18 އަހަރުން ދަށުގެ ދެ ކުދިން ދުއްވި އެ ސައިކަލު ޖެހުނީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި.
ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުދިން މާލެ ގެނައުމަށް ލޯންޗަށް އަރުވަނީ.-- ފޮޓޯ: ފައިނު އޮންލައިން
27 ޖޫން 2025 - 11:01
ރ. ފައިނުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުޑަކުދިންނާއި މީހަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލްގެ ދަރިވަރަކު ދުއްވި އެ ސައިކަލު ޖެހުނީ މަގުމަތީގައި ކަސްރަތަށް ހިނގަން ނުކުމެ އުޅުނު އެ ރަށު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގަ އެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ ކުދިންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. ފައިނުގެ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު ރޭ ވަނީ އެ ދެ ކުދިން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެ ކުދިންނަށް ފަރުވާ ދިނީ އެ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
ޕްރިންސިޕަލަށް އަނިޔާވި ނަމަވެސް އޭނާގެ ހާލު މިހާރު ސްޓޭބަލް އެވެ. އެކަމަކު، އޭނާއާ އެކު ހުރި ޓީޗަރުގެ ފަޔަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ހަސަން ފަޒީލް ދެންމެ "މިހާރު"އަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ ކުދިންނާއި ބޮޑު މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައުމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަނިޔާވި ދެ ކުދިން ރ. އިފުރު އެއާޕޯޓުން އެއާ އެއާއެމްބިއުލެންސްގައި މިއަދު ހެނދުނު 9:30 ހާއިރު މާލެއަށް ފުރުވާލާފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާ ވެސް މިއަދު މާލެއަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެންމެންގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
28 June 2025
މަގޭ ތަރައްގީގެ ތަސައްވަރަކީ ރާއްޖޭގެ އެއްވެސް ރަށެއްގަ ފުރަވެޓު ކާރާ ސައިކަލު ނުދުއްވޭ ގޮތުގަ އޮތުން! އަދި ރާއްޖޭގެ ރައްތައް ބައިސްކަލު ދުއްވާ ގޮތައް ފުލޭނު ކުރެވިފަ އޮތް ރައްތަކަކައް ވުން!
ސަލީމު އިދިރީސް
27 June 2025
ކިތެމެ ބޮޑު އިހުމާލަކުން ގެއްލުން ވިއަސް ދައުލަތުން ބޭސްކޮއްދޭ އިހުމާލުވި ފަރާތައް އަދަބެއް ނުލިބޭތާ ލޯލާރިއެއްވެސް ހަރަދު ކުރަން ނުޖެހޭ! ތެޅޭނެ ގޮތަކައް ޔެޅެއްވީ
ނަސދ
27 June 2025
މައިންބަފައިން ގެ އިހުމާލު، ކުދިންގެ ހައްގު، ފިޔަވަޅު ނޭޅުން. މީހުންނަކީ ތިކަންކަން ގިނަވާސަބަބު
ލާރާ
27 June 2025
ސައިކަލުގައި ތިބި ކުދިން (ވިސްނޭ މީހުންނަށް) އެއްޗެއް ވިސްނޭނެކަމަށް ހީކުރަން. މައްސަލަ ބަލާ ފިޔަވަޅު އަޅަން ގޮވާލަން.