އެއާޕޯޓް ޓެކްސީ ކިޔު: އާ ޓާމިނަލް ހުޅުވުމަށް ފަހުގެ ތައްޔާރީތައް ވަމުން އަންނާތީ ޓެކްސީ ކިޔުއަށް ވަނީ ބަދަލުތަކެއް ގެނެސްފައި- ފޮޓޯ: ނިޝާން އަލީ / މިހާރު
19 ޖުލައި 2025 - 18:57
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް މި މަހުގެ 26 ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން، އެއާޕޯޓުގެ ޓެކްސީ ކިއު ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް މާދަމާ އިން ފެށިގެން ބަދަލުކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ، ހުޅުލޭގެ ދެކުނު ފަރާތުގައި މިހާރު އޮންނަ ކާރު ކިއު ޑޮމެސްޓިކް ޓާމިނަލް ކައިރީގައި އޮންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުުމާ އެކު، އެ ކިއު ބެލެހެއްޓުމުގެ ކަންކަން އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކުރަމުން ގެންދާނެ ކަމަށެވެ.
އެމްއޭސީއެލް އިން ބުނީ، ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް މާދަމާ އިން ފެށިގެން ކާރުތަކަށް މަޑު ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ޑޮމެސްޓިކް ޓާމިނަލަށް މީހުން ގޮވައިގެންދާ ކާރުތައް މަޑުކުރަން ޖެހޭނީ އިންޓަނޭޝަނަލް ޓާމިނަލަށް ދާ ކާރުތައް މަޑުކުރަން ހާއްސަ ކޮށްފައިވާ ސަރަހައްދަށް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
އެއާޕޯޓަށް ދާ އެމްޓީސީސީގެ ބަސްތައް މާދަމާ އިން ފެށިގެން މަޑުކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސް ސްޓޮޕަށް އެކަންޏެވެ.
އާ ޓާމިނަލް ހުޅުވުމަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނާތީ މިދިޔަ ބުރާސްފަތު ދުވަހު ވަނީ ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމައިފަ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެމްއޭސީއެލުން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމ
20 July 2025
ވަގުތީ ކަމެއްތަ ނޫނީ ދާއިމީ ކަމެއްތަ؟ އެވެސް އަނގާލިއްޔާ ރަނގަޅު
ޔޫނުސް22
20 July 2025
ޓާމިނަލް ކުރިމަތިން އެވާ ދޮތާށިތަކަކީ ޕެސެންޖަރުން އަރާފައިބާ ދިމާނަމަ އެއީ ވަރައްބޮޑު މައްސަލައަކައްވާނެކަމައް ދެކެން. ކާރެއްގަ އަންނަމީހާވެސް އެހުރިގޮތުން ވަދެނިކުމެ ވެވޭނީ ވިއްސާރަމޫސުމެއްވިއްޔާ ތެމިފޯވެގެން. މާދަމާ އަނެއްކާ މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެއަރޕޯޓް ޑްރޮޕްއޯފް ޕިކްއަޕް ޒޯނެއް ހަދާނީ ތޯއްޗެއް. ރާވާފަވާގޮތެއް ބަލަންތިބެމާބަހީ ދޯ!
މަރަކަށް
20 July 2025
ޓެކްސީއަކީ ދަތުރުވެރިންވެސް ފެލާ ބައެއް. ހިތަށް އެރި އަގެއް ނެގުން މިހާރުވެސް އެމީހުންގެ އަސްލު ސޫރަޔަކީ. އެކަމަކު ބަހަކީ ފުދުންތެރިކަން ކުޑަ އެހެނަސް އެހެން ގޮތެއް ނެތުމުން ވައިގެ ދަތުރުކުރާ މީހުން ދަތުރު ނިންމާފައި (ޚާއްސަކޮށް ހުޅުމާލެޔަށް ދާ މީހުން) ބޭނުންކުރާ މުހިންމު ވަސީލަތެއް. ބަހަކީ ޓެކްސީހެން ކިޔުއެއްގައި މީހުން އަރަންދެން މަޑުކުރާ އެއްޗެއް ނޫން. ބަހަށް މީހުން އަރުވަންހަދައިގެން ޓްރެފިކް ޖެހިގެން ޑެޑްލޮކްވެ މަގުތައް ބަންދުވިތޯ ތި ތާނގަ؟
ބޑބލ
20 July 2025
ތިޔަ އުޅޭ ސިޔާސީ ޕރ ޕޓީތަކުގެ ނާގާބިލްކަން. މިއީ. އެމްއޭސީއލް ފަދައިން އެތެރޭގެ އުދުހުންތައް ސީޕްލޭނ ްއޮންނަންވާނީ ދިވެހިން އަތުގައި. އެއީ މީގެ އެންމް ޕްރޮފިޓަބަލް ސެްކްޓަރ ޓޫއަރިޒަމާ ގުޅިފައިވާ. އެކަން އެއީ ބޭރުމީހުންނަށް 100 ނުކުރެވޭ ިއންޑަސްޓްރީތަކުގައި ހިމަނާ މަނާކުރަންޖެހޭ. އެވަރުގެ އުރައްޕެއް ހުރި ވެރިއަކު ހޯދަންވީ!
ޔަގީނޭދީ
20 July 2025
މަގުހަދަން ތިއަޅާ ތާރުތައް ކަނޑަން ތިބޭނެ އޮގަސްޓް މަހު. ދެވަނަ ފަހަރަށް ކުރަން ނުޖެހޭގޮތަށް ނުކުރާނެ އެއްވެސް ކަމެއް
އިބުރ
20 July 2025
މިވަރުން ދަންޏާ ހުޅުވާ ދުވަހާއި ކުރީ ދުވަހު ރަސްމިއްޔާތައް ތައްޔާރުވުމަށާއި ރައީސުންގެ ސެކިއުރިޓީގެ ސަބަބުތަކަށްޓަކައި އެއަރޕޯރޓް ވަގުތީގޮތުން ބަންދުވެސް ކޮށްފާނެ.
އުދުހޭ
19 July 2025
ލައިނުގަނެގެއް ހުޅުވަން އުޅެނީ. އަސްލު ތަން ރެޑީހެނެއް ހިއެއްނުވޭ.
މުއްތު ކުމާރު
19 July 2025
މާދަމާ އިން ފެށިގެން ތި ތަނަށް ނައަންނޭށޭ ބުނަންވީ އެއް ނޫން!