މާލޭގައި ބަނގުރާ ވިއްކި މައްސަލާގައި ހައްޔަރުކުރި މީހުން.
13 އޯގަސްޓް 2025 - 10:09
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އިންޑިއާގެ ތިން މީހުން ކަމަށްވާ 32 އަހަރުގެ މުތުމަގޭޝް މުރުގާން އާއި 42 އަހަރުގެ ދޭވާރާޖް ޖެބްރާޖާއި 38 އަހަރުގެ ޒެނިތު ފްރެންސިސް ކަމަށެވެ. ދެން އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ 37 އަހަރުގެ އަބްދުލްމަންނާން ކަމަށް ފުލުހުން ބުންޏެވެެ.
އެ މީހުން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނި ގޮތުގައި އެމީހުން ޑީޕޯޓްކުރަން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ކުދި ފެންފުޅީގައި ބަނގުރާ ބަންދުކޮށްފައި.
އެ އެންމެންގެ ވަނަވަރު އާންމުކޮށް ފުލުހުން ބުނީ އެ މީހުން ދިރިއުޅޭ ގެ ބަލާފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެހި ހުރި 500އެމްއެލްގެ 511 ފުޅި އާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު ފެނުނު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޯރު ފްރީ ޑިޕޯރޓް
13 August 2025
މަވެސް ކުށެއް ކުޜިމަ ޑިޕޯރޓް ކޮށްލަދޭތި އަދަބެއް ނުދީ. ސަޅިގޮތެއްމީ
މެލަން
13 August 2025
ރޭގައި 20:45 ހާއިރު މަޖީދީމަގުން މާފަންނުން ފެށިގެން ގަލޮޅާއި ހަމައަށް މަސްތުވެގެން ދެއަތަށް ކިރެމުން ދިޔަ ނޭޕާލް ބިދޭސީ މީހެއް ހިގާފައި ދިޔައިރުވެސް މަގުމަތީ ޑިއުޓީކުރަން އުޅުނު ފުލުހުންނަށް ލޮލަށް ނުފެނުނު. ޓްރެފިކް ޕޮލިހުންނައިވެސް 2 ފަހަރު ފަހަނަ އަޅާ ދިޔަ އަދި ސައިކަލްގާއި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންވެސް ފަހަނަ އަޅާ ދިޔަ. ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް! ދައްކާ މީހަކު ގޯސްވާނީ.
އަހުމަދުބޭ
13 August 2025
ތިޔަވިއްކާ ރަލުގެ ސަބަބުން ބިދޭސީ މުވައްޒަފުން ހަލާކް ވަމުން އެދަނީ، ވަނީ ހަމަ މޮޔަ، ދެން ތިޔަބޯންފަށައިނީ ދިވެހީން، މިފަދަ ކަންކަމަށް އެކަށީގެންވާ އަދަބު ނުދިނުމުގެ ސަބަބުން ބިދޭސީން ހޭވައްޓައިލައިފާ ރާކެއްކުމުގައި އަވަދިނެތި އުޅެމުން އެދަނީ؟ ހެޔޮނުވާނެ ތިޔަގެންގުޅޭ ގާނޫނު ބަދަލް ކޮއްގެން ޑުރަގުގެ ގާނޫނު ހަރުކަށި ކޮއްބަލަ، އެޗްއާރ ސީ އެމް، ޓުރާންސްޕޭރެންސީ އާއި މިހެން ހުރިމުއާހަދާތަކުން އެބަޖެހޭ ދުރެވެ މިކަމުން ރާއްޖެ ސަލާމަތް ކުރަން
ކަޅު ހިޔަލަ
13 August 2025
ޖޫރިމަނާ ކޮށްފަ ޑީޕޯޓު ކޮށްލުން ރަނގަޅުކަމަށް ފެނޭ. ޖަލަށް ލާ ކަމުގަ ވަނީނަމަ އަނެއްކާވެސް ޓެކްސް ފައިސާއިން ބޭކާރު ޚަރަދުތަކެއް...
ޖެރާ
13 August 2025
ތިމީހުންނަށްވެސް ވަޒީފާދީފައި ރާ ފެކްޓަރީއެއް ހުޅުވާ.. ޙަލާލް ޓްއަރިޒަމް ވެސް ހެދީވިއްޔާ..
ފޫހި
13 August 2025
ތިޔަ ބައިގަނޑު ހަމަ އަވަދިނެތި މިހާރުވެސް އުޅެނީ ތިޔަކަމުގަ. މޮޅުކަމަކީ ބެކްޕެކް އަޅައިގެން އާރުޓީއެލް ބަހުގައިވެސް އުފުލަނީ ތިޔަ ރާ. އެކަމަކު އަހަރެމެން ދިވެއްސަކު ބާޒާރު ގަންނަ ކޮޕީ ފަތްކޮޅު ހިފައިގެން ބަހަށް އެރިއަސް ސުވާލުކުރޭ. ވަސް ދުވާ އެއްޗެއްހޭކިޔާފަ. އެކަމަކު ބިދޭސީ ލޭބަރުން މައްސަކަތު ނިންމާފަ ފެންނުވަރާ ބަހަށް އަރާ އިރު ހާދަ ވަހެއް ހުރެއޭ. ހަމަ ބަހުގަ އިންނަން ނުކެރޭވަރުވޭ.
އަސްލުވެސް،
13 August 2025
ތީހަމަ އެއްވަނައިގެ ވާހަކައެއް. ބަހުގެ ސީޓުތަކުގަ އިށީނަން މިހާރު ފަކުރުގަނޭ. ބަހުންވެސް ބިދޭސީ ލޭބަރުން މައްސަކަތު ނިންމާފަ ފެންނުވަރާ ބަހަށް އަރާ އިރު އެއޮށްދުވާ ވަސް. ޒެނަފޯބިކް ވަނީއެއްނޫން، އެކަމު އޭގަ ދަތުރުކޮށްލީމަ އިނގޭނެ މީ ތެދުކަން. ދިވެހިން ދިވެހި ގައުމުގަ ބިކަވެއްޖެ!
ނޭންގޭތީއަހާލީ
13 August 2025
ޑީޕޯޓް ކުރުމަކީ އަދަބެއްތޯ؟ އެއީތޯ ރާއްޖޭގެ ގާނޫނުގަ ދެވެން އޮންނަ އަދަބަކީ. ދިވެހިން ތިޔަ ކުށް ކޮއްފިއްޔާ އަދަބަކީ ރަށަށް ފޮނުވާލުންތޯ؟
ދުއްލިސާ
13 August 2025
އެމީހުން ކުރި ކުށަށް މިގައުމުގައި އެމީހުންނަށް އަދަބު ދެވެންވާނެއެވެ، ހަމައެކަނި ޑީޕޯޓް ކޮށްލުމުން ނުފުދެއެވެ، ހަމަ އެކަނި ޑީޕޯޓް ކުރުމަކީ ދެންތިބި މީހުންނަށް އެފަދަ ކުށްތައް ކުރުމަށް ދެވޭ ހިތްވަރެކެެވެ، ރާއްޖޭގައި ވަގު ވިޔަފާރިކޮށް މިލިއަނުްނ ފައިސާ ހޯދާ ރަށަށް ފޮނުވަމުން ދަނިކޮށް ބަސްޓްވީމަ ސަރުކާރު ޚަރަދުގަ ރަށަށް ފޮނުވާލަންޏާ ދެން އެކަން ނުކުރަންވީ ސަބަބެއް އެބައޮތްތޯ، އެފަދަ މީހުން ބޮޑު ޖުރުމަނާކޮށް ޖަލަށްލާ ގޮތަށް ހަދަންވީ
ޓޯޕީ
13 August 2025
ޖަލުގަ ބައިތިއްބައިގެން ކާންދީ، ބަލިވީމަ ބޭސް ކޮށް ދޭން ޖެހޭނެތީ ސަރުކާރަށް ބުރަ ނުވާނެ ގޮތަށް ރަށަށް ފޮނުވާލަނީ. އަސްލު ޖަލަށް ވައްދާ ކުށްވެރިންގެ ބޭނުން އެބަ ޖެހޭ ފައިދާވާ ގޮތަކަށް ކުރަން. ޓެގް އަޅުވާ ބުރަ މަސައްކަތް ކުރަން ޖެހިފަވާ ސައިޓް ތަކަށް ގެންގޮސް އެ މީހުން ލައްވާ ބުރަ މަސައްކަތް ކުރުވަންވީ.ކީއްކުރަން ކާންދީ ކަމެެއް ނުކުރުވާ އަރާމްގަ ޖަލުގަގެންގުޅެންވީކީ. ގިއްގެޅޭ ވަރަށް މަސައްކަތް އަހަރުތަކަކަށް މަސައްކަތް ކުރުވީމަ ޤައުމަށް ވެސް ފައިދާ
އައްސަދު
13 August 2025
ކޮން ޑީޕޯޓް އެއްތަ. ދިވެއްސެއް ވެއްޖިއްޔާ ޖަލަށް ބޭރު މީހުން ޑީޕޯޓް. ހާދަ އިންސާފުވެރިޔޭ ދޯ. ޖަލަށްލާ ގަދަޔަށް ތަޅުވާލާފަ ޑީޕޯޓް ކުރަންޏާ ކޮށްބަލަ. އޭރުން ބޭނުންހާ ވައްތަރަކަށް މިގައުމުގަ އުޅޭކަށް ނުކެރޭނެޔޭ.