ޚަބަރު / އިމިގްރޭޝަން

ސަލާން ޖަހަން އުޅުނު ޖަޕާނު މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

މާލޭގައި ސަލާންޖަހަމުން ދިޔަ ޖަޕާނު އަންހެން މީހާ: އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި

މާލޭގެ މަގުމަތީގައި ސަލާން ޖަހައިގެން ފައިސާ ހޯދަން އުޅުނު ޖަޕާންގެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

އެއީ މަގުމަތިން މީހުންނާ ބައްދަލުކޮށް، އެކި ފަހަރު އެކި ވާހަކަ ދައްކައިގެން ފައިސާ ހޯދާ މީހެކެވެ. ކުރިން ހުޅުމާލޭގައި ވެސް އުޅުނު އަދި މިހާރު އާންމުކޮށް މާލޭގެ މަގުމަތިން ފެންނަ މީހާގެ މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް އައީ އޭނާގެ ވީޑިއޯއެއް މީހަކު ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ.

އެނގިފައިވާ ގޮތުގައި މިއަދު ފުލުހުން ވަނީ އެ އަންހެންމީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މިހާރު އޭނާ އަނބުރާ ރާއްޖެ އިން ފޮނުވާލަން އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ. އިމިގްރޭޝަނުން އެކަން "މިހާރު" އަށް ކަށަވަރުކޮށްދިނެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލެއް އިމިގްރޭޝަނަކުން އަދި ނުދެ އެވެ.

އެ އަންހެން މީހާ ފައިސާ ހޯދަން ބޭނުންކުރި އެކި އުކުޅުތަކުގެ ވާހަކަތައް ސޯޝަލް މީޑިއާގައި މި ފަހުން އެކި މީސްމީހުން ކިޔައިދީފައި ހުއްޓެވެ. އެކި މީހުން ކައިރީގައި އޭނާ ވާހަކަ ދައްކާފައި ހުރީ އެކި ގޮތަށެވެ.

އޭނާ އަކީ ދިވެއްސަކާ އިނދެގެން އުޅޭ މީހެއް ކަމަށާއި އެ މީހާގެ ފަރާތުން އެހީއެއް ނުލިބޭ ކަމަށް ބައެއް މީހުން ގާތު ބުނެފައިވެ އެވެ. ކާނެ އެއްޗެއް ނެތިގެން ކަމަށް ބުނެ ފައިސާ ހޯދުމުގެ އިތުރުން ބޭސްފަރުވާއަށް ފައިސާ ބޭނުންވާ ކަމަށް ބުނެ ފައިސާ ހޯދާ ކަމަށް އޭނާއާ ބައްދަލުވި މީހުން ބުނެފައިވެ އެވެ.

ދިވެއްސަކާ އިނދެގެން އުޅޭ ކަމަށް ބައެއް މީހުން ގާތުގައި ބުންޏަސް، ވަރިކޮށްފައި ގެއިން ނެރެލުމުން ހާލުގައި ޖެހިގެން އުޅެނީ ކަމަށް ވެސް ބައެއް މީހުން ގާތު ބުނެ އެވެ.

އެ އަންހެން މީހާގެ އަމަލުތައް ހުންނަ ގޮތުން އޭނާ އަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ވެސް އޭނާއާ ދިމާވި ބައެއް މީހުން ސޯޝަލް މީޑިއާގައި ތުހުމަތު ކުރި އެވެ.

24 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 56%
icon angry icon angry 0%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޮނިހިރު

18 February 2023

މިއަދު ހެނދުނު 10:30 ގައި ވެސް ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ކުރިމަތީ، އެލްބިއޯން ސްޓޯރު ކުރިމަތީ މީނާ ހުރި ސަލާން ޖަހަން. އިމިގްރޭޝަނާއި ހަވާލު ކުރުމަކުން ކޮންކަމެއްވީ؟

The name is already taken The name is available. Register?

އަބްޑޫޅް

17 February 2023

ޖަޕާނު މީހުންނަކީ ވަރަށް އަހުލާގު ރަގަޅު ބައެއް. މި ހާލުގަ މިމީހާ އަށް އުޅެން މަޖުބޫރުވި ކަމުގަ ބުނަންޏާ، އެއީ ފުރިހަމަ ތެދެއް. މިކަމުގެ ހުތުރު އެޅެން ޖެހޭނީ ދިވެހީންގެ ބޮލުގަ. ޖަޕާނުގެ ރައްޔިތުންނަށް ދަންނަވަން. ދިވެހިރާއްޖެ އަށް މާފުކުރައްވާ. ނިހޮން ނޯ މިނަސަމަ އޭ. މޮރުދިބު އޯ ޔުރުޝިތެކުދަސައި. 日本の皆様へ。 モルディブを許してください

The name is already taken The name is available. Register?

ޖަޕާނު ރައީސް

18 February 2023

ކަލޭ އާދޭ ޖަޕާނަށް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 February 2023

އިމިޤްރޭޝަނާއި، ފުލުހުން އަދި ޑިފެންސް ފޯސް އެމީހުންގެ ޤާނޫނީޒިންމާ އަދާކުރީތޯ ނުވަތަ އެމީހާގެ އަމަލުތައްހުރިގޮތުން ޖެޕާންގެ ދައުލަތަށް ހުތުރުލިބޭތީ ޖެޕާންސަރުކާރުން ނުވަތަ "ރާއްޖޭގައިހުންނަ ޖެޕާން އެމްބަސީގެފަރާތުން އެދިގެން" ތިކަންކުރީތޯ ސާފުކޮށްދޭންޖެހޭ. # އިމިޤްރޭޝަނާއި ފުލުހުން އަދި ޑިފެންސްފޯހަކީ ރާއްޖޭގެ އިމިޤްރޭޝަން ޤާނޫނާއިޙިލާފު ބިދޭސިންހޯދާ ފިޔަވަޅުއަޅާ ޤާނޫނުތަންފީޒުކުރާ ބައެއްނޫންކަން އަހަރުމެނަށްއޮޅިފައިނުވާތީ ތިވާހަކަ ދޮގުކުރަން.

The name is already taken The name is available. Register?

2000

17 February 2023

ފުލުުހުންނެއް މިގައުމުގައި މާގިނައިން ތިބޭނެ ކަމެއް ނެތެއްނު ބޮޑު މުސާރަ ދީފައި. ޑްރަގު ވިއްކާ މީހުން ހޯދަނީ ވީޑިއޯކޮށްގެން، އާއްމުން. ސަލާން ޖަހާ އާއްމުންނަށް އުދަގޫ ކުރާ މީހުން ހޯދަނީ އާއްމުން. އާއްމުން ވީޑިއޯ ކޮށްލީމާ އެތަނަށް ދާނެ ހައެއްކަ ޕޮލިހުން ތިބީމާ ފުދޭނެ. އިސްރާފު ކުރާނެ ކަމެއް ނެތް

The name is already taken The name is available. Register?

ގުނަންް

16 February 2023

މައި ފުރެންޑް ހާމާން އެމަންޖެއަށް އެހެން ނަހަދާ، އެމަންޖެ ކަލޭދެކެ ވަރަށްލޯބިވޭ...

The name is already taken The name is available. Register?

އެމްސް

16 February 2023

ތިޔަގޮތުގަ އުޅޭ ބޮންދުން ހަމަ މިނިވަން!

The name is already taken The name is available. Register?

ސައުދީ

16 February 2023

ކަންތައްތައް ބޮއްސުންލައިގެން ގޮސްފައިވާ ގައުމެއްގައި އެއްވެސް ކަމެއްްރަނގަޅެއް ނުވާނެ. މުއައްސަސާތަކުން ޒިންމާ އަދާކުރުމުގަ އިހުލާސްތެރިކަންނެތް މިންވަރު ހުރިހާކަމަކުން ފެނިގެންދާނީ. ބަޔަކު އަޑުގަދަކޮށް ހަޅޭފަޅޭ ނުޖަހަނީހެއް އެއްވެސް ކަމެއްނުވެ. މުއައްސަސާތަކުން އެއްބަޔަކު އަނެއްބަޔަކުގެ ބޮލަށްކަނޑާލާ ކަމުން ރެކިގަންނަން އުޅޭތަން ފެންނަނީ. ހާއްސަކޮށް ވެރިރަށް މާލޭގައި ހުރިހާ ކަމެއް ހަމައިން ނެއްޓިފަ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

16 February 2023

އޭނާ އަޅުގަނޑާވެސް ދިމާވި. ދިމާވުމުން ބުނީ ފިރިމީހާ މަސައްކަތް ކުރި ކާޕެންޓަރީއިން އޭނާ ވަކިކޮށްލީކަމަށް އޭނާ ގެ ބަލި ހާލު ހުރިގޮތުން. އެހެންވީމާ، އޭނާ ޖޮބްލެސްވީމާ، މަގުތަކަށް ނުކުމެ ލާރި ހޯދައިގެންވެސް ފިރިމީހާ ސަލާމަތްކުރަން މަސައްކަތްކުރަނީކަމަށް ބުނީ. ދެން އެކާޕެންޓަރީއަށް ގުޅައިގެން ފަހުން އިނގުނު މި ޖަޕާނު މީހާއަށް ކާޕެންޓަރީއިން ވަޒީފާވެސް ދިންކަން! އަދި އެމީހުން އޭނާއަށް ކިޔަނީ "އައިޝާ" ކަންވެސް. ފުލުހުންނަކަށް ރޭކާވެސް ނުލާ މިވަރުވާއިރު

The name is already taken The name is available. Register?

2023

16 February 2023

މިއުޅޭ ބަންގާޅިންނަށް ގޮތެއް ހަދާބަލަ.... ބޮއިހަލަކި

The name is already taken The name is available. Register?

އަހުމަދުދު

16 February 2023

ދެން ކޮން އިރަކުން ޒިކުރާ މިސްކިތް ކައިރީތިބޭ ގުރޫޕުގަނޑު ޕޮލިހުން ގެންގޮސް އިމިގުރޭޝަނަށް ހަވާލުކޮއްލާނީ ހުޅުމާލޭގާވެސް ރުއްގަނޑު ސަރަހައްދުގައި އެބަ ބޮޑުވޭ އެގުރޫޕު ގަލޮޅު ދަނޑު ފުރާލިއިރު ހީވީ އަހަރުމެންނަށް ހަމަނިދި ލިބެން އުޅެނީކަމަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454