްގެ މަގާމުގައި، އައިޖީއެމްެޗްގެ ގޮނޑިކޮއްކޮ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގާހާދުވަހަކު ޚިދުމަތްތަށް ރަނގަޅުނުވާނެ. ވަކިން ހިންގާ ކޮންޕެޓެޓިވް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތަށް ބަދަލު ގެނައުމުން މައްސަލަ ހައްލުވާނެ.

The name is already taken The name is available. Register?

ރާއްޖެ

09 July 2025

ޚިދުމަތް އަބަދުވެސް ހުންނަ “ދަށް” ހިސާބުގަ ހުރީ. ތިއީ އަލަށް ވީ ކަމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454