ފައިނުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުން.-- ފޮޓޯ: ފައިނު އޮންލައިން
26 ޖޫން 2025 - 23:41
ރ. ފައިނުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ ކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގީ ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.
އެމީހުންނަށް ފައިނު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އުނގޫޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް "މިހާރު" ވިދާޅުވި ގޮތުގައި އަނިިޔާވި މީހުން އެ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 9:35 ހާއިރެވެ.
އެ އެންމެނަށް ވެސް އިމަޖަންސީ ރޫމުގައި ފަރުވާދެމުން އަންނައިރު، އަނިޔާވެގެން ގެނައި 18 އަހަރުން މަތީގެ ދެ ފިރިހެނުންގެ ހާލު މިހާރު ސްޓޭބަލް ކަމަށް ފަޒީލް ވިދާޅުވި އެވެ. އެކަމަކު 18 އަހަރުން ދަށުގެ ދެ ކުދިންގެ ހާލު ވެސް ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނޫނެވެ.
ފައިނުގައި ސައިކަލެއް އެކްސިޑެންޓުވެފައި-- ފޮޓޯ: ފައިނު އޮންލައިން
ފަޒީލް ވިދާޅުވި ގޮތުގައި މިހާރު ސީޓީ ސްކޭން ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
އެމީހުންނާ ގުޅިގެން ވަކި އެއްޗެއް ޑޮކްޓަރުންނަށް ދެންނެވޭނީ ސީޓީ ސްކޭނަށް ފަހު ކަމަށާއި ލިބުނު އަނިޔާ ނުވަތަ ފަރުވާއަށް މާލެއަށް ފޮނުވަންޖެހުނަސް އެކަން އެނގޭނީ އެއަށް ފަހު ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރޭތަ1
27 June 2025
މިހާރު އެއްވެސް ރަށެއްގެ މަގުމަތިން ބައިސްކަލެއް ނުފެނޭ. އެންމެން ސައިކަލުގަ. ކުދި ރަށްރަށަށް ސްޕީޑް ދަށް ބެޓެރި ސައިކަލަށް އެކަނި ހުއްދަދޭން ފެނޭ
އިންސްޓޯލްމަންޓް މަނާކުރޭ
27 June 2025
އަވަސް ޝިފާއަކަށް އެދެން. ހުރިހާ ވެސް މައްސަލައަކީ 1000 ރުފިޔާ ދީފައި 200 ޕަސެންޓް ޑިއުޓީ ނަގާ ސައިކަލު ގަންނަން ލިބެން ހުރުން. މިއަދު ސްކޫލު ނިންމާ ކުއްޖާ ވެސް ގޮއްސަ މީހަކު އަތުން ދަރަންޏަށް ލާރި ނަގައިގެން ވިޔަސް 18 އަހަރު ފުރޭ އިރަށް އެ ހޯދަނީ ޖުމުލަ އެއްލައްކަ ރުފިޔާ ދޭންޖެހޭ ސައިކަލެއް. ސައިކަލަކީ އަހަރުމެން ދުވަސްވަރު އެތައް ދުވަހަކުން ލާރި އެއްކޮށްގެން ގަންނަ ހަރުމުދާ. އޭގެ އަގާ ގެންގުޅެންޖެހޭ ގޮތް އަހަރުމެންނަށް އިނގިގެން އޭރު ގަންނަނީ.
ފަހުބެޗު
27 June 2025
ޜަނަޅު ވާހަކައެއް ތިބުނީ ވަޒީފާއަށް ނިކުމެވެސް ބައެއް ކުދިން އުޅެނީތިހެން މެސްރޫމްގަ ތިބެ ކަމުން ކާޓޫނު ބެލުމާއި އަގުބޮޑު ސެންޓްޖެހުމާއި ބާރު ސްޕީޑްގަ ސައިކަލު ދުއްވުމާއި ފަހުންދޭގޮތަށް މީހުންއަތުން ލަރިހޯދުން މަހުގެ 15 އާއި ހިސާބަށްދާއިރު ސިގިރޭޓު ހޯދަން މީހިން ކައިރިއަށް ދިއުން ހިމެނެއެވެ. ނުވިތާކަށް މީހުންގެ ކަބަޑުގަ ހުންނަ އޯމޯފުޅިއާއި ޝަވަޖެލްފުޅިވެސް ބޭނުން ކޮއްލަނީއެވެ މީހިންގެ ދަތްއުނގުޅާ ބުރުސްވެސް ބޭނުންނުކުރާކަމެއް ނޭގެއެވެ
ރަދީފްއޮފިޝަލް / ކޮސް ބެރާ
27 June 2025
އަވަސް ޝިފާއަކަަށް އެދެން.ސައިކަލަކަށް އެރުނީމަ ދުނިޔެ ރަންވަނީތަ.ކުދި ރަށް ތަކުގަ ސައިކް ނުދުއްވާ ހިނގާފަ އުޅެން ހިނގާބަލަ.
ޞަހި
27 June 2025
އެއީ ރ.އަތޮޅުގައި އޮންނަ އެންމެ ބޮޑު ރަށް
ސަލީމު އިދުރީސް
27 June 2025
މިގައުމަކުނެއް ފުރެވެޓު ކާރާސައިކަލުގަ އުޅެއް ޖެހޭވަރު އެއްވެސް ރަށެއްނެއް! އެއްމެ ބޮޑު ތަނަކައް އޮތީއައްޑުއާ ލާމު އެވެސް ދިގުމިނުގަ އެންމެ 19ވާރަވަކައް ކިލޯމީޓަރު ދުއިސައްތަ މީޓަރު ހަމަނުވާތަންނާއެކު ދިގުމިން ގުނަނީ! އެއްރަށުން އަނެއްރަށާ ދޭތެރޭ ފުރިހަމަ ބަހުގެ ނިޒާމެއް އޮތީމަ ފުދޭނެ!އަމިލަޔައް ދާނަމަ ބައިސް ކަލުގަދާން ދުރެއްނުވާނެ އަދި ރާއްޖޭގަ އުސްގަނޑުތައް ނުހުންނާތި ބައިސްކަލު ދުއްވަން ބުރައެއްނުވާނެ!ފަސޭހަ ކޮއްލަންޏާ އީބައިގެން ހޯދިދާ
އެމްސް
27 June 2025
ވިލިމާލެއަކީ އެއްޗެތި ނުދުއްވާ ތަނެއް ގޮތުގަ އޮތަސް ފުލުހުން އުޅެެނީ ފައިމަގަކުއެއް ނޫނެވެެ!