ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުދިން މާލެ ގެނައުމަށް އިއްޔެ ލޯންޗަށް އަރުވަނީ.-- ފޮޓޯ: ފައިނު އޮންލައިން
28 ޖޫން 2025 - 13:04
ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެ ރަށުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ސްކޫލު ޕްރިންސިޕަލާއި ޓީޗަރަކާއި ދެ ކުއްޖަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން، ސީރިއަސް ޒަހަމްތައް ވި ތިން މީހަކު އިއްޔެ ހެނދުނު ވަނީ މާލެ ގެނެސްފަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތިން މީހަކަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެއީ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ ފިރިހެން ކުދިންނާއި 49 އަހަރުގެ ފިރިހެނެކެވެ.
ސްކޫލްގެ ޕްރިންސިޕަލާއި އިސްލާމް ޓީޗަރެއްގެ ގައިގައި ޖެހުނީ މި އަހަރު އޯ ލެވެލް ނިންމި ދަރިވަރަކާއި ގްރޭޑު 9 ގައި ކިޔަވަމުން އަންނަ ދަރިވަރަކު ދުއްވި ސައިކަލެކެވެ.
އެއާއެކު، ސީރިއަސްވެގެން މާލެ ގެނެސްފައިވަނީ ޓީޗަރެވެ. ޕްރިންސިޕަލަށް އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
"ޓީޗަރުގެ ގައިގައި ސައިކަލުން ޖެހި ވަރަށް ދުރަށް ވިއްސައިގެން ދިޔައީ،" ފައިނުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޓީޗަރުގެ ބޮލުގެ ފުއްކިބަ ފަޅައިގެން، މޭ މަށިގަނޑަށް ވެސް އަނިޔާވެފައިވާ ކަމަށް ވެ އެވެ. އެ ދެ ކުދިންނަށް ވެސް ސީރިއަސް ޒަހަމްތައް ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުވެލި
29 June 2025
ހާދަ ބާރަކަށް ދުއްވާލީމައޭ ތިވަރު ބޮޑެތި އަނިޔާ ލިބޭނީ. ތިންމީހުން ވެންޓިލޭޓަރުގަޔޯ.ތިކުދިންގެ މައިން ބަފައިން ފުރިހަމަ ޒިއްމާ ނަގަން ޖެހޭނެ. ދަރިން ބަލަނީކީނޫން ވިއްޔާ
ކޮރަލް
28 June 2025
ބައެއް ރަށް ރަށުގަ ކަންކަން އޮންނަނީ ވ ބޮޑަށް ދޫކޮށްލެ ވިފަ އެވެ. ބިދޭސީން ވެސް އުޅެނީ ބޭނުން ގޮތަކަށެވެ. ރަށުން ބޭރުގަ ފިރިމީހާ އުޅޭ އިރު ބިދޭސީ މީހާ ހުންނަނީ ގޭގަ އެވެ. ރަށްރަށުގަ ބިދޭސީ އެކަމޮޑޭޝަން ތައް ވަކި ކުރަން ވީ އެވެ. ތިން މީހުން އެއް ވެހިކަލް އެއް ދުއްވާތަން ވެސް ފެނެ އެވެ. ހޭލުންތެރި ކުރުވަން ވީ އެވެ. މައިން ބަފައިންނާ ކައުންސިލް ގެ ދައުރު ފުރިހަމަ އަށް އަދާ ކުރަން ވީ އެވެ.
އަޅި އަލި
28 June 2025
" މި އަހަރު އޯ ލެވެލް ނިންމި ދަރިވަރު" އުމުރު ކިހާވަރެއްތޯ! ލައިސެން އޮތްތޯ! ދެންވެސް ގޯސްވާނީ މަގުކަންނޭގެ!
ކުދިން ބެލެނިވެރިޔާ
28 June 2025
ފުރިހަމަ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ، ސަރުކާރުން ހުއްދަދީގެން އެސައިކަލު އެތެރެކޮއްފަހުރީ، އެސައިކަލުން ޖެހި މީހުންނަށް އަނިޔާވީ، އެ ނެތްނަމަ އެހެންނުވީސް
ަސދދސަފ
28 June 2025
ސައިކަލު އުފެއްދުމަށް ދަނގަޑު މައުދަން ނެގި މީހުން ކުށްވެރި ކުރަމާ.
ރަދީފްއޮފިޝަލް / ސައިކަލް
28 June 2025
އަވަސް ޝިފާއަކަށް އެދެން.ލައިސަންސް ނެތް ކުދިން ދުއްވަން ސައިކަލް ދިނީ ކާކުބާ؟؟ މިމީހަކު ހޯދައި ފިޔަވަޅު އަޅަން ޖެހޭ.
ވަގުންގެރާއްޖެ
28 June 2025
ވެންޓިލޭޓަރު ވާވަރަށް އެބަހުރިތަ؟ ކޮވިޑު ދުވަސްވަރު 75 ވެންޓިލޭޓާރު ދުބާއިން ގަންނަވެގެންނޭ ބުނެ 30 މިލިއަން ރުފިޔާ ކާލި ބަޔަކުވެސް މިގައުމުގައި އެބައުޅޭވިއްޔަ
ސީ އެމްބިއުލާންސް ގައި........
28 June 2025
އެއީ ލޯންޗެކެވެ. އެހައި ބޮޑަށް އަނިޔާވެފައި ތިބި ބަޔަކު ލޯންޗެއްގައި ލަކި ޖަހުވަމުން ކަނޑުމަތީ ދުއްވީމައި، އަނިޔާ އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.
ކޮކީ
29 June 2025
ކޮއްކޯ އެއްގަމުގަ ދުއްވާ އެމބޫލަންސްވެސް އެވަރަށް ލަކި ޖަހަމުން ދާނީ. ވީޔާ ވާނީ އެޔަށްވުރެ ބާރު ދުއްވާލެއްވެސް. ފަރުވާ އަވަހަށް ދެވޭ ތާކަށް ގެންދިއުން ބޭނުމަކީ. ގެއްލުންވެސް ވާނެ އެކަމަކު މަޑުމަޑުން ލަހުން ދިޔުމަށް ވުރެއް އަވަހަށް ގެއްލުންވިޔަސް ހެޔޮލަމަށް ގެންދަން ޖެހޭ ދެވެން އޮތް ގޮތަކަށް.
ގާސިމް
28 June 2025
ސައިކަލް ދުއްވީ ލައިސަންސް އޮތް ބައެއްބާ. ސައިކަލްގެ ވެރިފަރާތުން ކުޑަކުދިން ތަކެއްގެ ފުރާނައަށް ގެއްލުންވާފަދަ ގޮތަކަށް ސައިކަލް ގެންގުޅެނީބާ. މައިންބަފައިން މިކަމުގަ ކުއްވެރި ކުރަނީ ސަރުކާރުބާ. އެކްސިޑެންޓް ހިންގި މީހުންގެ ހައްގު ހޯދައިދޭން ޖަމްއިޔާތަކުން ނުކުންނަނީ ކޮއްއިތަކުބާ؟
ފުރޭތަ1
28 June 2025
މިހާރު ކުދިކުދި ރަށްރަށުގަވެސް ބައިސްކަލެއް ނުފެނެ ލޮލަށްވެސް. އެންމެން ސައިކަލުގަ. އަވަސް ހައްލެއް ބޭނުންވާ ކަމެއް، ދުވެލި މަޑު ބާރަށް ނުދުއްވޭ ބެޓެރި ސައިކަލަށް އެކަނި ކުދި ރަށްރަށުގަ ހުއްދަ ދޭންވާނީ.
ކޮސްބެ100
28 June 2025
ހޫމް އަހަރެމެން ރާއްޖެތެރެވީމާ ހިނގާފައުޅެންވީ
ކޮވިޑް ހަސަން
28 June 2025
އަހަރެމެންނަށްވެސް ހުޅުމާލެއިން ފްލެޓެއް ދީބަލަ، މުއްސަދިންނާއި ގާތް މީހުންނަށް ބަހާހެން. އޭރުން މި ކުޑަރަށުގައި ސައިކަލް ނުދުއްވާ ހުޅުމާލޭގައި ސައިކަލް ދުއްވަން ދާނަން
ލާރާ
28 June 2025
ހީކުރާ ކަހަލަ މަގުމައްޗަކީ ހިތުހުރި ގޮތަކަށް ބޭނުންކުރާ ތަނެކޭ. މިހާރު އެއްޗެއް ވިސްނޭނެ. ހީވޭ ކަމެއްހެން