މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް މެޓް އޮފީހުން ރެޑް ކްރެސެންޓާއެކު އެއްބަސްވުމެއްގައި ސޮއިކުރުން.-- ފޮޓޯ: މެޓް އޮފީސް
14 ޖުލައި 2025 - 15:32
މޫސުމީ ބަދަލުތަކާއި ކާރިސާތަކަށް އާންމުން ހޭލުންތެރިކުރުވަން މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ދިވެހި ރެޑް ކްރެސެންޓާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު ހާއްސަ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެމްއޯޔޫގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ އެވެ.
Planned activities under this initiative include engaging volunteers in community-based weather monitoring and early warning efforts, as well as providing humanitarian-focused training for staff of the Meteorological Service. pic.twitter.com/G3PJxul46m
— Maldives Meteorology (@MetMaldives) July 13, 2025
މެޓް އޮފީހުން ބުނި ގޮތުގައި، އެ އެމްއޯޔޫގެ މަގުސަދަކީ މޫސުމީ ބަދަލުތަކާއި ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ދުރާލައި ދެވޭ އިންޒާރުތަކާ ގުޅޭ ގޮތުން އާންމުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް، ދެ މުއައްސަސާއިން އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމެވެ.
އެ އެއްބަސްވުމުގެ ދަށުން، އާންމުން ބައިވެރިކޮށްގެން މޫސުމީ ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ އެވެ. އަދި މެޓް އޮފީހުގެ މުވައްޒަފުން އިންސާނީ އެހީތެރިކަން ދިނުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ފަހިކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދޭ
15 July 2025
އަދިވެސް އެލާޓް ޑައިރެކްޓް ފޯނަށް ފޮނުވޭވަރެއް ނުވޭދޯ. ތަރައްގީ