ސީޕީ ނަވީން: ޒަކިއްޔާގެ މަރުގެ މައްސަލާގައި އޭނާ އާއި ފުލުހުންގެ އިސްވެރިންނަށް ދައުވާކުރަން އެންއައިސީން ވަނީ އެދިފައި --- ފޮޓޯ/ރައީސް އޮފީސް
11 އޯގަސްޓް 2025 - 14:43
މިދިޔަ އަހަރު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ޖިނާއީ ދައުވާކުރަން ބޭނުންވާ ބޭފުޅުންގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ހިމެނޭކަން "މިހާރު"އަށް އެނގިއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނެފައިވަނީ އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް އެންއައިސީން ގަބޫލު ކުރާތީ ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ފަށާފައިވާ ކަމަށެވެ. އަދި ހަތް ފުލުހެއްގެ މައްޗަށް ދައުވާކުރަން އެންއައިސީން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެންއައިސީން ދައުވާ ކޮށްދިނުމަށް އެދިފައިވާ ބޭފުޅުންގެ ތެރޭގައި، އެ ހާދިސާ ހިނގިއިރު ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މިހާރުގެ ކޮމިޝަނަރު ނަވީނާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒު އަދި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ހިމެނިވަޑައިގަންނަވަ އެވެ.
އެ މައްސަލާގައި ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ފަދަ ސީރިއަސް ތުހުމަތުތައް ހިމެނެ އެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ.
ނަފުސާނީ މައްސަލަތަކެއް ވެސް ތަހައްމަލް ކުރަމުން އައި ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް އާއިލާގެ ބައެއް މީހުންނާއި ހޮޅުދޫގެ ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު އޭނާގެ ކަރު ހަށިގަނޑާ ވަކިނުވެ އޮތީ ކިރިޔާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.
މި މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތް އެއް ކަމަކީ އޮޓޮޕްސީ ނުހަދައި ޒަކިއްޔާގެ ހަށިގަނޑު ވަޅުލުމެވެ. އޮޓޮޕްސީގެ ބަދަލުގައި ހެދީ ވާޗުއަލް އޮޓޮޕްސީއެކެވެ. އެ ރިޕޯޓުން، ދެއްކީ އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.
ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެ އެވެ. ޒަކިއްޔާގެ މަރުގެ މައްސަލާގައި އެރަށުގެ ބައެއް މީހުންގެ ކަންބޮޑުވުންތައް ހޯމް މިނިސްޓަރު އަލީ އިހްސާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ޝުޖާ
12 August 2025
އެންއައިސީގަ ތަ މުސްތަފާ އުޅެނީ! ކުރިން ފުލުހުގަ އިންވެސްޓިގޭޓަރަކަށް އުޅުނު. ކޮންމެސް އަހުލާގީ މައްސަލައެއްގަޔޯ ކަނޑާލީ، ބަދު ކަމެއް، ލަދު ކަމެއް ނޭނގުނު! އެހެންވީމާ އޭނާ ނިންމަފާނެ މުއައްސަސާ އުވާލަންވެސް.
ހުސަ
12 August 2025
އެންއައިސީ މެމްބަރުންނާ ދޭތެރޭވެސް ދަޢުވާކުރަން ޖެހޭ ހެން އެބަހީވޭ!
ކޮރަލް
12 August 2025
ސަރުކާރުގެ ވެބް ސައިޓް ތައް ބަލާލީމަވެސް އެނގޭނެ އެވެ. އެއީ މިނިސްޓާރުންނާ ވެރީން ޕްރޮމޯޓް ކުރަން ބޭނުން ކުރާ އެއްޗެކެވެ. މައުލޫމާތަށް ވުރެ އެމީހުންގެ ފޮޓޯ އާ ހަބަރު ގިނަ ވާނެ އެވެ. އާއްމުންނަށް ދޭން ޖެހޭ ގިނަ މައުލޫމާތު އޭގަ ނުހުންނާނެ އެވެ. ސުވާލެއް ކުރިއަސް ޖަވާބެއް ނުދޭނެ އެވެ.
ޖީ.އެމް.ސީ
12 August 2025
ނޫސަންދައާ ފުލެޓާ އޭތި މީތި ދީފަ ބަހައްޓާ. ޖެމްކިއު ނޫނަސް ތީ ވާ ބޮޑު ސްކޭމެއް
ކަޑައޭ
12 August 2025
އެކަމަކުވާ ކަލޭނޭ. ފުލުހުންގެ އެންމެ މަތިން ތިރިއަށްވެސް ހުސް ކަމުނުދާ މީހުން ދޮގެ؟؟. %5 ތިބޭނީ ރަގަޅަށް. މާ ވެފަ އުޅެންުޔަ ބަލާނެ ކަމެއްނެތް ރަގަޅެއް ނުވާނެ އަޑި އެހާ ނުބައިވާނެ
އުއްތަމަ އުސްތާޛް
11 August 2025
މޮޔަ ކަންކަން ކޮށް މުއައްސަސާ ތަކުގެ އަގު ވައްޓާލަނީ... ހިތާމައިގެ ކޮޅެއް ނެތް...
މާކޮސް
12 August 2025
އެއީ އަގު ވައްޓާލުން ކަމުގައި ދެކިލައްވާނަމަ ގާނޫނު އޭގެ ވަޒަނުގައި ހަމަހަމަކަން މަތީ ދަމަހައްޓާނެ އެހެންގޮތެއް ބުނެދެއްވިނަމަ ކިތެއްމެހައިވެސް އޮޅުންބޮޅުން ފިލައި ފަސާދައަށް ފުރުޞަތު ކުޑަވީސް
އައްބެ
11 August 2025
ދުވަސްކޮޅަކުން ފުލުހުންގެ ތެރޭގައި ސީނިޔާ އޮފިސަރުންނެއް ނުތިބޭނެ މިވަރުން ދަންޏަކާ ކޮންމެ ވެރިކަމަކާއި އެކު އެތައް ސީނިއަރ އެތައް އޮފިސަރުންނެއް ވަކިކުރޭ. އަދި މިފަދަ މައްސަލަތަކުގައި އަޅުވާފައި އެތައް ބަޔަކު ވަކިކުރޭ. ދުވަސްކޮޚަކުން ފުލުހުންގެ ތެރޭގައި ތިބޭ ޗެޓްޖީޓީޕީން ދަސްވެނިވެފައިވާ އޮފިސަރުން އެކަނި
ލާރި ލާރި ޔެސް ސ÷
12 August 2025
ކައެމެގެން އަހުލާގު ދަށްވީމަ ވާގޮތް އެއީ. މަގާމާ ބާރާ ރުފިޔާއާ ހެދި ހޭކެޑިފަ ޕުރިފެޝަނަލް އެއް ނޫން.
ޟމމމމ
11 August 2025
މިފަހަރު އަހަރެމެން ބަލަން މިތިބީ ސަރުކާރު އޮތީ ކޮން ފަޅިއެއްގަތޯ؟ ރައްޔިތުންގެ ފަޅީގަތޯ؟ އެ މީހުންގެ ރަޅީގަތޯ؟
ޙުސައިން ޢަލީ
11 August 2025
ތިޔަ ނޭޝަނަލް އިންޓެގްރިޓީގައި އިންވެސްޓިގޭޓަރުންނަށް ތިބޭ މީހުންގެ ތެރޭގައި ޖިނާޢީ އެކި ތުހުމަތުތަކުގައި ފުލުހުންގެ ތެރެއިން ކަނޑާލާފައި ތިބޭ ފުލުހުން ތިބޭ ކަމަށް މައުލޫމާތު ލިބޭ. ކުޑަކުދިންނާއި ގުޅުންހުރި ޖިންސީ ކުށުގެ މައްސަލަތަކުގައި ވަޒީފާއިން ވަކިކޮށްފައި ތިބި މީހުން ތިޔަތަނުގައި ތިބުމަކީ ބަލައިގަނެވޭ ވަރުގެ ކަމެއް ނޫން
ނަންނުގަތި2.0
11 August 2025
ޢެންއައިސީއަށް ފުލުހުންގެ މުވައްސަސާބެހޭ ގޮތުން މިނިވަން ތަހްގީގެއް މިހާރަކު ނުކުރެވޭނެއެވެ. ސަބަބަކީ އެންއައިސީ ގެ ލީޑް އިންވެސްޓިގޭޓަރަކީ ފުލުހެއްގެ ގޮތުގައި ހުރެ ބަދުއަޚްލާގީ ހުތުރުކަން ބޮޑު ޢަމެލެއްކޮށްގެން ފުލުހުންގެ ޚިދުމަތުން ކަޑާލާފައިވާ އިންޓަގްރީއެއް ނެތް މީހެއް. ޢަދި އޭނަވަނީ އެނިންމުން ގަބޫލުކޮށް ސަރުއީކޯޓެއްގައި އެކަމަށް ޗެލެންޖްވެސް ނުކޮށް.. ޢޭނާ ފުލުހުންގެ މުވައްސަަސާއަށް އެ ބާލަނީ އެކަމުގެ ރުޅިވެރިކަމެވެ.
ހަސަން ޝަރީފް
11 August 2025
ކީއްވެތޯ ފުލުހުން އޭނާ ޖިނާޢީ ކުށެއް ކުރުމުން ޖިނާޢީ ތަޙްޤީޤެއް އޭނާގެ މައްޗަށް ނުހުންގީ. އެއީ ވެސް ބަލަންޖެހޭ މައްސަލައެއް ނޫންތޯ