އައިޖީއެމްއެޗް: ފައިނުގައި ހިނގި އެކްސިޑެންޓުގައި ދެ ކުއްޖަކާއި ސްކޫލްގެ ޕްރިންސިޕަލްގެ އިތުރުން ޓީޗަރަކަށް އަނިޔާވި.-- ފޮޓޯ | މިހާރު
29 ޖޫން 2025 - 09:37
ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި ދެ ކުދިން ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި އެކަމަކު ޓީޗަރަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެކްސިޑެންޓް ހިނގީ 18 އަަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލުގެ ދަރިވަރަކު ދުއްވި ސައިކަލަކުން، ކަސްރަތަށް މަގުމަތީގައި ހިނގަން އުޅުނު ރަށު ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ.
ފައިނު ސިއްހީ މަރުކަޒުގައި އެ ހަތަރު މީހުންނަށް ފަރުވާދިނުމަށް ފަހު އެންމެ ފުރަތަމަ ގެންދިޔައީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެެވެ.
އެކަމަކު ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭގެ ތެރެއިން ތިން މީހަކު އިތުރު ފަރުވާއަށް މާލެ ގެނަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ ފަރުވާއަށް ގެނައި 16 އަހަރާއި 14 އަހަރުގެ ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އެކަމަކު އެ ދެ ކުދިންނަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ފަރުވާއަށް ގެނައި ޓީޗަރު އަދިވެސް އޮތީ އައިސީޔޫގައި، ވެންޓިލޭޓަރުގަ އެވެ.
އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެ އެވެ.
އެ އެކްސިޑެންޓުގައި ޕްރިންސިޕަލަށް އަނިޔާވި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އުނގޫފާރު ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ކަސްރަތަށް ހިނގަންވީ މަގުގެ ކޮން ހިސާބަކުން ތޯ
29 June 2025
އަަވަސް ޝިފާއަކަށް އެދެމުން ދޮޅު ބަހެއް ވަރު ބުނެލާނަން. މީގަ ވަރަށް ގިނަ ވާހަކަތައް ދެކޮޅަށް ވެސް ދެއްކިދާނެ. 1)ލައިސަަންސް ނެތް ކުދީންނަށް ސައިކަލް ދިނުން 2)ލައިސަންސް ނެތި ދުއްވުން 3)ކަސްރަތަށް ހިނގާއިރު މަގުގެ ކޮން ހިސާބަކުން ތޯ ހިނގަންވީ 4)ސައިކަލަށް އެރުނީމަ ދުނިޔެ ރަންވެ އެކްސެލެރޭޓް ކުރުން 5)ދަރީން މައިންބަފައިންގެ ބަސް ނޭހުން .
ދައުވާ
29 June 2025
ތި ދުއްވަން ހުރި ކުއްޖާއަށް ދައުވާކޮށް ޖަލަށް ލާންޖެހޭ. އަދި ދަރިން ނުބަލާދޫކޮށްލާގެން އުޅޭ މައިންބަފައިންނަށްވެސް އަދަބުދޭންޖެހޭ
ލާރާ
29 June 2025
ތިކަމާ އުފާކުރެވޭކަށް ނެތް. ދެންވެސް ނިކުމެ އުޅެފާނެ އެ ފާޑަށް. ތިވީވަރު މަދު
ކޮރަލް
29 June 2025
ރަށު ތެރޭގެ ކަންކަން ބަލާ ނުލެވެ އެވެ. ކައުންސިލް ތައް ހުންނަނީ ނަމަކަށެވެ. އެންމެ ޖެޓީ އެއް ހުންނަ އިރު ވޯކް ޕާމިޓް ނެތް ބިދޭސީން އަރާ ފައިބައިގެން ދާއިރު ސުވާލުވެސް ކޮށް ނުލަ އެވެ.