ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ލޯންޗު ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ބައްލަވާލައްވަނީ.-- ފޮޓޯ: ޕޮލިސް
18 އޯގަސްޓް 2025 - 13:34
ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ފަސް ލޯންޗް މިއަދު ހަވާލުކޮށްފި އެވެ.
ކ. ދޫނިދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތުގައި އެ އުޅަނދުތައް ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ލޯންޗުތަކާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުގެ ސަފީރާއާއެކު ފުލުހުންގެ އިސްވެރިން.-- ފޮޓޯ: ޕޮލިސް
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނަވީން ވަނީ ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ޖަޕާނުން ހަދިޔާކުރި ފަސް ލޯންޗާ އެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވާނެ ކަމަށް ނަވީން ވިދާޅުވި އެވެ.
ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ލޯންޗުތައް، ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ޕޮލިސް
ނަވީން ވިދާޅުވީ އެ އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަމަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމަށެވެ.
ޖަޕާނުގެ ސަފީރު ވިދާޅުވީ އެ އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލްކަން އިތުރުކޮށް، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން، ދިވެހި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
The vessels were officially handed over by the @JapanAmbMV H.E Ishigami Rumiko and received on behalf of MPS by @PoliceMvCP Ismail Naveen. pic.twitter.com/TUEts1UbV7
— Maldives Police (@PoliceMv) August 18, 2025
ދިވެހި ފުލުހުންގެ ކުރިއެރުމަށާއި ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ޖަޕާން ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކޮށް، އެ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ޖަޕާނު ސަރުކާރަށް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ.
ޖަޕާން ސަރުކާރުން މިދިޔަ އަހަރު ވަނީ ދިވެހި ފުލުހުންނަށް 54 ކާރާއި ހަތަރު ވޭން ވެސް ހަދިޔާކޮށްފަ އެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓް ކިޓް އާއި ޕްރިކަސަ ފީލްޑް ޓެސްޓް ކިޓް އާއި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓް އަދި އެހެނިހެން ބައެއް ތަކެތި ވެސް ހަދިޔާކޮށްފަ އެވެ. ޖަޕާނުން ކުރިން ވަނީ އެމްއެންޑީއެފް އާއި ކަސްޓަމްސްއަށް ވެސް ބައެއް އުޅަނދުތައް ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބުޅިގްރޫޕް
18 August 2025
ތިލޯންޗްތައް ބޭނުންކުރާނީ އޮފިސަރުން މަހަށް ދިޔުމާ ދަތުރު ދިޔުމަށް. މަސްބާނަމުން ކަރޯކޭ ޖައްސަމުން ކައިރި ރަށަކަށް ލަފާ ޕޮލިސް ސްޓޭޝަނުން ބޭނި މަސް ކައްކާ ހުނި ރޮއްޓާ ފިހުނު މަސްކާން ދަތުރުކުރަން ބޭނުންކުރާ އުޅަނދުތަކަކަށް.
އަލިމަނިކުބޭ
19 August 2025
ކޮބާ މައްސަލަ އަކީ؟ މަސްވެސް ބާނާއިގެން ކައިބޮއި ހަދައިގެން ޑިއުޓީ ކުރެވޭނީ. ހުސްވަތު ކަރޯކޭވެސް ޖައްސަންވީ. އަބަދު ރޮބަޓެއްހެން މަސައްކަތްކޮށްގެން އިންސާނުންނަކަށް ނޫޅޭވޭނެ. މައިންޑް ފްރެޝްކޮށް މެންޓަލް ބްރޭކްނަގާ. ތިބޭފުޅާވެސް އޮފީހުގައި ހުސްވަގުތު ކަރޯކޭޖައްސާނެ ކޮފީތަކުގައި އުޅޭނީވެސް އޮފީސްގަޑީގައި ފޯނާކުޅޭނީ. އެހެންމީހުންގެ ވާހަކަ ދައްކާއިރު ތިމާ މީހާ އަކީ ހަތަރުދަމު މަސައްކަތްކުރާ އެންމެ ސޯލިހު ކުއްޖާކަމަށް ހެދިގެން ކޮމަންޓު ކުރާނެ.
ފެންތޮށި އިބްރާހިމް ހަލީލް
19 August 2025
ރަނގަޅު ވާހަކަ އެއް
ފުވައްމުލަކި މީހާ
19 August 2025
ގަބޫލު ކުރަން ބޭނުން ނުވިއަސް ހިތި ހަގޭތަތް
އަސަރު ނުފިލާ ބަސްފުޅު
19 August 2025
ވ. އަސަރު ކޮއްފި ކަރުތެރޭ ރަނގަޅަށް ހިތިރަހަލައިފި،
ދސފސ
18 August 2025
މާލޭގެ އެއްގަމު ތޮއްޓާއި ބޭރު ތޮށި ލުމާއި ފަޅުގެ ދަތިކަން ހައްލުކޮށްދިނީ އެދުވަސްވަރު ހުރި ސަފީރުގެ އަންހެން ދަރިފުޅުގެ ހުށަހެޅުމަކަށް ޖަޕާން ސަރުކާރުން ކަމަށްވޭ.
އަވަލަން
18 August 2025
އައި ލަވް ޖަޕާން
ހުސައިން ޢަލި
18 August 2025
ކިތަންމެ ބައިވަރު ވެހިކަލެއް ލިބުނަސް ތިޔައިން އެއްވެސް އެއްޗެއް އެއްވެސް އަތޮޅަކަށް ނުލިބޭނެ. ޖަޕާނު ސަރުކާރުން ހަދިޔާކުރި ހުރިހާ ކާރުތަކެއްވެސް ބޭނުންކުރަނީ ފުލުހުންގެ ވެރިން ކަމަށް މައުލޫމާތު ލިބޭ
ސަމަ
18 August 2025
ވެރިންގެ އާއިލާތައް ގޮވާގެން މަސްދަތުރު ޖައްސާލަން އުޅަނދުތަކެއް ލިބިފައި ތިހުރީ.. ދައުލަތުގެ އެއްގަމް އުޅަނދުތައްވެސް ދަރިން ސްކޫލަށް ގެނެސް ގެންދަންވެސް ބޭނުންކުރާބައެއްތި
ޖާބެރު
18 August 2025
އާރުޓީއެލް ފެރީހިދުމަތް ފައްޓަންތަ ފުލުހުން.
މަރުމޯލި
20 August 2025
ފައްޓަންވީނު. އެމްއޭސީއެލް އާއި އެޗްޑިސީއިން އައުޓްދޯ ޖިމްއަޅަން ހަވާލުވެއްޖެ. ދެންއިވޭނީ އައިޖީއެމްއެޗުން އެއަރޕޯޓް އަޅަން ހަވާލުވީކަމަށް.
އެޑްމުންޑޯ
18 August 2025
ޝުކުރިއްޔާ ޖަޕާނަށް ، ތިޔަދެއްވި އެހީތެރިކަމަށް
ޝަޖޫ
18 August 2025
ޢޮފިސަރުން ރައްޓެހިންނާ ފެމިލީ ގޮވައިގެން ދަތުރު ޖައްސާލަން ސަޅި އުޅަނދުތަކެއް.
ދޮޅަނޭ
18 August 2025
ލަސްނުވަނީސް ލޯންޗުތަކަށް ހުވައި ލައިދީ. ނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެ.
ކުންނު
18 August 2025
ރަގަޅު ކަމެއް އެކަމަކު ދާހިލީ މުއައަށްސަސާގެ ވަހިކަލް ތަކުގަ ބޭރުގައުމެއްގެ ފިދަޖެހުން އެއީރަގަޅުކަން ތަކެއްނޫން ...