އޭލެވެލްގެ އެއްވަނަ ހާސިލްކޮށް ރައީސްގެ ހާއްސަ ސްކޮލާޝިޕް ލިބުނު 11 ދަރިވަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާއެކު ޖަލްސާގައި--- ފޮޓޯ: ރައީސް އޮފީސް
22 ޖުލައި 2025 - 19:41
ސްޓޫޑެންޓް ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
އެ ލޯން ސްކީމުގެ ދަށުން މި އަހަރު ހުޅުވާލި 500 ފުރުސަތަށް އެދި 1،338 ދަރިވަރުން ކުރިމަތިލިއިރު އޭގެ ތެރެއިން 806 ދަރިވަރަކު ލޯނަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި މިއަދު ވަނީ ވަގުތީ ލިސްޓު ނެރެފަ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް، ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް އަންގަވާފައިވާ ކަމަށެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް (806 ދަރިވަރުން) ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ވާނީ ދަންނަވާފައި.
— Dr Mohamed Muizzu (@MMuizzu) July 22, 2025
ރައީސްގެ ޕޯސްޓުގައިވާ ގޮތުން ވަގުތީ ލިސްޓުގައިވާ 806 ދަރިވަރުންނަށް ވެސް ލޯނު ލިބޭނެ އެވެ.
ވަގުތީ ލިސްޓު މިއަދު ނެރުމަށް ފަހު އެ ލިސްޓާ މެދު ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ހުށަހެޅުމަށް އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުސަން
23 July 2025
ތިޔެއް ނުލިބޭނެ·
ވޮޗްމޭން
23 July 2025
އެއްވެސް އުސޫލެއް އަމާޒެއް ނެތި ރައީސްގެ ނުވަތަ ރަސްކަމު ޒަމާނުހެން އިރުޝާދާއި ލަފާފުޅު މަތިން ގައުމުގެ ކަންތައްތައް ކޫރިމައި ގައުމު ދާނީ ގޯސް މިސްރާބަކަށް. ނިޔަތް ކިތަންމެ ހެޔޮ ވިޔަސް ކަންކަން ކުރަންވާނީ ޕްލޭންކުރެވި ޓާގެޓް ތަކެއް ކަނޑައެޅި ހާސިލްކުރާނެ ކަންކަމެއް ނިންމައިގެން. މިކަމަށް މިއަހަރުގެ ބަޖެޓްގައި ކޮންމެވެސް އަދަދެއް ޖަހާފައިވާނެ ނޫންތޯ؟ އެ އަދަދު ބޮޑު ކުރަނީ ކޮން އުސޫލަކުންތޯ؟ ބަޖެޓް ހިތު ހުރި ގޮތަށް ބޭނުންކުރަން ދީގެން ނުވާނެ.
އަންނަ ބުރާސްފަތި
23 July 2025
ޑރ. ރމ ހުރިހާ އެންމެންނަށް ދޭން ބުނިޔަސް! އަންނަ ބުރާސްފަތި އަންނަ ބުރާސްފަތި މިނިސްޓަރު ހުރީ ތިކަމާ ހަވާލުވެގެން! އެހެންވީމަ، 2026 ކައުންސިލް އިންތިޙާބުގެ ކުރިން ވާނެ ކަމަށް ބަލަމާ! މި އަހަރު އަންނަ ބުރާސްފަތި އިންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ!
23454
23 July 2025
އަމިއްލަ ގޮތުން ކިޔެވުން ފެށުނީމަ މާ ދެރަގޮތްތައް ވަނީ. މައިން ބަފައިންނަށް ފައިސާ ލިބޭ މިންވަރު ދައްވެއްޖެނަމަ ސަރުކާރުންވެސް އެކުދިންނަށް އެހީތެރި ނުވޭ. ސަރުކާރުން ފައިސާ ނަގައިގެން ކިޔަވަން ފެށީމަ ދައުލަތަށް ހަރަދު ބޮޑުވާއިރުވެސް އެންކަރޭޖު ކުރަނީ ލޯނު ނަގަން. އަމިއްލައަތުގަ ފައިސާ ހުއްޓަސް ހަމަ ލޯނަށް ދާން މަޖުބޫރު ކުރުވަނީ. އެނޫން ގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކުރަން އެބަޖެހޭ.
މައްލީ
23 July 2025
އަސްލުގަ ޕައިލެޓް ސްލޮޓްތައް އިތުރު ނުކުރިއެއް ކަމަކު ކިޔެވުން ފުރިހަމަ ކުރުމަށް އެކުދިންނަށްވެސް ފައިސާ ހަމަޖައްސައި ދެއްވުމީ އިންސާފުވެރި ގޮތް. އެހެން ނުހެދީމަ އެތައް އާއިލާއެއް/އާއިލާއެއްގެ ދަރިންނެއް އެތިބީ ކިޔެވުން ފުރިހަމަ ނުކުރެވި ކުރިން ނެތި ލޯނު ދައްކަންޖެހި ނުދެއްކި ވަޒީފާއެއް ނުލިބި. ސަރުކާރުން ޕައިލެޓް ކޯހުގެ އާ ސްލޮޓް އެސައިން ނުކުރިއަސް ކުރިން ކިޔަވަމުންދާ ދަރިވަރުންނަށް އެހީތެރިވާންވާނެ. އިންސާފަކީ އެއީ.
މޫނިސާ
23 July 2025
ޕައިލެޓް ޓްރޭނިންގ ހަދަން ގޮސް ތިބި ކުދިންނަށް އެންމެ ދެރަކޮށް ސަރުކާރުން ކަންކަން ކުރަނީ. ޕައިލެޓް ޓްރޭނިންގަ އެތައް ދުވަހެއް އެބަވޭ ބައެއް ފަހަރު. އެހެން ވުމުން ލިވިން އެލަވަންސް ބޮޑުވެ އަދި ފްލައިޓް އަވަރސް ހަމަނުވެގެން ތިބެން ޖެހުމުން ކުރިން ދިން ލޯނުން ނަުވަތަ މައިން ބަފައިން އެއްކުރި ފައިސާ ކޮޅުން ނުވުމުން އެތައް ހަރަދެއް ކުރުމަށްފަހު ފައިސާ ނެތި ކުރި ހަރަދު ބޭކާރުވެފަ ތިބި ކުދިންނަށް ރައީސް ކީއްވެތޯ އެހީތެރިވެ ވަޑައިނުގަންނަވަނީ؟
ޢަދުން
23 July 2025
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން އެއްޗެއް ލިބޭތޯ މަރުފަލި ޖަހަނީ
މޫސާ އިސްމާއީލް
23 July 2025
ތައުލީމީ ދާއިރާގެ ކުދިންނަށް މި ސަރުކާރުން ފަހިކޮށްދިން ފުރުސްތުތައް ވަރަށް ބޮޑަށް ބަލައިގަނެވޭ. ހާއްސަކޮށް ޑޮލަރު މިހާ ދަތިކޮށް ލިބޭއިރު އެކުދިންނަށް އެ ލިމިޓް ބޮޑުކޮށްދިނުން
މިންހާޖް
23 July 2025
ކުރީ ސަރުކާރުން ލޯނުތައްވެސް ދީފަހުރީ އެއްވެސް ވިސްނުމެއް ނެތް ގޮތަކަށް. ޕައިލެޓް ކިޔަވާއިގެން ތިބި އެތަކެއް ކުދިން އެބަތިބި ވަޒީފާ ނުލިބިފަ. އެވަރުންވެސް ހަމަ ޕައިލެޓް ކަމުގެ ކޯސް ގިނަކޮށްފަ ލޯނު ދިނީ. ނަމަވެސް މި ސަރުކާރުން ވަރަށް ބޮޑަށް އެކަންކަމަށް އިސްކަންދީގެން މި ފަހަރު ލޯނު ދީފަ ހުރިކަން ފާހަގަ ކުރެވޭ
ޕައިލެޓް
23 July 2025
ޕައިލެޓް ކަން ކިޔަވަން ފުރުޞަތު އަދި ވެސް ހުޅުވާލަންވީ ! ކޮންމެހެން ނުޖެހޭ އެންމެން ދިވެހިރާއްޖޭގައި މަސައްކަތް ކުރާކަށް! ބޭރު ދުނިޔޭގައި މަސައްކަތް ކުރަންވީ !
މާޒިން މުހައްމަދު
23 July 2025
ކިޔަވަން ބޭރަށް ދާން އުއްމީދުކޮށްގެން ތިބި އެތަކެއް ކުދިންނަށް ލިބިގެންދިޔަ އުފާވެރި ހަބަރެއް