ނ. މަނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅަނީ. -- ފޮޓޯ: ރައީސް އޮފީސް
22 ޖުލައި 2025 - 10:31
ނ. އަތޮޅުގެ ރަށްތަކުން ސިއްހީ ހިދުމަތަށް ބަރޯސާވެފައިވާ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅީ ނ. އަތޮޅުގެ 13 ރަށަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގަ އެވެ.
އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި އެ މަސައްކަތް ހަވާލުކުރި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އާއި އެ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކްގެ އިތުރުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހެވެ.
މަނަދޫގައި ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން އެމްޓީސީސީއާ އެކު ސޮއި ކުރީ މިދިޔަ އަހަރުގެ އޭޕްރީލް 20ގަ އެވެ. އެއީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެ ތަންތަން ނިންމަން 185 މިލިއަން ރުފިޔާއަށް ދީފައި ވަނީ ދެ އަހަރުގެ މުއްދަތެކެވެ.
ނ. މަނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މިނިސްޓަރު ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހޮސްޕިޓަލުގެ އާ އިމާރާތާއެކު އިތުރު އާ ހިދުމަތްތަކެއް ތައާރަފް ވެގެންދާނެ ކަމަށެވެ. އޭގެތެރޭގައި ފިޒިއޮތެރަޕީ އާއި މެންޓަލް ހެލްތު އަދި ސްޕީޗް ތެރަޕީ ފަދަ ހިދުމަތްތައް ހިމެނޭކަން ފާހަގަކުރެއްވި އެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އާއްމު އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހަދާ އިމާރާތެކެވެ.
އޭގެ އިތުރުން ހަކަތައަށް ކުރާ ހަރަދު ކުޑަކުރަން އެ ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކޮށް ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަނާއި މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
22 July 2025
ކުންފުނިތަކާ ޕްރޮޖެކްޓްތައް ހަވާލުކުރަނީ ރައްޔިތުންނަށް ދަޅަދައްކަން. ޕްރޮޖެކްޓުތައް ހަވާލުކޮށްފައި، ކުންފުންޏަށް ފައިސާނުދީ މިބުނަނީ ކުރާށޭ ކުރާށޭ މިވަނަ ތާރީޚަކަށް ނިންމާށޭ. ކޮބާ ކުރިންކުރިން ދަތުރުތަކުގައި ބިންގާއެޅި ތަންތަން ކުރިއަށް ދޭބާ! މިއީ ހަމަ މައުމޫނުގެ ވެރިކަމުގައި ކަންހިނގިގިތައް ކަންކަން ހިންގާ ސަރުކާރެއް
އ އަހްމަދު
22 July 2025
ތިޔަކަހަލަ ހާދަބިންގަލެއް ރިއާސީ އިންތިހާބްގެ ކެމްޕޭންތެރޭގަވެސްއެޅިއޭ އަދިވެސް އެތަންތާގަ ޢިމާރާތްތައް ފެންނަގޮތެއްނުވޭ ކިހިނެއްދެން ހަދާނީ
އެއް.
22 July 2025
ތިގޮތަށް މ މުލީގައިވެސް ހޮސްޕިޓަލަކާ ކޯޒްވޭ އެއްގެ ބިންގާ އަޅާފައި އެބަހުރި. ހަރާން ކުރާ އެއްވެސް މަސައްކަތެއް.
ހޫރޭއިބޫ
22 July 2025
ތިތަނަށް ހުސްނީ މުބާރަކު ވަންނަންޖެހޭތަ؟ މީ ނާޖާއިޒު ކެންޕޭނު ކުރުން.
ދޮން ހަސަނު
22 July 2025
ކަޅުކުލައިގެ ގަމީހެއް ލައިގެން އެހެރީ ކައުންސިލް ރައީސް ކަމަށް ނެރޭ ސޮރުތަ. ފޮޓޯއިން ބުނެދޭކަހަލަ އެސޮރު ނުހޮވައިފިއްޔާ ޕްރޮޖެކްޓް މަސައްކަތް ކުރިއަށް ނުދާނޭ.
އެޑްމުންޑޯ
22 July 2025
ބިންގާފަށެއް އެބައަޅާ ، ހަރާން ބަޔަކަށް ލޮލަކުން ނުފެނޭ ކުރާ މަސައްކަތެއް ،
ދިއްދާ
22 July 2025
ތިކަން ކުރަން ޕްލޭނެއް ނެތް ކަން ކަށަވަރު.... ފަހަތުގައި ހުރި ބޯޑުގައި ތަނުގެ ކުރެހުންވެސް ފެންނާކަށް ނެތް. ދެރަވަރު ކަންކަން މިހުންނަނީ. ތިރަަށުގެ މީހުންނަށް ކެތްތެރިކަން ދެއްވާށި އަދި ތިތަން ދެކެން ރަށު ރަށްޔިތުންނަށް ދިގު ޢުމުރެއް ދެއްވާށި.
ހެހެ
22 July 2025
ތިކަހަލަ ކިތަންމެ ގަލެއްވެސް ބޭއްވިދާނެ. އެކަމަކު ތިޔަ ގާ ފީވެގެންދާއިރުވެސް މަށަކަށްހީނުވޭ ތިޔަތަނުން އިތުރު ގަލެއް ފެނިދާނެހެން.
ޝައިޚް
22 July 2025
މިސަރުކާރައް 2 އަހަރުވާންދާއިރު ބިންގާއެޅުނު އަދަދުވެސް ނޭންގޭ، މަސްރޫއު ހަވާލުކޮއް ސޮއި ކުރެވުނުއަދަދުނޭންގޭ، އެމް.އޯ.ޔޫ. ހެދުވަރުނޭންގޭ، އެކަމަކު ހަރާން އެއްވެސް މަސްރޫއެއް ނުހިންގޭ، އެމް.ޑީ.ޕީ. އިން ހަދާފަހުރި ތަންތަން ހުޅުވަން ބޮޑު ޚަރަދުކޮއްފަ ސަރުކާރު އިސްތިހާރުކުރުން ނޫންކަމެއް ނުކުރޭ،
މަނަދޫ ހަސަނު
22 July 2025
2024 އެޕްރީލް 20 ގައި ސޮއި ކުރީ. 2025 ޖުލައި 21 ގައި ބިންގާ އެޅޭވަރުވީ. މި 5 އަހަރު ތެރޭ ތިތަން އެޅިއްޖެއްޔާ ރަގަޅު.
ސަބަބު
22 July 2025
ބިންގާ ބަރީ އެހެންވެ.
އުދުހޭ
22 July 2025
ވަށާފާރު ރޭނުން 2026 ކަމަށް ބަލަމާ
ހެލްމެޓް
22 July 2025
2 އަހަރު ދުވަހުން ނިންމަން ހަވާލުކުރި ތަނެއްގެ ބިންގާ ދޮޅު އަހަރު ފަހުން އެޅީމަ ބާކީ 6 މަސްތާ އިންނާނީ މަސައްކަތް ނިންމަން. މުއިއްޒު ސްޕީޑް ކިޔާލާ އަޑުވެސް މިހާރު ނީވޭ.