ތިނަދޫ: އެރަށުގައި ވޭޕް ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހަކު ވަނީ ދޫކޮށްލާފައި --- ފޮޓޯ/މިހާރު
13 ޖުލައި 2025 - 17:59
ވޭޕާއި ސިނގިރޭޓު ވިއްކާކަމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ހައްޔަރުކުރި ފުލުހަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި މަސައްކަތްކުރާ ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހަކު ގާނޫނާއި ގަވައިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅޭ ގެ އާއި ސައިކަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަލައި ފާސްކޮށް، އޭނާ ހައްޔަރުކުރި ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ތަންތަން ބެލިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯ ސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 191.92 ގްރާމްގެ ތަކެތި ވަނީ ފެނިފަ އެވެ.
ނަމަވެސް އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރު ކުރަން ނެރުނު ކޯޓު އަމުރު ސައްހަ ނޫން ކަނޑައެޅުމަށްފަހު ބަންދުން ވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮފިޝަލް ވިދާޅުވީ ބަންދު އަމުރު އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުންގެ ވަޒީފާއިން އެ މީހާ ސަސްޕެންޑުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މިދިޔަ މަހު ފުލުހުންގެ ވަޒީފާއާ ގުޅުނު ފިރިހެނެކެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕް އެތެރެކުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި އެ ތަކެތި ބޭނުންކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެންވެ، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާނަމަ ޖޫރިމަނާ ކުރެވެ އެވެ.
މީގެ އިތުރުން އެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އެކަމަށް ހާއްސަ ލައިސެންސެއް ނަގައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުމާކު
14 July 2025
މައްސަލަ ބަލަން ތިބީ ކުށްވެރިންތާ އެހެންވީމަ. ކޮންމެސް ހުތުރު ޖަރީމާއެއްގައި ފުލުހަކު ނުހިމެނޭ ދުވަހެއް މަދު. އަހުން ހިތަށް އަރާ ކީއްވެބާއޭ މިލިޓަރީއާ އެއްވަރުގެ މުސާރައާ އިނާޔަތް ދީގެން ފުލުހުން ގެންގުޅޭއިރުވެސް އަހުލާގެއް ނެތީ؟؟. އެވަރުގެ ބަޔަކަށް ބޮޑު ސެލެރީއާ އިނާޔަތެއް ހައްގެއް ނޫން. ކުށް ނުހުއްޓުވޭތާ، ގޭންގު މައިތިރި ނުކުރެވޭތާ، އަދި އެހުރިހާ ކަމެއްގައި ތަންފީޒީ އިދާރާގެ މީހުން އެބަ ހިމެނޭ. ބޮޑު ވަރު.
ކުރަފިއެރުވުން
14 July 2025
ޚިނާނަތާއި ވައްކަން އަދި ނުހައްގު މުއްސަދިކަން ހޯދާފައި ތިބިމީހުން މަތިފަޑީގައި ތިބެގެން ކޮންކަމެއް ކުރެވޭނީ މަޖިލީހުންވެސް ހަދަނީ ހެޑްލައިން
ތިމާވެށި
14 July 2025
ބިދޭސީ ރަނގަޅު ގޯސް ވިޔަފާރި ތަކުގެ ނިވަލުގަ ފުލުހުން ގިނަ އިން އެބަ އުޅެ އެވެ .
ކޮރަލް
14 July 2025
ކުއްކުރީ ފުލުހެކެވެ. މައްސަލަ ބަލަނީ ފުލުހެކެވެ . ބައްޕަ އަކު ދަރިއަކު ބެލުން ކަހަލަ ކަމެކެވެ .
ސޫދު
14 July 2025
މީހެއިންވެސް މި އެގެނީ ގާނޫނު އަސާސީގެ ނުކުޅެދުންތެރިކަން. ކޯޓު އަމުރު ގޯސްވީ އެކަމަކު އޭނާގެ އަތުން ފެނުނު އެއްޗެހި އޭނާ ނުގެންގުޅޭކަމަށް ވާނެބާ؟ ހައްޔަރު ކުރަން ނަގާ ކޯޓް އަމުރު ގޯސްވެގެން މީހުން ކުރިމަތީގަ މީހަކު މަރާލާ އެތައް ވަރަށް ހެކި އޮޮންނަ އިރުވެސް ކުއްވެރި މީހާ ކޯޓުން ދޫވެގެން ދިއުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން. އޭގެއިން އެގެނީ ދެކޮޅުނުޖެހޭ ތާކުން ތާކު ނުޖެހޭ ގަަނޫނެއް އޮތްކަން
ޖަރީމާ ސާވިސްތޭ؟؟؟؟
13 July 2025
ކަލޭނޭ އަޅެ އެންމެ ހަފުތާއެއް ދޭތަ ފުލުހުން ޖަރީމައެއް ނުހިންގާ؟ ނޫސްތައް ހުޅުވާލާއިރު ފުލުހެއްގެ ކަމެއް ނޯންނަ ދުވަހެއް މަދު. އިއްޔެ އޮތީ ކޮއްތު ފައިސާ ކަޓުވާލި ވާހަކަ މިއަދު މިކަން
އިންޓެލް
13 July 2025
ބެކް ގްރައުންޑް ޗެކް ކޮށްފަ ހުރިލެއް ކިހާ ރަނގަޅު؟ އިންޓެލް އަދި އެމީހެއްގެ ރަށު ފުލުސް ސްޓޭޝަނަށް ޝުކުރިއްޔާ
ރާކަނި
13 July 2025
ތިޔައީ ވޭޔުވެދިޔަ ސަރުކާރުގެ ކަމެއް!
އަޅި އަލީ
13 July 2025
ދިވެހި ފުލުހަކު ނުކުރާނެ ކުށެއް! ޙުސް ޑްރާމާ ! ނިކަމެތި މީހެއްނަމަ ކުޅިދައްކާލައިފީސް!
ބަލި މަޑުކަން
13 July 2025
ކަންމަތީ ސޭޓުގެ ސައިޑު ހޮބީއަށް މިފަހަރު މިވީ ފުލުހުންގެ ވަޒީފާދޯ