އެކްސިޑެންޓުވި ސައިކަލްގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ ވަނީ ވޯޑަށް ބަދަލުކޮށްފައި
ރޭގެ އެކްސިޑެންޓުގައި ސައިކަލު ގޮސް ޖެހުނު ޕިކަޕް ނަގައިގެން ގެންދާއިރު، އޭގައި ޖެހުނު ސައިކަލް ބިންމަތީގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
14 ޖުލައި 2025 - 09:23
ރޭ ބޮޑުތަކުރުފާނު މަގުގައި 17 އަހަރުގެ ކުއްޔަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ އަކީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހުނު މީހާ އެވެ. އޭނާ ގައިގައި ސައިކަލުން ޖެހެނީ ކަސްރަތަށް ދުވަމުން ގޮސް، މާފަންނު ބަސް ޓާމިނަލް ކައިރީ އޮތް ޒިބްރާ ކްރޮސްއިން މަގުގެ އަނެއް ފަރާތަށް ދާން ދުއްވައިގަތް ވަގުތު ސައިކަލުން ޖެހިގެންނެވެ.
ރޭ 8:00 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދެވެ. އޭނާ އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު "މިހާރު" އަށް ބުނީ 40 އަހަރުގެ މީހާގެ ހާލު ސީރިއަސްކަމުން ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށާއި 16 އަހަރުގެ ކުއްޖާއަށް އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓުގައި ޒަހަމްވި މީހާ އާއި ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލަކުން ނުދެ އެވެ.
ނިޔާވި ކުއްޖާގެ ޖަނާޒާ އާ ސަހަރާގައި މިއަދު އަސްރު ނަމާދަށް ފަހު ބާއްވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
14 July 2025
ފޮޓޯއިން ފެންނަ ގޮތުން "ޕްރޮފެޝަނަލް" ބޭފުޅުންވެސް ސާމްޕަލް ނަގަން ވަދެ މިތިބީ އެއްވެސް ރައްކާތެރިކަމެއް ނެތި. ރަގަޅު ކޮއްލާ.
ހަސަންރަހާ
14 July 2025
އަސްތާ، ފުލުހުން މިތިބީ ޕިކަޕުގެ ދަށަށް ވަދެ! ތިޔައީ ކުރަން ނުވާ ވަރު ކަމެއް. ސޭފްޓީ ގަވާއިދުތަކާ ޚިލާފު އަމަލެއް!
ފަންވަތް
14 July 2025
މިފަދަ ކަންކަމަކީ ވ ހިތާމަވެރި ހާދިސާތައް. މިފަދަ ކަންކަމުން އިބްރަތް ހާސިލް ކުރަންޖެހޭ. ވެހިކަލް ދުއްވުމަށް އޮންނަ ގަވައިދަށް ދުއްވަން ސަމާލުކަން ދޭންޖެހޭ. ގަވައިދުތަކަށް ނުބަލާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ. މަގު ހިނގާ މީހުންނަށްވެސް ގަވައިދެއް އޮންނަންޖެހޭ. މަގު ހުރަސްކުރާ ރޮނގަކީ ބޭނުން އިރަކު ހުރަސްކުރާ ތަނަކަށް ވެގެން ނުވާނެ. ހިނގާ މީހާވެސް ޒިންމާ ކުރުވޭނެ ގޮތެއް އޮންނަންޖެހޭ.
ދޮންކަރާ
14 July 2025
ހިތާމައަކީ މިތާ ކޮމެންޓު ކުރާ ގިނަމީހުން ކޮމެންޓު ފޮނުވާފަ ދެންގޮސް ސައިކަލަށް އަރާފަވެސް ދުއްވާނީ ބާރަށްކަން އަދި ޒިބްރާ ކްރޮސްގައި މީހަކު ހުއްޓަސް ތަން ނުދައްކާނެކަން.
ފޮނިޓައްޕު ހަސަނު
14 July 2025
މިރައްޖޭގައި މޯޓަރސައިކަލް އެކްސިޑެންޓު ތަކުގައި މަރުވި ގިނަ މީހުން މަރުވެފައިވަނީ ބޮލަށް އަނިޔާ ވެގެން. ހައްލަކީ ހެލްމެޓް އެޅުން މަޖުބޫރު ކުރުވުން. ހެލްމެޓް އަޅަަން އުނދަގޫވާ ބަޔަކު ސައިކު ނުދުއްވާނީ.
ގާސިމް
14 July 2025
ސައިކް ބަހަށްޓާފަ ބަހަށް އަރަނިކޮށް ވަރަށް ގިނަ އެކްސިޑެންޓް މަދުވާނެ
ފެއިލްޑްޕޮލިސް
14 July 2025
ސިޓީކައުންސިލުން މިހާރު ވެއްޖެއެންނު މާލޭގެ މަގުތަކާއި ސިނަމާލޭ ބްރިޖާއި ހުޅުމާލޭގެ މަގުތަކުގައި އަލިގަދަ ބައްތި/ލައިޓް ހަރުކުރަން. މިޤައުމަކީ އެހާވެސް ފަގީރު ޤައުމެއްތަ، ރޭގަޑު މަގުތައް އެހާއަދިރީ؟
ށަވިޔަނި
14 July 2025
40 އަހަރުގެ މީހާގެ މައުލޫމާތު ހާދަސިއްރޭދޯ
ކާލިން
14 July 2025
ތި ފޮޓޯ ފެނިފަވެސް ބިރުގަނެއްޖެ. ހަމަ ބުއްދި ހުރި މީހަކު ތިހެން ނަގާފަ އޮތް އެއްޗެއް ދަށަކަށް ނުވަންނާނެ.
މަބުނީ
14 July 2025
މިކަމުގައި ކުއްވެރިވާނީ ދުއްވާ އެއްޗެހި ދުއްވުމުގެ ލައިސަންސް ނެތް އަދި އުމުރު ހަމަނުވާ ޤާނޫނީގޮތުން ކުޑަކުއްޖެއްގެ އަތައް ސައިކަލު ދިން އެ ސައިކަލުގެ ވެރިފަރާތް،
މުޖުތަމަޢުގެ ދައުރު
14 July 2025
ލައިސަންސު ނެތި ފާޅުގައި ސައިކު ދުއްވަމުން ދިޔަ އިރު، އެ ކުއްޖާގެ މައިން ބަފައިން ކޮބާ؟