ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ބޭރުން ވެހިކަލްތައް ދަތުރުކުރަނީ: އެ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާ ވަގުތުގައި އާންމު ވެހިކަލްތަކަށް އެއާޕޯޓަށް ނުވަދެވޭނެ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ޖުލައި 2025 - 22:45
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ރަސްމިއްޔާތު ކުރިއަށް ގެންދާ ވަގުތުގައި އާންމު ވެހިކަލްތަކަށް ފަސް ވަރަކަށް ގަޑިއިރަށް އެއާޕޯޓަށް ނުވަދެވޭނެ ކަމަށް އެމްއޭސީއެލުން މިރޭ ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ ޓާމިނަލް ހުޅުވުމަށް ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތުގެ އެންމެހައި ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް، އެ ދުވަހު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެ ރޭ 7:00 އިން ފެށިގެން 11:30 އަށް އާންމު ވެހިކަލްތަކަށް އެއާޕޯޓް ބަންދުވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
• އެއާޕޯޓަށް ވަންނަ މަގާއި ޓާމިނަލް ސަރަހައްދަށް ވަދެވޭނީ ހުއްދަ ދީފައިވާ އުޅަނދުތަކަށް އެކަނި.
• އެ ވަގުތުތަކުގައި ޓެކްސީ އާއި އަމިއްލަ މީހުންގެ އުޅަނދުތަކަށް އެއާޕޯޓުގެ ޕޮލިސް ޕޯސްޓާއި އިރުމަތީ ފަރާތު ޕާކިން ސަރަހައްދަށް މަޑުކޮށް، ޓާމިނަލް ސަރަހައްދަށް ދިއުމަށް އެމްއޭސީއެލްގެ އުޅަނދުތަށް އެރޭނެ އިންތިޒާމު ހުންނާނީ ހަމަޖައްސައިފައި.
• މި ބަދަލު ގެނަޔަސް، މާލެ އާއި ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރާ ފެރީތަކާއި ބަސްތަކުގެ ހިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެ.
"މިފަދަ ކޮންމެ ވަގުތެއްގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ،" އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާން މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް ވިދާޅުވި ގޮތުގައި، އާ ޓާމިނަލް ހުޅުވުމަށް މާލެ ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވާ ވަގުތާ ދިމާކޮށް ދޮޅުގަޑިއިރަށް އެ އެއާޕޯޓުގެ ވައިގެ ސަރަހައްދު ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ލަމްއާން ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ގަޑީގައި ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައިވާނެ ކަމަށެވެ.
"އެ ގަޑީގައި ފުރަން އަންނަ މީހުން ޕޮލިސް ޗެކް ޕޯސްޓާ ހިސާބުން އަޅުގަނޑުމެންގެ ވެހިކަލްއަކަށް ޓްރާންސްފާ ކޮށްގެން ޓާމިނަލަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައި. އާންމު އުޅަނދުތަކަށް އެ ވަގުތު އެއާޕޯޓަށް ނުވަދޭނެ،" އޭނާ ވިދާޅުވި އެވެ.
ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރި ނަމަވެސް، ފްލައިޓްތަކުގެ ޗެކިން މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ އާންމުންނަށް ފުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެއްަޔާގެ ދަރި
23 July 2025
އާ ޓާމިނަލްގައި ބޯހިޔާވާނެ ގޮތެއް ނެތް. ވާރޭ ވެހެންޏާ ހަމަ ތެމިގެން ވަންނަންޖެހޭނީ.
ސޫކުސްތާނު
23 July 2025
އެއާޕޯޓް މައްޗަށް ބަނަ ވިލާގަނޑެއް އެބައަރާ.
ދެންފަހެ
23 July 2025
ރަސްމިއްޔާތު ބޭއްވުން ކޮންމެހެން ލާޒިމުހެން ހީވަނީ. ތާރީހީ ދުވަހަކަށްވެގެން ރިބަން ކަނޑާތަން ފޮޓޯ ނަގާލީމަ ނިމުނީ. ތިކަމަށްދާ ފައިސާ ހަރަދުކުރުން މާ އައުލާކަންބޮޑު ކަންކަން އެބަހުރި.
ސިރީސަރ
23 July 2025
ހުރިހާ މުވައްޒަފުން ނެރެގެން އާ ޓާމިނަލްގައި ލަވަ ކިޔައި ޓިކްޓޮކް ކުޅެ ބޮޑިބަތްކަނީ. 22 ޖުލައި 2025 ދުވަހު ހަވީރު އެއަޕޯރޓަށް ބަލި މީހަކު ބަލައި ކާރުގައި ދިޔައިން. އެތަނުގައި ވާންވީ ކިހިނެއްކަން އެނގޭނެ އެއްވެސް މީހެއް ނެތް. ކިޔާދޭނެ މުވައްޒަފުން ނެތް. ޓާރމިނަލުން ނުކުމެގެން ބަލި މީހާ ކާގޯ ސަަރަހައްދަން ދާން ޖެހުނީ ވާރޭގައި ތެމިގެން. ކާރު މަޑުކުރަންވީ ތަނެއް ތަރުތީބެއް ނެތް. ވެރިކަންކުރަނީ ރައްޔިތުންނަށް. ރައްޔިތުންނަށް އުނދަގޫވާގޮތަށް ހުރިހާކަމެ
ހުސެން ސައީދު
23 July 2025
ޕްރައިވެޓް ވެހިކަލް ތަކަށް އަބަދުވެސް ގެސްޓް ހައުސް ވެހިކަލް ކައިރި ކުރާ ތަނުން ބަލިމީހުން ނަގައިގެން ދެވޭނެ މައްސަލައެއް ނެތި.
އަސްލީ
23 July 2025
ވެރިންގެ ވަގުތީ އުފަލަކަށް 5 ގަޑިއިރަށް އާންމު ރައްޔިތުން ބަންދުކުރުން ބަލައެއް ނުގަނެވޭ.
އަފްރާސިޔާބު
23 July 2025
ބަލައިނުގަންނަންޏާ އަހަރެމެން ކުރާކަމެއް ހުއްޓުވޭނެތަ؟ ބަލަ ދިވެހިންގެ އެއަރޯޓޭ އެއީ. މުއިއްޒުގެ ތަރިކައިގައި ހިމޭކަމެއްނޫނޭ އެއީ.
ރާގޮނޑި ރާޖާ
24 July 2025
ބަލަ ދިވެހިންގެ އެއާރޕޯރޓަށް ވެފަ ތަރިކައިގައި ނުހިމެނޭތީއޭ ދިވެހިންނަށް ބަންދު ނުކުރަންވީ!
ރާވެރިބެ
23 July 2025
5 ގަޑި އަކީ ވަގުތު ކޮޅެއް ނޫން. އެކަމަކު ތިކަން ކުރަން އެބަޖެހޭތާ
އުދުހޭ
22 July 2025
ޚަރަބު ލިބޭގޮތުގައި އަވަސްއަރުވައިގެން އެއަރޕޯޓް ހުޅުވުމަށް ގެނައި ބަދަލުތަކުގެ ސަބަބުން ޓެކްސީ ކިއުގައި ގަޑިއެއްހާއިރު ހޭދަކުރަންޖެހޭ ކަމަށްވަނީ. ވާރެޔާ ހިޔާވެވޭނީވެސް ކިއުގެ ކުރީގަ ތިބޭ މީހުންނަށް. އެއަރޕޯޓުގަ މަސައްކަތްކުރާ އެތަށް ބައެއްގެ ވަގުތުތަށް ބޭކާރުވަނީ އަދި އެތަށް ފައިސާއެއް ޓެކްސީތަކަށް ހޭދަކުރަންޖެހެނީ.
ރތޔހ
23 July 2025
ތިޔައީ ކަނޑައެޅިގެން ބޮޑު ދޮގެއް. އަހަންނަކީ މި ސަރުކާރަށް ތާއިދު ކުރާ މީހެއް ނޫން، އެކަމަކު ތިޔަ ބުނީ ހަމަ ސީދާ ރޯ ބުހުތާނު ދޮގެއް. އަހަރެންނަށް ކަމުގެ ހަގީގަތް އެނގޭތީ މި ބުނަނީ ޔަގީންކަމާއި އެކު. ސިޔާސީ މަގްސަދުގައި ވިޔަސްވެސް ފިތުނަ އުފެއްދުމަކީ ވަރަށް ނާތަހުޒީބު، ދަށުދަރަޖައިގެ ކަމެއް.