ގިރާވަރުފަޅު މަތިން ނަގާފައިވާ ފޮޓޯއެއް.
15 ޖުލައި 2025 - 10:54
ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކަން 35 މިލިއަން ޑޮލަރު (539 މިލިއަން ރުފިޔާ) ހަރަދުކުރިއަސް މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލްކުރަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމުން ބޭއްވި "އަހާ ފޯރަމް" ގައި އާއްމު މީހަކު ކުރި ސުވާލަކާ ގުޅިގެން މުއްތަލިބު ވިދާޅުވީ ގިރާވަރުފަޅު އަދި ހުޅުމާލެ 3 ހިއްކަން، ކުރީގެ ސަރުކާރުން ދެ ކުންފުންޏެއް މެދުވެރިކޮށް ހަވާލުކޮށްފައިވަނީ އެއް ކޮންޓްރެކްޓަރާ ކަމަށެވެ. އެއީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އެވެ.
އޭގެ ތެރެއިން، ގިރާވަރުފަޅުން 160 ހެކްޓަރުގެ ބިން ހިއްކަން ދީފައިވަނީ ސަރުކާރުގެ ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަނުންނެވެ. ހުޅުމާލެ ފޭސް ތިނެއްގެ ގޮތުގައި 63 ހެކްޓަރު ބިން ހިއްކަން ހަވާލުކުރީ އެޗްޑީސީންނެވެ.
މުއްތަލިބު ވިދާޅުވީ ގުޅިފަޅުން ގޯތި ދޭ ގޮތަށް ގިރާވަރުފަޅުން ވެސް އަވަހަށް ގޯތި ދޭން ޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލުކޮށް ރަޖިސްޓަރީ ހަދަން ފެށިއަސް ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ހިއްކުމުގެ މަސައްކަތް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ ކަމަށް ކުރީގެ ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ. އޭގެ ތެރެއިން، ގިރާވަރުން ގޯތި ލިބުނު މީހުންގެ ބައެއް ގޯތިތައް ވަނީ ގުޅިފަޅަށް ބަދަލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެގްރިމެންޓު ހަދައި އެޑްވާންސްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދެ ފަހަރެއްގެ މަތިން 20 މިލިއަން ޑޮލަރު ނުވަތަ 308 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެ އެގްރިމެންޓް ހަދާފައި އޮތް ގޮތުން އެޑްވާންސް ފައިސާ ދިނުމުން ވެސް އެ ފަރާތުން ޑިމާންޑުކުރީ، މުއްތަލިބު ވިދާޅުވި ގޮތުގައި އޭރު ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދިނުމަށެވެ.
ޕީއެސްއެމުން ބޭއްވި އަހާ ފޯރަމްގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން މި ސަރުކާރުން އިތުރު 15 މިލިއަން ޑޮލަރު ވަނީ ދީފަ އެވެ. ނަމަވެސް އެ ފަރާތުން ޑިމާންޑުކުރި އަދަދަށް ފައިސާ ނުދިނުމުން މަޝްރޫއު ވަނީ މަޑުޖެހިފަ އެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން އެ ފަރާތުން ހިއްކާފައި ވަނީ 20 މިލިއަން ޑޮލަރަށް ވާ ވަރަށް މަސައްކަތް ކޮށްފައިވަނީ. ނަމަވެސް، އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 20 މިލިއަން ޑޮލަރު ދީފައި އޮތީމަ އެ ބޭފުޅުން 15 މިލިއަން ޑޮލަރު ދިނަސް މަސައްކަތް ކުރާކަށް ބޭނުމެއް ނުވި،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީއެމްސީސީއާ އެކު ހަދާފައިވާ އެގްރިމެންޓު ބާތިލްކުރަން އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު، މިހާތަނަށް ވެސް އެކަމަށް ހައްލެއް ނާދެ އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ ކޮންޓްރެކްޓަރަށް ބަދަލެއް ނުދީ އެގްރިމެންޓު ބާތިލްކުރުމަށެވެ. ނަމަވެސް، މީގެ ކުރިން ކަންކަން ހިނގާފައިވާ ގޮތަށް ހަވާލާދީ އޭނާ ވިދާޅުވީ ސީއެމްސީސީން އަބަދު ވެސް ކޮންޓްރެކްޓު ހަދާފައި ހުންނަނީ އެއްބަސްވުން ބާތިލްކުރުމުގެ ވިސްނުމުގައި ކަމަށެވެ. އެ އަށް ފަހު، ގެއްލުމުގެ ބަދަލު ހޯދަން ކަމަށް ބުނެ އާބިޓްރޭޝަނަށް ހުށަހަޅައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އުސޫލުތަކުގެ ތެރެއިން ރަނގަޅަށް އެގްރިމެންޓު ބާތިލްކުރަންޖެހޭ ކަމަށާއި އެހެން ނޫނީ މި ފަހަރު ވެސް ބޮޑެތި ބަދަލުތައް ދޭންޖެހިދާނެ ކަމަށާއި އެގްރިމެންޓު އޮތީ ސަރުކާރަށް ގެއްލުންވާ ގޮތަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތްކުރަނީ އެގްރިމެންޓު ޓާމިނޭޓުކުރެވޭހާ އަވަހަކަށް އަޅުގަނޑުމެންނަށް ގިރާވަރުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދެވޭތޯ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރޭތަ1
15 July 2025
މީހަކު ވޯޓު ހޯދަން ހާވާފަ ހުރި ހަޑި. ފައިސާ ހަމަ ނުޖައްސާ ރަށްރަށުގައި ނަރުދަމާ އަޅަނީ ކަމަށް ބުނެ ވަޅު ކޮނެފަ ވުޖޫދުގަ ނެތްތަންތަނުން ގޯތި ދީފަ ކަން ނުވާވަރުގގެ މީހުންނަށް ބިން ހިއްކަން ހަވާލު ކޮށްފަ ހަޑިހޭވީ
2060
15 July 2025
މާލެ ސަރަހައްދަށް ގިނަމީހުން ބަދަލްވާ ވިސްނުން ހުރިނަމަ، ރައީސްނަޝީދްގެ ކެމްޕޭނަށް ގެންގުޅުނު ތަސައްވުރު ރަނގަޅު (ހިންމަފުށި ހުރާ ތުލުސްދޫ ދިއްފުށި) މެގަ ޕްރޮޖެކްޓަކަށް ހަދަން.
ދޮންދީދީ
15 July 2025
ތި ސީއެމްސީ ކުންފުންޏަކީ ތިގޮތަށް ބަދަލު ހޯދާ ކުންފުންޏެއްތޯ މިހާރުން ރިސާޗެއްކޮށްލާފަ އާޓިކަލެއް ލިޔެލަދީބަލަ. މިސަރުކާރުން ލައްކަ ވާހަކަ ދައްކައިފި. އެކަމަކު އެމީހުންނާ މިސަރުކާރުންވެސް އެގްރީމެންޓުތައް ހެދިކަން އިނގޭ. މިއުޅެނީ ހަގީގީ މައްސަލައެއްތޯ، ނޫނީ ކުރީސަރުކާރުންފެށި މަޝްރޫޢުތައް ނުގެންދާން ދައްކާ ބަހަނާއެއްތޯ ނޫނީ ރީލޯޑްނުވެގެންތޯ ސާފުކޮށްލަދީބަލަ. މަށަކަށް އެއްވެސް ކޯޓުލިޔުމަކުން އަދި ނޫހަކުން މިމީހުންނަށް ބަދަލެއް ދިންކަން ނުފެނުނު.
މަ ބުނީ
15 July 2025
ދެން އެއްކަލަ ޕްރިންސް އާއި އަހުރެމެންގެ ރައީސް ބިންގާއެޅި މާލީ ބޭންކް ހޮޅިއަށްވެ ނިމުނީތޯ!
ޢަލީ ކުރުސީ
15 July 2025
އެއްޗެހި ސޮއި ކުރުމާއި، ބާތިލް ކުރުމާއި، އަލުން ފެށުމާއި ހުއްޓާލި ވާހަކަ ނޫނީ ނީވޭ! އެއްވެސް ކަމެއް ކުރިޔަށް ނުދާކަން އެނގެނީ! މަސައްކަތް ކުރުވާފަ ފައިސާ ނުދޭކަން އެނގެނީ!
އަހުމަދު މުހައްމަދު އަލީ
15 July 2025
ތިޔަކަހަލަ ކުންފުންޏެއްކަން އެނގި މި ޤައުމުގެ ޕްރޮޖެކްޓް ތައް އެމީހުންނަށް ދިނުން އެއީ ގައުމަށް ޣައްދާރުވުން ކަމުގައި ނުވާނެ. ތިޔަކަހަލ ކުންފުނިތައް ބްލެކްލިސްޓްކޮށް ދުވަހަކު ވެސް ރާއްޖޭގެ އެއްވެސް ކަމެއް ބައިވެރި ނުވެވޭނެ ގޮތް ހެދުމާއި އެފަދަ ކުންފުނީގެ މަޢުލޫމާތު ދުނިޔޭގެ ހުރިހާ ޤައުމަކަށް އެނގޭނެ ގޮްތ ހެދުމަކީ އެކަމާ ހަވާލުވެ ތިބި ބައެއްގެ ޒިންމާއެއް. ނާގާބިލް ކޮރަޕްޓް މީހުން ކަންކަމާ ހަވާލުވީމަ ވާގޮތް.
ތެދުވެރި ސަރުކާރު
15 July 2025
ރައްޔިތުންގެ އުމުރުން 5 އަހަރު ބާކީވެ ދަނީ
ޔަހޫދީވީމަ ވަރަށް އަވަސްވާނެ ބޭޒާރުވާލެއް.
15 July 2025
ސްލޮޓް ބަދަލުވިކަން ބުނެލަން ތިއުޅޭ ވައްތަރުންވެސް. ގާބިލްކަން އުތުރި އަރާކަން އެނގޭ.
ދެން ބާތިލްކޮށްފަ ޓަނަލް އަޅާ.
15 July 2025
ކުރީ ސަރުކާރުގެ އޮފްކަނޑުވަން އުޅޭވަރަކަށް އޮފްވާތަން މި ފެންނަނީ.
ރިލޯޑް
15 July 2025
މިސަރުކާރު ހީވަނީ ހޮވިދާނެތީ ބިރުން އުޅޭހެން. ތޮއްޖައްސަން ހިފާފައި ހުރި ވަކި ވަރަކަށް ނޫން. މުޅި ރާއްޖެ ފަޅު. މިގޮތަށް ރައްޔިތުްނ ވޯޓު ނުދޭނެކަން ޔާމީނަށްމިހަރު އެނގޭނެ.ދެން ތިބި މީޙުންނަށް އަދިވސް ހަމަނޭގެނީ ނޫނީ ދަމުން ކަޓުކައި ނަރަކައިން ޖާގަ ބޭނުންވަނީ