ހއ. ވަށަފަރު ސްކޫލުގެ ސީލިންގު ވެއްޓިފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
10 ޖުލައި 2025 - 15:06
ހއ. ވަށަފަރު ސްކޫލު ކްލާސްރޫމެއްގައި ސީލިންގުން ބައެއް ވެއްޓި، ކިޔަވަން ތިބި ދެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ދެ ކުއްޖަކަށް އަނިޔާވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ކޮނޑުހުޅަށް ތަދުވާތީ އިތުރު ފަރުވާއަށް ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މިހާރު އެ ދަރިވަރު ވެސް ގެއަށް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކްސްރޭއެއް ނަގާލަން ގެންދިޔައީ ތަދުވާތީ. އެކަމަކު އެއްވެސް މައްސަލައެއް ނެތުމުން ދެ ދަރިވަރުން ވެސް މިހާރު ވަނީ ގެއަށް ދޫކޮށްލާފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.
އަނިޔާވީ ގްރޭޑް 9 ގައި ކިޔަވާ ދެ ކުދިންނަށެވެ.
މިނިސްޓްރީން ބުނީ ސީލިންގު ވެއްޓުނު އިމާރާތަކީ އެ ސްކޫލްގައި އެންމެ ފަހުން އިމާރާތްކޮށް ބޭނުންކުރަން ފެށި ތަން ކަމަށެވެ. އަދި މީގެ ފަސް އަހަރު ކުރިން، 2020 ވަނަ އަހަރު ބޭނުން ކުރަން ފެށި އެ އިމާރާތުގެ ސީލިންގުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެގެން އެކަން މިނިސްޓްރީއަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.
"މަރާމާތަށް އެއްޗެހި ގެންގޮސް ހުއްޓާ އެ ހާދިސާ ހިނގީ،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ޖުމްލަ 85 ކުދިން ކިޔަވަމުން އަންނަ އެ ސްކޫލުގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
11 July 2025
ބުނާނެ އެއްޗެއްނެތް ، އެމްޑީޕީ ވެރިކަމުގައި ކޮއްފައި ހުރި ހުރިހާ މަސައްކަތެއްވެސް ހުރީ މިފަދަ ހާލެއްގައި ، ތަންހަދާ ނުނިމެނީސް މަރާމާތު ކުރަންޖެހޭ ހާލަތުގައި ،
ސޭފްޓީ ފޮރ އަވަރ ކިޑްސް
11 July 2025
ސްކޫލުތަކުގަ ބުލީކުރުމެއް ނުހުއްޓުވޭ. ހަދާތާ ދެއަހަރުން އިމާރާތްތައް ހަލާކުވަނީ. ސުކޫލު ބޮލަށް ވެއްޓެނީ. ތަޅާފޮޅުމާ މާރާމާރީ. ސްކޫލަށް ފޮނުވައިގެން އެނގޭ އެއްޗެއް ނެތް ލަބޫބޫ ނޫނީ ނަރޫޓޯ. ހޯމް ސްކޫލިންއަށް ހުއްދަދޭންއުޅޭ!!
ރައުނި
11 July 2025
މާލޭ ސްކޫލެއްނޫންވީމަ މާބޮޑުކަމަކަށްނުވިއެއްނު. އެއިނަކުއްޖެއްގެ ފުރާނަ ނުދިޔަކަން ނަސީބު. މިފެންނަނީ ބޮޑު އަގުދީގެން ފަރުވާކުޑަކޮށް މަސައްކަތްކޮށް މީހުން ކަޓުނަގާގެން މަސައްކަތްކުރުމުންލިބޭ ގެއްލުން.
މުލޭ
10 July 2025
ތި މަސައްކަތްކުރި ކޮންޓްރެކްޓަރާއި ކޮންސަލްޓެންޓް ގެނެސް ވަރަގަދަ ޖޫރިމަނާއެއް ކޮށްލަބަލަ.
ފިނިބުރު
10 July 2025
އޭސީ ކުރެވިފައިނު އެހެރީ
ޖޮނީ
10 July 2025
ފުރަތަމަކަމަކަށް އެޑިއުކޭޝަން މިނިސްޓްރީއިން ބެލެނެވެރިންނަށް ޔަގީންކަންދޭންވެއްޖެކަންނޭގޭ އެމީހުންގެ ދަރިން ކިޔަވަން ފޮނުވާ ސްކޫލަކީ ރަގަޅުފެންވަރަކަށް ހެދި، ވަކި ސްޓޭންޑަޑަކަށް ހުރިތަނެއްކަން. އެވަރު ކޮށްދެވޭނެތަ؟
މުލޭ
10 July 2025
އެކަން ބަލައި ކަށަވަރު ކޮށްދޭން ވެސް ތިބީ އެރަށު މީހުން.
ކެސް ބައި ވާރޭފެން
10 July 2025
ގައުމުގެ މިއަދުގެ ހާލަތު މިފެންނަނީ ވެއްޓެމުންދާ ސީލިންގް ތަކުންނާއި ހިފެހެއްޓުމެއްނެތި މައްޗަށް އަރަމުންދާ ޑޮލާރޭޓުން. ދިރިއުޅުން ވަރަށް ދޯހަޅި، އެންމެން ނުތަނަވަަސް ކަމެއްގައި. ފިރިހެނެއްވެއްޖެއްޔާ ތުންފަތުގައި އަނދަމުންދާ ސިގިރޭޓެއް، އަންހެނުން ހޭލަމޭލަކަށް ކުދިން ސްކޫލަށް ފެރީކުރުމުގައި. މިހާރު ބިރުހީވާން ފަށައިފި. ކުއްޖާބަލައިދާއިރު ބޮލަށް ގޮތެއްވެފައި ހުރެދާނެތީ.
ރާވެރިބެ
10 July 2025
ވެރިޔާގެ ލަފާފުޅާ އިރުޝާދުގެ ދަށުން ވަރަށް ދިވެހި ގައުމިއްޔަތާގުޅޭ ގޮތަކަށް ސީލިން އަލުން ހަދާލާ. މިސާލަކަށް ރުކުގެ އުނބު ނުވަތަ އެފަދަ ތިރަށާ ގުޅޭ ދިވެހި އެއްޗަކުން ސީލިން ހެދީމަ ރީތިވާނެ.
ލޭންޑިންގް ކްރާފްޓް
10 July 2025
މަސައްކަތް ދިން ގްރޫޕެއް މަސައްކަތް ކުރުވި ގްރޫޕެއް އެނގެން އެބަ އޮތްތަ؟
1206
10 July 2025
ބިނާވެށީގެ އާންމު މިންގަނޑުތަކެއް ކިތަންމެ ފަށުވި ލަފުޒުން ލިޔެވިފައި ހުއްޓެއް ކަމަކު، އެތަކެތި ހިނގައިފައި ވިޔަސް ދުވެފައި ވިޔަސް ބަޔެއް ވިޔަސް އިމާރާތެއް ވިޔަސް އަނެކާ އަށް ގެއްލުމެއް ހާނީއްކަ އެއް އަނިޔާއެއް ނުއެއް ހުއްޓުވާނެ. ހަމަނުހަމަ ލިޔަނީ، އެކަންކަން ތަންފީޒުކުރުމަށް ޒިންމާ މަތިކުރެވޭ ބަޔަކު ތިބެގެން ޒިންމާދާރުކޮށް ތަންފީޒުކުރުމަށް. ގޮވަތި ގެދޮރާއި އެނޫން ވެސް އެފަދަ އެންމެހާ ތަންތަން ގަވާއިދުން އިންސްޕެކްޓް ކުރެވެންޖެހޭ.